ކޮވިޑް-19 ފެތުރެން މެދުވެރިވީ ގެރި މަސް ކާ މީހުންގެ ސަބަބުން ކަމަށް ބުނެ، އެކަމުން ސަލާމަތަށް ވުމަށް އޮތް މަގަކީ ގެރީގެ ކުޑަކަމުދާ ތަކެތި ބުއިން ކަމަށް އިންޑިއާގެ ބައެއް ފާދިރީން ބުނެފިއެވެ.

އިންޑިއާގެ ބައެއް ހިސާބުތަކުގައި ކޮވިޑް-19 އިން ސަލާމަތްވުމަށާއި އެ ބަލި ހުއްޓުވަން ކަމަށް ބުނެ ގެރީގެ ކުޑަ ކަމުދާ ތަކެތި އާންމުންނަށް ދޭން ވަނީ ފަށައިފައެވެ.

ބައެއް ހިސާބުތަކުގައި މި އަމަލުތައް ހިންގަނީ އިންޑިއާގެ ބައެއް ފާދިރީންގެ އިސްނެގުމަށެވެ.

މި ހަރަކާތްތައް ފަށާފައި ވަނީ އިންޑިއާގެ ނުފޫޒު ގަދަ ފާދިރީއެއް ކަމަށްވާ ސްވާމީ ޗަކްރަޕާނީގެ އިރުޝާދާއި އެއްގޮތަށެވެ.

"މި ބައްޔަކީ މިއީ ގެރި މަސްކާ މީހުންނާއި ހެދި ޖެހުނު މުސީބާތެއް. މިކަން ރަނގަޅުވާނީ ގެރީގެ ކުޑަކަމުދާ ތަކެތިން. މި މުސީބާތުން ސަލާމަތްވާނެ އެހެން ގޮތެއް ނެތް،" ޗަކްރަޕާނީ ބުނެފައިވެއެވެ.

އެފަދަ ފާދިރީން ދަނީ ކޮވިޑް-19 އަކީ މަހުގެ ބާވަތްތައް ކާ މިހުންގެ ސަބަބުން އައި ބައްޔެއް ކަމަށް ވެސް ބުނަމުންނެވެ.

އިންޑިއާގައި ގެރިއަށް އަޅުކަން ކުރާ ގިނަ ހިސާބުތަކުގެ ނުފޫޒުގަދަ ފާދިރީން ވަނީ އެ ސަރަހައްދުތަކުގެ އާއްމުންނަށް ގެރީގެ ކުޑަ ކަމުދާ ތަކެތި ދީ، އެއީ ކޮވިޑް-19 އަށް އޮތް ހަމައެކަނި ފަރުވާ ކަމަށް ބުނެފައެވެ.

މި ހަރަކާތްތަކަކީ ކޮވިޑް-19 ހުއްޓުވަން ހިންގާ ހަރަކާތްތަކެއް ކަމަށް ބުނި ނަމަވެސް، އެ ހަރަކާތްތަކުގައި ބޮޑަށް ހިންގި ކަމަކީ ގެރިއަށް އަޅުކަން ކުރާ މީހުންގެ ސަގާފަތާއި އާދަކާދަތަކާއި އެއްގޮތަށް އެތަނަށް މީހުން ލައްވާ އަމަލުކުރުވުމެވެ.

އިންޑިއާ މީހުން އެކިއެކި ބަލިތަކުން ރައްކާތެރިވުމަށާއި ބުއްދި ހަމަނުޖެހޭ ތަފާތު އެކި ކަންކަމަށް ގެރީގެ ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާތަކެތި ބޭނުން ކުރަމުން ގެންދާއިރު، އިންޑިއާ ސައިންސަވެރިން ހެދި ތަހުލީލުތަކުން އެއިން އެއްވެސް ފައިދާ އެއް އިންސާނުންގެ ހަށިގަނޑަށް ނުކުރާކަން އިންޑިއާގެ ސައިންސްވެރިން ވެސް ވަނީ ބަޔާންކޮށްފައެވެ.

