މުޅި ދުނިޔެ އޮތީ ކޮވިޑް-19ގެ ބިރުވެރިކަމުގައެވެ. ދޮޅު ލައްކަ އަށް ވުރެ ގިނަ މީހުން މި ވައިރަސް ޖެހި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. މި ބަލި ޖެހޭ މީހުން އެކަހެރިކޮށްގެން ގެންގުޅޭ އިރު، އެކަހެރި ކުރުމަށް ފަހު އާއިލާއާ ބައްދަލެއް ނުވެވޭނެއެވެ. އެގޮތަށް އޮވެ ފަރުވާދެމުން ދަނިކޮށް، މަރުވިޔަސް އާއިލާއާ ބައްދަލު ކުރެވޭނެ ގޮތެއް ނޯވެއެވެ. އެއީ އެކަކުގެ ގައިން އަނެކަކު ގަޔަށް ވަރަށް ފަސޭހައިން މި ބަލި އަރާތީއެވެ.

އިނގިރޭސިވިލާތުގައި މިގޮތަށް އެކަހެރި ކުރި ފަހުން މަރުވި އަންހެނެއްގެ ދަރިފުޅު މި ވަނީ މަންމަ މަރުވެގެން ދިޔައިރު ވެސް ބައްދަލު ނުވެވޭ ވާހަކަ ވަރަށް ދެރަވެފައި މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ.

ކެރޮލައިން ހޮޕްޓޮން ބުނީ، އޭނާގެ މަންމަ މަރުވީ ކޮވިޑް-19 ޖެހުމުން އައިސޮލޭޓްކޮށްފައި ވަނިކޮށް ކަމަށެވެ. އެ ބަލި ޖެހުމާއެކު މަންމަ އާއި ބައްދަލު ނުވެއެވެ.

"އެންމެ ފަހު ވަގުތުގައިވެސް އަހަރެންނަށް މަންމަގެ އަތުގައި ހިފާލެވޭނެ ގޮތެއް ނުވި"

އޭނާ ބުނިގޮތުގައި، މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި މަންމަ އެކަހެރި ކުރިއިރު، މަންމަ މަރުވީ އެތަަނުގައެވެ. އޭނާ ވަނީ އެފަދަ ހާލެއްގައި އުޅެމުންދާނެ އެހެން އާއިލާތަކުގެ ވާހަކަތައްވެސް ހިއްސާ ކޮށްފައެވެ.

މިއީ އެންމެ މީހެއްގެ ވާހަކައެވެ. މިހެން އެތައް ބަޔަކު އުޅޭނެއެވެ. އެ ނަސީބު ނުލިބި ހަށިގަނޑާއި، ފުރާނަ ވަކި ވުމަށްފަހުވެސް އަތުގައި ހިފާލަން ފުރުސަތެއް ނުލިބި ދަނީއެވެ. ބައެއް އާއިލާތަކަށް މޫނު ބަލާލާނެ ފުރުސަތެއް ނެތެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 7000 އަށްވުރެ މައްޗަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝުކުރު

    ޢެއްވެސް ގޮތަކުން ރަނގަޅު ގޮތެއްނޫން އެއީ.ފަހުފަހަރަށް މޫނު ބަލާލު މުގެ ހުއްދަދޭންޖެހޭނެ. މީހާގެ މުޅިގައިގާ ސެނިޓައިޒަރ އުނގުޅައިގެންވެސް ފަހުފަހަރަށް ދައްކަންޖެހޭ?ވަރަށް ދެރަ

    16
    1