އިންޑިއާ ކެރެލާގައި ބޯ ކަނޑާލާފައި އޮތް އަންހެނެއްގެ ހަށިގަނޑެއް ގަހެއްގައި އެލުވާފައި އޮއްވާ ފެނިއްޖެއެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުގައި، އެ އަންހެން މީހާ ފެނުނުއިރު، އޭނާގެ ބޯ ނެތެވެ. އަދި އޭނާގެ ބޯ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަަމަށްވެސް ވެއެވެ.

ފުލުހުން ބުނާގޮތުގައި، އެ ހަށިގަނޑަކީ މިދިޔަ މަސް ތެރޭގައި ގެއްލިގެން ހޯދަމުންދާ 35 އަހަރުގެ ލަތްވިއާންއަށް ނިސްބަތްވާ އަންހެނާގެ ހަށިގަނޑުކަމަށް ވެދާނެއެވެ.

ބޯ ކަނޑާލާފައި އޮތް އެ އަންހެން މިހާގެ ދައްތަ ބުނާގޮތުގައި، އެއީ އޭނާގެ ކޮއްކޮއެވެ. ނަމަވެސް ފުލުހުން މިހާރު މަޑުކޮށްގެން ތިބީ ފޮރެންސިކް ރިޕޯޓްތަކުގެ އިންތިޒާރުގައެވެ.

ލިގާ ނަމަކަށް ކިޔާ އެ އަންހެން މީހާ ގެއްލުނު ހިސާބުން ފެށިގެން ދައްތައާ ދެމީހުން އޭނާ ހޯދުމުގެ މަސައްކަތް ކުރިއެވެ. ބިލްބޯޑެއްގައި ކޮއްކޮގެ ފޮޓޯ ޖަހައިގެން ދައްތަ ވަނީ މަގުމަތީގައި ހިނގަންވެސް ހިނގާފައެވެ. މި މީހުންނަކީ އެ އަންހެން މީހާގެ ޑިޕްރެޝަން މައްސަލައަށް ފަރުވާ ކުރުމަށް އިންޑިއަށް ދިޔަ ބައެކެވެ.

މިދިޔަ ފެބްރުއަރީ ފަހުކޮޅު އިންޑިއާގެ ޓްރިވިންޑްރަމްއަށް ގޮސް އޭނާގެ ބައްޔަށް ފަރުވާކުރަން ފެށިއިރު، މާރިޗް މަހުގެ 14 ވަނަ ދުވަހު އޭނާ ވަނީ ގެއްލިފައެވެ. އޭނާ ގެއްލިފައި ވަނީ ދައްތަ ކައިރީ ނުބުނެ ކޮވަލަމް ބީޗަށް ގޮސްގެން އުޅެނިކޮށެެވެ.

ފުލުހުން ބުނީ، އިއްޔެ ހެނދުނުގެ ވަގުތެއްގައި އަންހެނެއްގެ ބޯ ނެތް ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރުވަމުން އަންނަ ކަމަށެވެ. އަދި އެ ހަށިގަނޑާއި ގުޅޭ އިތުރު މައުލޫމާތެއް އިނގޭނީ ރިޕޯޓްތައް ލިބުމުންކަމަށް ފުލުހުން ވަނީ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޅުގަނޑު

    ސުބުޙާނަﷲ
    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    އަޅުގަނޑުމުންނަސް ބިރުވެރި ކަމެއް ހީވި ހަނދާންވަނީ އެއީ ތި ބީޗު ހިސާބު ކަމަށް. އެއީ އަސްދުއްވާލާށޭ އެތަނުގަ ތިބި ދެމީހުން އެދޭވަރުން ލާރި އެވަރަށް ނެތްކަމަށް ބުނީމަވެސް ދެން އަޅުގަނޑު ކޮއްކޮ ގޮވައިގެން އަސްދުއްވަން އެރީމަ އެދެމީހުން ކައިރީހުރެ މީހުންތެރޭ ދުއްވަމުން ދެން މިސްރާބުހުރީ ގަސްތަކާ ދިމާޔައް ހަނދާންވަނީ. ދެން ކޮއްކޮ އިނދެފަ ކުއްލިޔަކައް ރޯންފެށީ. ދެންރޯވަރުން އަވަހައް މަންމަ ކައިރިޔަށް އައީ. ދެން އެމީހުންވެސްތިބީ ވަރަށް ރުޅިއައިސް ދެން ކޮންމެސްވަރަކައް ލާރި ދިނީމަނޫނީ ނުވެސްދިޔަ. ކޮއްކޮ މިގޮތައް ރުއި އެއްފަހަރު ގެއައް ކުރޮޅި އެއްގާ އައި އިރު ގެ ފެނިގެންވެސް އޭރު ދުއްވާމީހާ ހަމަ ދަނީ
    ކުރިޔައް ނޭނގިގެންކަމެއް ގަސްތުގަކަމެއްނޭނގޭ. ދެންމިކަންކަމުގެ ހަގީގަތް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ. އަލްހަމްދުލިއްލާހި މާތްﷲ ގެ ހެޔޮމިންވަރުފުޅުން ސަލާމަތްކޮށްދެއްވެވިކަމަށް އަބަދުވެސް. އަޅުގަނޑު ބުނާނީ އިންޑިޔާ ވިޔަސް އެހެންތަނެއްވިޔަސް އިންޝާﷲ ނުދާށޭ ފިލައިގެންވެސް ނޫނީ އެކަނިވެސް ރައްކާތެރި ކަމެއްނެތި އެއްވެސް މީހަކު. މައިންބަފައިންނަށް ފިލާ ކުދިންނަސް ވަރަށް ހިއްދަތި ގޮތްތައްދިމާވެފަ އެބަހުރި..

  2. ހަވާއީ

    އިންޑިޔާއަށް ބޭސްވެރިކަމަށް ދާންފަހެ ބިރެއްނުގަނޭތަ ތަމެން

  3. ކޮއްކޮ

    އިންޑިޔާއަށް ބޭސްފަރުވާއަށްް އައިސް އުޅޭއިރު ވިސްނަންޖެހޭ ކަމެއް ތިއީ.އެކަނިން ނުކުމެ ތަންތަނަށް ދިއުން ރައްކާތެރި ނޫންކަން.
    އަބަދުވެސް ރައްކާތެރިކަން ދެއްވާ ފަރާތްﷲގެ ކިބައިން ރައްކާތެރިކަމަށް އެދި ދުޢާ ކޮއްގެން ތަންތަނަށް ދިއުން އަަހަރެމެންް އާދަ ކުރަންވީ.
    انشا الله ރައްކާތެރިވާނެ.