ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ހިންދީ ޓީވީ ޑްރާމާ "ކަސޯޓީ ޒިންދަކީ ކީ 2" ގައި ޕްރޭނާ، ބަދަލު ހިފުމަށް އެނބުރި އަތުވެއްޖެއެވެ.

މި ހަފްތާގެ އެޕިސޯޑުތަކުން ތަފާތު މަންޒަރުތަކެއް ފެނިގެންދާނެއެވެ. އެގޮތުން ޕްރޭނާ އެނބުރި އަނުރާގުއަށް ބަދަލު ހިފުމަށް އަންނަނީ އޭނާގެ ބިޒްނަސް ޕާޓްނާއެއްގެ ގޮތުގައި ބާސޫ ހައުސް ގައި އޮންނަ ޕާޓީއަކަށެވެ. ޕްރޭނާއާއި ބަޖާޖް އެކުގައި ފެނުމުން ބާސޫ އާއިލާ މެންބަރުން ތިބެނީ ހައިރާންވެފައެވެ. ކަޮމަލިކާ ކައިރިން ޕްރޭނާ ސަލާމަތް ކުރުމަށް އަނޫރާގް ޕްރޭނާ މަރާލަން މަޖުބޫރު ކުރުވާ ކަމެއް ޕްރޭނާއަކަށް ނޭނގެއެވެ.

މި ހަފްލާގައި އަނޫރާގްގެ މަންމަ މޮހިނީ ޕްރޭނާއަށް ބަޖާޖް އާއިއެކު ދިިރިއުޅުމެއް ފެށުމުން ވަނީ ބަހުގެ ހަމަލާތަކެއް ދީފައެވެ. ނަމަވެސް ޕްރޭނާ ވަނީ މޮހިނީއަށް ރައްދުގައި އެމީހުންނަކީ ކޮމަލިކާގެ 'ޕަޕެޓް" ތަކެއްގޮތުގައި ސިފަކޮށްފައެވެ. މި ދެމީހުންގެ ބަހުގެ ހަމަލާތަކުން ހަފްލާ ވަރަށް ހޫނުވެގެން ދެއެވެ. އަދި އަނޫރާގް އާއި ބަޖާޖްގެ ދެމެދުގައިވެސް ބަހުގެ ހަމަލާތަކެއް ހިނގައެވެ.

މި ދޭތެރެއިން މި ޑްރާމާއަށް ލިބެމުންދިޔަ ތަރުހީބު ވަނީ ކުޑަކޮށް މަޑުޖެހިފައެވެ. ނަމަވެސް މި އެޕިސޯޑާއިއެކު އަނެއްކާ ވެސް މި ޑްރާމާއަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދާނެ ކަމަށް މި ޑްރާމާގެ ޕްރޮޑިއުސަރުން ގަބޫލުކުރެއެވެ. މި ޑްރާމާގައި އަނޫރާގު ޕްރޭނާ މަރާލަން މަސައްކަތް ކުރުމުން ޕްރޭނާ ސަލާމަތްކޮށްދިނިީ ބަޖާޖްއެވެ.

މިއީ 2001 ވަނަ އަހަރު ނެރުނު މި "ކަސޯޓީ ޒިންދަގީ ކޭ-1" ގެ ރިމޭކްއެކެވެ. މި ޑްރާމާގެ ފުރަތަަމަ ބަޔާއި އެއްގޮތް ވާހަކަތަކެއް ކިޔައިދޭ މި ޑްރާމާއަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ. ޝޯގެ ބަތަލާ ޕްރޭނާ އާއި ބަތަލް އަނޫރާގްއާއި ދެ މީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވި ނަމަވެސް އެކަކު އަނެކަކާއި އެއްކޮށް ނޫޅެވި، އާއިލާ އާއި އެހެނިހެން ސަބަބުތަކާއި ހުރެ ދެ މީހުން ތަހައްމަލް ކުރަންޖެހޭ ދަތި މި ޑްރާމާއިން ފެނިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮމޮލިކާ

    ޕްރޭނާ ކޮވިޑް19 ޖެހިގެން މަރުވާކަށް ނޫޅޭތަ ޑްރާމާގަ ހަމަ ފައި ވިއްދާފަ އިރުއިރު ކޮޅާ އެބަ އާދޭ

    18
    6
  2. ބަނީ

    މި ނިންމާލާ ށޭ

    13
    4
  3. އަހަންމަދު

    އޭއަޅެ ދޮގުނަހަދާ! ޕްރޭ ބަދަލުހިފަންތަ އެ އަންނަނީ

    3
    2
    • ޢަހަރެން?

      ،???

  4. ާަޢަހަރެން?

    މިތާ ހުންނަނީ ހައްތަހާވެސް ހިންދީ ފިލްމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަށް....މި ދެން ކޮން ފުރޭންޏެއްގެ ވާހަކައެއްތަ އަބަދު...މިޙާރު ނުހުރޭ އެހާ ޝައުގުވެރި އެއްޗިއްސެއް މީތާކު... ??

    1
    1