އިންޑިޔާގައި މަތިމަހަކީ ވަރަށް އާންމު ފެޝަނެކެވެ. އެގޮތުން އިންޑިޔާގެ ކޮންމެ ސަރަހައްދެއްގެ މަގުތައްމަތިންވެސް މަތިމަހެއް ނެތް ފިރިހެނަކު ނުފެނި ދިޔުމަކީ ވަރަށް ނާދިރުކަމެކެވެ. އެކަމަކު މިއީ ކިހިނެތްވާކަމެއް ހެއްޔެވެ. އިންޑިޔާގައި އާންމުންގެ މެދުގައި މަތިމަސް ބެހެއްޓުން އެހާ މަގުބޫލުވެފައި މިވަނީ ކީއްވެގެން ހެއްޔެވެ.

އެ ސުވާލަށް އެކި ޖަވާބުތައް ލިބިގެންދާއިރު އެންމެ އާންމު އެއް ޖަވާބަކީ އިންޑިޔާއަށް އެންމެ ފުރަތަމަ މަތިމަހުގެ ފެޝަން ތައާރަފްވެފައިވަނީ އިނގިރޭސީން އިންޑިޔާގައި ހޭދަކުރި ދުވަސްތަކުގައެވެ. އެ ދުވަސްވަރު އިނގިރޭސިވިލާތުން އިންޑިޔާއަށް އައި އިނގިރޭސި ސިފައިންނަކީ ވަރަށް ރީތިކޮށް އަދި ސާފުތާހިރުކޮށް މަތިމަސް ބަހައްޓާ ބައެކެވެ. އެހިސާބުން މަތިމަސް ބެހެއްޓުން އިންޑިޔާގައި މަޑުމަޑުން ފެޝަނަކަށްވާން ފެށިއެވެ.

އަނެއްބައި މީހުން ބުނާގޮތުގައި މަތިމަސް ބޭލުމަކީ އިންޑިޔާގައި އާންމުކޮށް އާއިލާގެ ގާތް މެންބަރަކު މަރުވުމުން ކުރެވޭ ކަމެކެވެ. އެގޮތުން އިންޑިޔާގައި އޮންނަ ކުރީ ޒަމާނުގެ ވާހަކައެއްގައި ރަސްގެފާނަކު ވަނީ އާއިލާގެ މެންބަރަކު ނިޔާވުމުން މަތިމަސް ބޭލުމަށް އޭނާގެ ރަސްކަމުގެ އެންމެންނަށް އަންގައިފައެވެ.

އޭނާގެ ފަރާތުން ވަކި ސަރަހައްދަކާއި ހަވާލުވެހުރި އިސް ފަރާތެއް އެކަމަށް ދެކޮޅު ހެދުމުން ރަސްގެފާނު އޭނާއަށް އެކަން ކުރުމަށް މަޖުބޫރުކުރުވިނަމަވެސް އޭނާ ވަނީ ފަހުން ރަސްގެފާނާއި ވާހަކަދައްކައިގެން ބުއްދި ބޭނުންކޮށްގެން އެކަމުން ސަލާމަތްވެފައެވެ. އެހިސާބުން ގާތްތިމާގެ މީހަކު ނިޔާވުމުގެ އާދައެއްގެ ގޮތުން އެކަނި މަތިމަސް ބޭލުމަށް އިންޑިޔާގައި އާދަވެފައި އޮންނަކަމަށް ތާރީހް ދިރާސާކުރާ ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

ކޮންމެ ގޮތަކަށްވިޔަސް މަތިމަހުގެ ފެޝަން އަދިވެސް އޮތީ އަވަސް ހާލަތެއްގައި އިންޑިޔާއިން ނެތިގެންދާފަދަ ގޮތަކަށް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އެއީ ގެރީގެ ނަގުލުގެ އިސްތަށިތައް އެގޮތަށް ހުންނާތީ

  2. މަޖޫސީންގެ ފެޝަނެއް މަތިމަސް ދިގުކޮށް ބެހެއްޓުމަކީ، އަހަރުމެން މުސްލިމުން ޖެހޭނީ ތުބުޅި ދިގުކޮއްފަ މަތިމަސް ކުރުކުރަން،

  3. އެއީ މުސްލިމުންނަށް އޮންނަނީ މަތިމަސް ތުނިކޮށްފަ ތުނބުޅި ދިގުކުރުން ވީމަ އެކަމަށް ހަޖޫ ޖަހަން

  4. ޙަފްޞާ / މާލެ

    އިބްރާހިމާ! ފައްޅިތަކުގެ ކާހިނުންނާއި ފާދިރީންވެސް ތބެނީ ތުބުޅި އިމުންބޭރުން ދިގުކޮށްފަ! އިސްލާމްދީނުގައި ތުބުޅި ދިގުކުރާނީ ސުންނަތާއެއްގޮތަށް . އެއީ މުށްމެޅީމާ އެމުށުގެ ދިގުމިނަށް! އެކަމަކު އެގޮތަކަށްނޫން ފެންނަނީކީ!

  5. ވާހަކަ ކިޔާ ކުއްޖާ

    އޭރުން ކުޑަ ކުއްޖެއް ރޭޕް ކޮއްލާފަ މަތިމަސް ގަނޑު ޝޭވް ކޮއްލެވޭނެ އެއްންނު... ވަރަށް ފޫހިވޭ އިންޑިއާ މީހެކޭ ބުންޔަސް .. ހުހް

  6. އެއީ އިންޑިޔާ މީހުން ބުނާގޮތުގައި މަތިމަސް ނުބައްހައްޓާމީހުންނަކީ އަންހެން ދޮޅާމީހުން