ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ކޭ.އެފް.ޖީ" ގެ ދެވަނަ ބައި ސިނަމާއަށް ނެރޭނެ ތާރީހު އިއުލާނުކޮށްފިއެވެ.

އޮކްޓޯބަރު 23 ގައި ނެެރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ލީޑުން ފެނިގެންދާނީ ޔަޝް، ސަންޖޭ ދަތު އަދި ރަވީނާ ތަންޑަންއެވެ. މި ފިލްމުގެ ފުރަތަމަ ބައި ވެގެން ދިޔައީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އަދި ބޮޑު ތަރުހީބެއް ލިބިގެންދިޔަ ފިލްމަކަށެވެ.

ސަންޖޭ ވަނީ މި ފިލްމުގެ ޕޯސްޓަރު މީސް މީޑިއާގައި އާންމުކޮށްފައެވެ. ޕްރަޝާންތު ނީލް ޑައިރެކްޓްކޮށް ނެރޭ މި ފިލްމަކީ ކަނަންޑާ ބަހުން ގެނެސްދޭ އެކްޝަން ފިލްމެކެވެ. މި ފިލްމުގެ ފުރަތަމަ ބައި ނެރެފައިވަނީ 2018 ވަނަ އަހަރުގައެވެ.

މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދަނީ ރޮކީ ނަމަކަށް ކިޔާ ޒުވާން ފިރިހެނެއް، މަރު އެނދުގައި އޮތް މަންމައަށްވި ވައުދު ފުއްދުމަށް ބާރާއި މުދާ ހޯދުމަށް ފެށި މަސައްކަތުން މުންބާއީގެ މާފިޔާ ގޭންގަކާ ގުޅޭ މަންޒަރެވެ. ބޮކްސް އޮފީސްގައި މި ފިލްމަށް 243-250 ކުރޯޑު އާއި ދެމެދުގެ އާންމުދަނީއެއް ވަނީ ލިބިފައެވެ.

ސަންޖޭގެ 60 ވަނަ އުފަން ދުވަހު ޔަޝް ކުރި ޕޯސްޓެއްގައި ބުނީ 60 އަހަރު ފުރުނަސް "ވިލަން" ގެ ރޯލުން ފެނިގެން ދިޔުން ނުހުއްޓޭނެ ކަމަށާއި ކޭ.ޖީ.އެފް އަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ސަންޖޭ ވަނީ ޝުކުރު އަދާކޮށް ޕޯސްޓުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ަަްްއަލީ

    ކޭ.އެފް.ޖީި އެއީ ތެލެއްތަ؟

  2. މޯ

    އަހަރެމެންގެ ޝަހަރުގައި މިޔަށް ކިޔާ އުޅެނީ ކޭ.ޖީ.އެފް. ކަލޭމެންގެ ޝަހަރުގައި އެކަނި ކޭ.އެފް.ޖީ ކިޔަނީ. އަހަރެމެންގެ މާމަމެން ކައްކަން ގެންގުޅުނު ބަދިގެއަށް ކިޔާ ކޭ.އެފް.ސީ ވެސް.

  3. ކަޓޭ

    ކޭ.ޖީ.އެފް - ކޯލާރ ގޯލްޑް ފީލްޑް
    މިއީ އިންޑިއާގެ ކަރނާޓާގެ ކޯލާރ ޑިސްޓްރިކްޓްގައި އޮންނަ ގޯލްޑް މައިން ފީލްޑެއް. އެތަނަކީ އިންޑިއާގައި އޮންނަ އެންމެ ބޮޑު އެއް މައިން ފީލްޑް