އިންޑިއާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައި ބުނެވޭ "ދާދާސާހެބް އެކްސެލެންސީ އެވާޑް 2018" ދިނުމަށް ހާއްސަކޮށްގެން ބޭއްވުނު ޖަލްސާގައި ހިނގައިދިޔަ އާދަޔާޚިލާފު ބައެއް ކަންކަމާއި ގުޅޭ މައުލޫމާތު މީސްމީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. މިގޮތުން، މި ހަފްލާގެ ތެރެއިން ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރަންވީރް ސިންގްއާއި ޝާހިދު ކަޕޫރް އެކަކު އަނެއްކަކުގެ ގައިގައި ބައްދާލައިގެން ހެވިފައި ތިބި ފޮޓޯއެއް މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ބޮލީވުޑްގެ ކާމިޔާބު ފިލްމު "ޕަދުމާވާތު" ގެ ލީޑް ރޯލުން ފެނިގެންދާ ރަންވީރް ސިންގްއަށް ލިބިފައިވަނީ "ބެސްޓް އެކްޓާ ޕީޕަލްސް ޗޮއިސް އެވޯޑް" އެވެ. މި ހަފްލާގައި ކުޅަދާނަ އެކްޓަރު ޝާހިދު ކަޕޫރަށް ލިބިފައިވަނީ "ބެސްޓް އެކްޓަރ" އެވޯޑެވެ.

Image result for dadasaheb phalke award shahid and ranveer

 

ޝާހިދާއި ރަންވީރް، އެ ދެމީހުން ދެމީހުންނަށް ބަލާލާފައި ހިނިތުންވެފައިވާ ތިބޭ މަންޒަރުވެސް ވަރަށް ގިނައިން ހަފްލާގެ ތެރެއިން ފެނިފައިވާ ކަމަށާއި އެ ދެ ފަންނާނުންގެ މޫނު މަތިންވެސް އުފާވެރިކަން ފެންނަ ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނެއެވެ.

ޝްރައްދާ ކަޕޫރާއިއެކު މިވަގުތު ޝާހިދު ކުރަމުންދަނީ އޯގަސްޓް 31 ގައި ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ފިލްމެއްގެ މަސައްކަތެވެ.

ރަންވީރް ވެސް ސާރާ އަލީ ޚާންއާއިއެކު ބޮލީވުޑް ފިލްމު "ސިންބާ"ގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފަހުގެ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު