ކޮވިޑް-19 ގެ ސަބަބުން މިއަދު ދުނިޔެއަށް ކުރިމަތިވެފައި މިވާ ހާލަތަކީ ސިއްހީ ގޮތުން ދުނިޔެ މިހައި ބޮޑަށް ކުރިއަރާފައި ވަނިކޮށް ކުރިމަތިވެދާނެ ފަދަ ހާލަތެއް ކަމަށް ގިނަ މީހުން ލަފާކޮށްފައެއް ނުވާނެއެވެ. ނަމަވެސް ކުޑަކުޑަ ވައިރަހެއް މިވަނީ މުޅި ދުނިޔެ "ހުއްޓުމަކަށް" ގެނެސްފައެވެ.

ސިއްހީ ދާއިރާއަށް އިތުބާރުކޮށް، މިފަދަ ހާލަތެއް ކުރިމަތިނުވާނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިބި ނަމަވެސް މިފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ބައެއް މީހުން މީގެ އަހަރުތަކެއް ކުރިން ލަފާކޮށްފައި ވެއެވެ. އޭގެތެރެއިން އެކަކީ އެމެރިކާގެ މަޝްހޫރު ވާކަލިޔުންތެރިޔާ ޑީން ކޫންޒް އެވެ. އޭނާ 1981 ވަނަ އަހަރު ލިޔުނު "ދަ އައިސް އޮފް ޑާކްނެސް" ގައި މިފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ލަފާކޮށްފައި އެބައޮތެވެ.

ވާހަކައިގައި ބުނާ ގޮތުގައި "ވޫހާން-400" ނަމަކަށް ކިޔާ ބައިލޮޖިކަލް ހަތިޔާރެއް ޗައިނާގެ ސައިންސްވެރިޔަކު އުފައްދައެވެ. މި ބައިލޮޖިކަލް ހަތިޔާރުގެ ބޭނުމަކީ އެމެރިކާ ބަލިކޮށްލުން ކަމަށާއި މިއީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ނުރައްކާތެރި ބައިލޮޖިކަލް ހަތިޔާރު ކަމަށް ބުނެފައި ވެއެވެ.

ވާހަކައިގައި ބުނެފައި ވަނީ މި ހަތިޔާރު އުފެއްދީ ޗައިނާގެ ވޫހާންގައި ހުންނަ ލެބެއްގައި ކަމަށެވެ.

މިހާރު ފެތުރިގެން އުޅޭ ކޮވިޑް-19 އަކީ ވެސް ޗައިނާ އިން އުފެއްދި ބައިލޮޖިކަލް ހަތިޔާރެއް ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެއީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫނެވެ. އެއީ ބައެއް މީހުން އުފައްދާފައިވާ ކޮންސްޕިރަސީ ތިއަރީއެކެވެ.

ކޫންޒްގެ ވާހަކައިގައި އިތުރަށް ބުނެފައި އޮންނަ ގޮތުގައި ވައިރަސް 20 މަސް ދުވަސް ވަންދެން ފެތުރިގެން ދާނެއެވެ.

ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މިވާހަކަ ފުރަތަމަ ނެރުނު އިރު ވާހަކައިގައި ބުނާ ހަތިޔާރަށް ދީފައި އޮންނަ ނަމަކީ "ގޮކީ-400" އެވެ. ވާހަކައިގައި ވޫހާން-400 ލިޔެފައި ވަނީ 1989 ވަނަ އަހަރު ނެރުނު ޗާޕްގައި ކަމަށް ބުނެފައި ވެއެވެ. ވާހަކައިގައި ބުނާ ހަތިޔާރުގެ ނަން ދެޗާޕްގައި ދެގޮތައް ލިޔެފައި އޮތް ނަމަވެސް އެހެން ހުރިހާ ވާހަކައެއް ހުރީ އެއްގޮތަކަށެވެ.

