ދުނިޔޭގެ ގިނަ ގައުމުތަކަށް މިހާރު ފެތުރިފައިވާ ކޮވިޑް-19 ފަދަ ވައިރަސްތަކަކީ އިންސާނާގެ ހަޑިގަނޑުގެ ބޭރުގައި ގަޑިއިރަކަށްވުރެ ގިނައިރު ހުރުމުގެ ބާރު ލިބިފައިވާ ވައިރަހެކެވެ. ކޮވިޑް-19 ނުވަތަ ނޮވެލްކޮރޯނާ ވައިރަސް ނައްތާލުމަށް އަދި ވެކްސިނެއް އުފެއްދިފައިނުވާ އިރު މިހާރު އެންމެ އިސްކަމެއް ދޭން ޖެހެނީ ސާފު ތާހިރު ކަމަށެވެ.

އެގޮތުން ހަށިގަނޑުގެ ބޭރުގައި ވައިރަސް ހުރި ނަމަ ސެނަޓައިޒާ، ސައިބޯނި ނުވަތަ އެފަދަ ޖެލް ބޭނުން ކޮށްގެން ވައިރަސް އިން ސަލާމަތްވެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިހުރިހާ އެއްޗަކަށް ވުރެ ހަމަ ރަނގަޅީ ސައިބޯންޏެވެ.

ގިނަ ގައުމުތަކަށް ކޮވިޑް-19 ފެތުރިފައިވާތީ އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ އާންމުން ހޭލުންތެރި ކުރުމަށް ހުރިހާ އެންމެންނަށް ބަލި ރައްކާތެރިވުމަށް އަމަލު ކުރަން ޖެހޭ ގޮތް ކިޔައިދީފައެވެ. އެގޮތުން ކޮންމެ ދުވަަހަކު މެސެޖެއްގެ ޒަރިއްޔާއިން ފޯނު ގެންގުޅޭ ހުރިހާ ފަރާތަކަށް މެސެޖު ފޯރުކޮށްދެއެވެ. އެ މެސެޖުގައި އެ ވައިރަސް އިން ސަލާމަތްވުމަށް ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަން ހަނދުމަ ކޮށްދެއެވެ.

ވައިރަސް އާއި ހަނގުރާމަ ކުރުމަށް އެންމެ ރަނގަޅު އެއްޗަކީ ސައިބޯނި ކަމަށް ގިނަ މީހުން ބުނެފައިވަނީ ލޮލަށް ނުފެންނަ ކުދި ކުދި ޖަރާސީމާއި ވައިރަސްތައް ސައިބޯނި ލައިގެން އަތް ދޮވުމުން މަރުވެގެން ދާތީއެވެ. އެހެން ކަމުން ސައިބޯނި ލައިގެން ދޭކާއި ފަސް މިނިޓަށް އަތް ދޮވުމުން ވައިރަސް މަރުވުމުގެ ފުރުސަތު ބޮޑެވެ.

ކޮވިޑް-19 އާ "ހަނގުރާމަ" ކުރުމަށްބައެއް ސައިންސްވެރިން މިހާރު ވަނީ ވެކްސިނެއް އުފައްދައި އެ ޓެސްޓް ކުރަން ފަށައިފިއެވެ. މި ވައިރަސް ނުޖެހި ތިބި މީހުން ވައިރަސް އިން ސަލާމަތްވުމަށް ހަމައެކަނި ކުރަން ޖެހެނީ ސައިބޯނި ލައިގެން އަތްދޮވެ ސާފުތާހިރު ވުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޅުގަނޑު

    ސާފުތާހިރު ކަމަކީ އީމާން ކަމުގެ އެއްބައި! އެހެންވީމަ އީމާންކަން ފުރިހަމަ ކުރަން މަސައްކަތް ކުރަންވީ! އިންޝާﷲ

  2. ޖަޒީރާމަނިކު

    މިހާރު މިރާއްޖޭން ތިޔަބުނާ ސެޓެރައިޒް ލިބޭކަށްނެތް. އެހެންވީމާ އެންމެރަނގަޅީ ސައިބޯނިލައިގެން އަތްދޮވުން. ސައިބޯނި ނެތިއްޔާ ދޮންނަކުނޑި ލައިގެން އަތްދޮވުމުން އެންމެ ފަސޭހައިން ވައިރަސް މަރުވަނީ. އެއްވެސް އެއްޗެއް ނެތިއްޔާ މޫދުލޮނުން ނޫނީ ހުސްފެނުން އަތްދޮންނާނީ . ހަމަ އަލީސޮރުގެ ނަދުރަށް.

  3. ހުސޭނުބޭ

    އެންމެރަގަޅީ ގިނަގިނައިން މޫދަށްއެރުން މޫދުލޮނުގަ ޖަރާސީމް ވަރަށްއަވަހަށް މަރުވާނެ. ޓެސްޓްކުރުމަށް މިހާރު ޕޮސިޓިވްވެފައިތިބިމީހުން މޫދުގަ ދުވާލަކު 3 ގަޑިއިރު ގެންގުޅުން ރަގަޅު