އިންޑިއާ ސަރުކާރުގެ އިސްވެރިން މީގެ ކުރިން ގެރީގެ ނަޖިހުން ކޮވިޑް-19 ވައިރަސް އަށް ފަރުވާ އެއް ލިބޭނެ ކަމަށާއި އޭގެން ކެންސަރު ބަލި ނައްތާލުމުގެ އިތުރަށް ގެރީގެ ކިރުން ރަން ފެންނަ ކަމަށްވެސް ބުނެފައިވެއެވެ. އެ ގައުމުގެ ސަރުކާރުން ވަނީ އެވާހަކަ ތަކަކީ ތެދެއްކަން ބަޔާންކޮށް ދިނުމަށް ސައިންސްވެރިންގެ ގްރޫޕެއް އެކުލަވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. މާމިގިލީ މީހާ

  ގެރި މޯދީއަށް މިބަލި ޖެހިއްޖިޔާ ރަނގަޅު.

  94
  2
 2. އެރުން

  ދެނެ ގެރިިީގެ ކުޑަކަމުދާއެޗެތި ބޯން ދީގެން ބަޔަކު ރަނގަޅު ކޮށްފަ ތިވާހަކަ ދައްކަބަލަ.އޭރުން މީހުން ގަބޫލު ކުރާނެ.

  34
 3. ޝިޔާމް

  ކޮވިޑް ފެތުރެނީ ގެރީގެ ކުޑަކަމުދާތަކެތި ބޮއެފައި ބޮޑުކަމުދާތަކެތިން ފެންވަރާތީ.

  45
 4. ހުސޭނުބޭ

  އެހެންވިއްޔާ ގެރިމަސްނުކައި ކަލޭމެން ގެރީގެ ނަގޫ ކާންވީ!

  36
  1
 5. އަހަންމަދު

  ހުރިހާ ކޮވިޑް އެއް ހުރީ ގެރީގާ، އެހެންވީމާ ގެރިމަސްކޭމަ ކޮވިޑް ފެތުރޭނެ... ގަމާރުގެ އިންތިހާ

  28
 6. މޮޑީ

  ގެރި މަހެއް ނުކެވޭ، އެކަމަކު ގެރީގެ ކުޑަކަމުދާ އެއްޗިހި ބޮވޭ، ވަޓް އަ ޖޯކް

  55
 7. މަސް

  އަނގައޭ ކިޔާބަލަ އަނގައޭ!!! ކުރާނެ ކަމެއް ނެތިއްޔާ ކިޔާނެ އެއްޗެއް ނޭނގެންޏާ މަހަށްދޭބަލަ ނޫނި ފަރަށް ދާންވީނު؟؟؟

  33
  1
 8. ނަމަ

  އިންޑިއާގެ ފާދިރީން ކުރާ މުޑުދާރު ކަން ކަމަކުން ނޫންބާ؟

  33
 9. ޒާހި

  ގެރި މޯދީއަށް މިބަލި ޖެހިއްޖިޔާ ވވވވވވވ ރަނގަޅު

  33
  1
 10. ހ

  ޗާއިނާ ގަ މި ބަލި ފެތުރުނީ.... އެއީ އެހާ ގެރިކާ ބައެއް ނޫން... ވާކާބައެއް

  33
 11. ސައިންޓިސްތު

  މި މީހުންގެ ސަބަބުން އިތުރު ބައްޔެއް އުފެދުން އެކަށީގެންވޭ...

  35
 12. Anonymous

  ގެރި އައް ކަލޭމެން އަޅުކަން ކުރާތީވެ އެންމެ ބޮޑު މައްސަލަ އަކީ

  24
 13. ބޮޑު ގެރި

  އަނގަޔޭ ކިޔާބަލަ...އަނގަޔޭ.