ދިރިއުޅުމުގައި ބުރަ ދުވަސް ދުވަހާއި ކުރިމަތިވެއެވެ. ބޮޒޫ ޝެޑިއުލްތަކުން މީހާ ބޯގޮއްވާލާ ފަހަރުވެސް މަދެއް ނޫނެވެ. މީހާ ހާސްކަމެއްގެ ތެރެއަށް ވައްޓާލާ ކިތަންމެ ކަމެއް ކޮންމެ ދުވަހަކުހެން ހިނގައެވެ.

މީހާ ސުޓްރެސްވާން ފެށުމުން ކަސްރަތުކޮށް ނިދި ހަމަކުރަން ޖެހޭ ވާހަކަ އަބަދު ދައްކައެވެ. އެހެންނަމަވެސް ނުދައްކާ އޮންނަ ވާހަކައަކީ ސުޓްރެސް ބޮޑުވާ ވަގުތު ކަންތައް ކުރަން ކުރަންޖެހޭ ވާހަކައެވެ. މައުޟޫޢު ހަނިކޮށްލާނަމަ، ސުޓްރެސް ވާވަގުތު ކާންޖެހޭ އެއްޗެހީގެ ވާހަކައެވެ.

އަބަދުވެސް ސުޓްރެސް ވުމުން ދުއްވައިގަނެވެނީ ލުއިކާނާ އެއް ހޯދުމަށެވެ. އެއީ ޠަބީޢި ކަމެކެވެ. އެންމެ އަވަހަށް އަތުޖެހޭ އެތި ކާލުމެވެ. އެއިން ހަށިގަނޑަށް ކުރާނެ އަސަރަކަށް ފަރުވާލެއް ނުބަހައްޓާނެއެވެ. އެހެންނަމަވެސް ސުޓްރެސް ބޮޑުވާ ވަގުތުތަކުގައި ކެޔުމަށް އެންމެ ރަނގަޅީ ސިއްޙަތަށް ފައިދާ ހުރި ކާނާއެވެ. މިސާލަކަށް ފަތްޕިލާވެލީގެ ބާވަތްތަކާއި ގޮވާމުގެ ބާވަތްތަކެވެ. އަދި ޖަންފުޑް ނުވަތަ ލުއި ކާނާއިން ދުރުވުމަކީ މުހިންމު ކަމެކެވެ. ލުއި ކާނާ ކާނަމަ ސުޓްރެސްވާނީ ހައްތާ ބޮޑެވެ. އެއީ އޭގެ ސަބަބުން ހަށިގަނޑަށް އިތުރު ބޫސްޓެއްލިބި، ހަށިގަނޑުގެ ގުލްކޯޒް ލެވެލް އަން ބެލެންސްކޮށްލާތީއެވެ.

ސުޓްރެސް ބޮޑުވާ ވަގުތުތަކުގައި ފެހި ފަތް ކެޔުމަކީ ބުއްދިވެރި ކަމެކެވެ. ސަބަބަކީ އެފަތުން ޑޮޕަމައިން ކިޔާ ކެމިކަލްއެއް ހަށިގަނޑުގެ ތެރެއަށް ދޫކޮށްލައެވެ. ޑޮޕަމައިންނަކީ ހާސްކަމުން ދުރުކޮށް ދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން ޔޯގާރޓް އަދި ބުލޫ ބެރީ ފަދަ ތަކެއްޗަކީ އޭގައި ސުޓްރެސް ފިލުވާލަ ދިނުމަށް އެހީތެރިވެދޭ މާއްދާތަށް ހުންނަ ކާނާއެވެ. ސުޓްރެސް ވާވަގުތު މިތަކެތި ކެޔުން ބުއްދިވެރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެން

    ސްޓްރެސްވާވަގުތު އެއްޗެހިތަކެއްނޫން ކާންވީކީ، ﷲތަޢާލާއަށް ދުޢާ ކުރަންވީ. އެކަމުން މިންޖުކޮއްދެއްވާތޯ، އެއީ ހަމައެކަނި ހައްލަކީ... އިންސާނުން ހެއްދެވީ ﷲތަޢާލާ، އެ އިންސާނާ އަނބުރާ ގެންދަވަނީވެސް ހަމަ ﷲތަޢާލާ. ﷲތާޢާލާ ވަޙީކުރައްވަނީ:

    "ތިމަން އިލާހު ހަނދުމަކުރާ އަޅުތަކުންނަށް ލުއިފަސޭހަ ދިރިއުޅެއް ދެއްވާ ހުށީމެ، އަދި ތިމަން އިލާހު މަތިން ހަނދުމަނުކުރާ އަޅުތަކުންނަށް ދަތިއުނދަގޫ ދިރިއުޅުމެއް ދައްކަވާ ހުށީމެވެ"

    ހަމަ، ބޭރުގެ މީހަކު ލިޔެފައޮތް އެއްޗެއް ފެންނައިރަށް ތަރުޖަމާކޮށްފަ ސައިޓަށް އަޕްލޯޑް ކޮއްލުމުގެކުރިން ރަނގަޅަށް ވިސްނަބަލަ!

    17