އެހެންވެ ކޮވިޑް-19 ފެތުރެން ފެށުމާއި އެކު މި ވާހަކަފޮތައް ވަނީ އަނެއްކާވެސް ސަމާލުކަން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބުރޯ

    ހުސް ބުހުތާނު ވާހަކަ.. އެމެރިކާ އިން ތިހެން ހަނދަށް ދިޔަ އިމޭ ކިޔަ އިގެން ވެސް ވާހަކަ ފެތުރި

    35
    1
  2. Anonymous

    ވާހަކަ ލިޔުންމީހާ އަށް ޓައިމްޓްރެވަލް ކުރެވުނީ ތޯއްޗެއް 2019 އަށް

    28
    1
  3. ޚުތާރު

    އަޅެ ތިޔައްވުރެވތަފުސީލިކޮއް ލިޔެބަ ދޯ! މަ ސީ.އެން.ން އި މި ހަބަރު ކިޔާފަ މިއައީ!!

    15
    1
  4. ޓްރަންޕީ

    ވާހަކަ ލިޔުން މީހާ ޓައިމްޓްރެވަލް ކޮއްލީ ތޯއްޗެއް 2019 އަށް

  5. ނަރުސް

    މިވާހަކައިގެ 3 ވަނަ ޗާޕެއް ނެރެންވީ ކޮވިޑް 19 ޖަހާފަ، އޭރުން ސާބިތުވާނެ އެއީ ޗައިނާ ހިންގި ޖަރީމާއެއްކަން

    4
    23
  6. ގޮފި

    މި ހުރިހާދުވަހެއް ވިއިރު ތިބުނާ ފޮތެއްކޮބާ؟؟ މިހާރު ކުއްލިޔަކަށް ތި ފޮތެއް ފެންނަންޖެހުނު ސަބަބަކޔ ކޮބާ...؟؟ ތީ ތެދެއް ނަމަ މިހުރިހަާ ދުވަހު ތި ކަމެއް ސިއްރު ކޮއްފަތަ އޮތީ...ތި ފޮތް އޮތްތަނަކާ ކުއްލިޔަކަށް ފެނުނު ގޮތްވެސް އެގެންޖެހޭން...އެމެރިކާއިން ނުބައި ރޭވުމެއް ރާވަން ތިއުޅެނީ އެމީހުން ކުރި ކަމެއަ ފޮރުވަން...އެހެން ނޫންނަމަ 2000ގެ އަހަރުތަކުންފެށިގެން ކޮންމެވެސް ހިސާބަކުން ތި ވާހަކަ ދެކެވިފަ އޮންނާނީ މިހާރު....ވައްކަން ކޮށްފަ ކުށް ފޮރުވަން ކަން ޔަގީން އެއއުޅެނީ...ލިޔުންތެރިޔާވެސް މިއައްވުރެ ތަފުސީލުކޮށް މި ހަބަރު ގެނެސްދީ...އަހަރުނ މި ހަބަރު ދެކުނިން...އޭގަ ހުރި އެތައަ ވާހަކަ ތަކެއް މި ހަބަރުގަ އެއް ނެތް....ވަގުތުގެ ކިޔުންތެރިން ވަގުތައް ކުރާ އިތުބާރު ގެއްލުވާނުލާ....

    13
    2
  7. ވިސްނާލުމަށް އެދެމޭ

    ޢައިބު އިގޭކަމަށް ދައުވާކުރުމަކީ ކާފަރުން ކުރާނެކަމެ..މުސްލިމުން ހީއެއްގެމައއޗަށް ވާހަކަނުދައްކާނެ..ފަހުޒަމާނުގަ ދުނިއެއަށް ބޮޑު ބަލިމަޑުކަމެ މެދުވެރިވެ މުޅިދުނިޔެ މިބަލިމަޑުކަމުގަވަނިކޮށް ދައްޖާލު ފާޅުކުރައްވާނެކަން އިސްލާމީ އިލްމުވެރިން ބުނަމުންއައީ އެއީ އެކިއެކި ހަދީސްފުޅުތަކާ ދުނިޔޭގެނިމުން އަންނާނެގޮތުގެއިލްމުން އިލްމުވެރިންގެ ބަޔާންތަކުން.މުސްލިމުންގެ މިފަދަ އިލްމުތައް ކާފަރުން އަމިއްލައެއްޗެއްގެގޮތުގަ ހަދާ އޮޅުވާލަނީ.މުސްލިމުންގެ ކުތުބުޙާނާތަކުން ފޮތްތަކާ މުސްލިމުންގެ ދިރާސާތައް ވަގަށްނަގައިގެން..ބަގުދާދުން އެމެރިކާމީހުން އެއްމެފުރަތަވެސް ލޫޓުވީ މިޔުޒިޔަމްތަކާ ކުތުބުޙާނާތައް...މިސްރުންވެސް..މުސްލިމުންގެ ބޭސްވެރިކަންވެސް ވަގަށްނެގިގޮތަށް..ފަލަކީއިލްމުވެސް..

    19
  8. ނަރުސް

    ކިތަމެވަރަށް ޗާޕުކޮށް ގެންނެރުނަސް ކޮވިޑް-19 އުފެއްދީ އެމެރިކާ ނޫންކަމަކަށް ނުވާނެ ކުށްވެރިޔެއް ނޫނަސް ތިމާބޭނުމިއް ޔާ ތިމާގެހަސަދަވެރިޔާ ޖަލަށްވެސްލެވިދާނެ ތިމާއަށް އެފަދަ ބާރެއް ލިބޭދުވަހަކުން ކަލެއަށް ކިހިނެއްތަ އެނގެނީ ﷲ ނިންމަވާނެގޮތެއް ކަލޭތީ މަތިން ފައިބައި ގެންއުޅޭ މީހެއްތަ!

    11
  9. ޗައިނާ ބުރިޖް

    އަމިއްލައެދުމެއް ނެތި މިދިވެހި ރާއްޖެއަށް ހެޔޮއެދިގެން ހެޔޮތިހިތު ންމިވީހާތަނަށް ދިވެހި ރަށްޔަތުންނަށް ފައިދާ ވާނޭކަންތަތަކެއް ކޮށްދިން ހަމައެކަކި ޤައުމަކީ ރައީސްޔާމީން ވެރިކަމުގައި ޗައިނާ އިން މުޅިދިވެހި ރާއްޖެއަށް ބަލާލީމަ ވެސް މިއީހަގީގަތެއް ކަންއެއޮތީފެންނަން ޗައިނާގެ ކޮންބައެއްތަ މިދިވެހި ރާއްޖޭގެ އެކިތަންތަނުގައި ގަދަފައި ވިއްދާފައި ތިބީ ދައްކަބަ އިންޑިޔާ އިން މިދިވެހި ރާއްޖެއަށް ކޮށްދިން އެއްވެސްކަމެއް ދައްކަބަ އަނގަ އޮތީޔަކާ ކާޅެއްނުކާނެ!

    15
    1
  10. ސާފު

    ހުރިހާ ޖަރީމާއެއް ހިންގާ އިންޑިޔާފަތުގަ ލާދީނީ ބައިގަނޑެއް އޮތްކަންވެސް ރަށްޔަތުންނަށް ވަރަށް ސާފު!

    18
    1
  11. ބްރޯ

    ކެނެޑާގެ ވެބްސައިޓެއްގަ ބުނަގަޮތުން 2019 އޮކްޓޯބަރ މަހުގެތެރޭ ޗައިނާގއ ވޫހާން ގަ އޮތް ދުނިޔޭގެ ކުރިއަރަފައިވަ ގައުމުތަކުގެ މިލިޓަރީ 100 ގައުމުންބޭއްވި "މިލިޓްރީ ގޭމް ވޯލްޑްސް "ގަ ބައިވެރިވި އެމެރިކާގެ މިލިޓްރީފަރާތްތަކުން ވޫހާން ސިޓީއަށް ދޫކޮށްލި ބަޔޯ ހަތިޔާރެއްކަމަށް. މި ހަތިޔާރުގެ ސަބަބުން ވައިރަސް އިންސާނުންނަށް ޖެހިގެން އުޅެނީ ކަމަށް .ކުރިން ލަފާކުރީ ވާލުގެ ޒަރީއާއިންޖެހެނީކަމަށް ފަހުންއެގުނު ވާގިނެތިފާގޭގަ އޮތް މިހަކަށް ޖެހުމުން އެއީ އެފަދަ ކަމެއްނޫންކަމަށް . މިހެން އޮއްވާ މިހާރު މިކަން ކަނެޑާގެ ވެބްސައިޓެއްްގާ ތހުމަތެއް މި ސާއިއުކުރީ ކޮންމެޔަކަސް ހާލަތުން އެބުރި އައުމައެކު ތަހުގީގެއް ހިގާނެ ކަމީ ސައްކެއްވެސް އޮތް ކަމެއްނޫން.