ބަލިވެ އިންނަ އެންމެ ފަހު ތިންމަހު ނިދާއިރު ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. ސަބަބަކީ މިމުއްދަތުގެ ތެރޭގައި ނިދަން އޮވެވޭ ގޮތަކުން ކުއްޖާގެ ސިއްޙަތަށް ހީވެސް ނުކުރާހާ ބޮޑު އަސަރެއްކޮށްފާނެއެވެ.

ނިދަން އެންމެ ރަނގަޅީ ކޮން ގޮތަކަށް؟

އާއްމުކޮށް މާބަނޑު ދުވަސްވަރު، އަދި ވަކިން ޚާއްސަކޮށް ބަލިވެ އިންތާ ހަމަހުން ފެށިގެން ބަންޑުން އޮވެ ނިދުމަކީ ކުއްޖާ ބައިގެން ގޮސްފާނެ ކަމެއްކަމަށް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެެއެވެ. އަދި އެންމެ ރަނގަޅީ އެއް އަރިއަކަށް އޮވެގެން ނިދުމެވެ. ވާތް އަރިއަތްއޮވެ ނިދުމަކީ މީގެ ތެރެއިން އެންމެ ފައިދާ ބޮޑު ގޮތެވެ. އަދި މުހިންމީ ނިދާއިރު އޮންނަ ގޮތެވެ. ނިދިން ތެދުވާއިރު އުއްޑުން އޮތް ނަމަވެސް އެކަމުގައި ނުރައްކަލެއް ނެތެވެ.

އުއްޑުން ނޯންނާާންވީ ކީއްވެ؟

މާބަނޑު ދުވަސްވަރު ތިމާގެ ސިއްޙަތުގެ އިތުރުން ތިމާގެ ބަނޑުގައިވާ ދަރިފުޅުގެ ސިއްޙަތާމެދުވެސް ސަމާލުވާން ޖެހެއެވެ. މިގޮތުން އުއްޑުން އޮވެ ނިދުމަކީ ކުއްޖާގެ ހަށިގަނޑަށް ލޭފޯރުކޮށް ދިނުމަށް ހުރަސްއަޅާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ތިމާގެ ސިއްޙަތަށްވެސް ގެއްލުން ތަކެއް ލިބެއެވެ. މީގެ ތެރޭގައި ނޭވާލާން އުނދަގޫ ވުމާއި، ބުރިކޮށްޓަށް ތަދުވުމާއި، ބޮޑު ކަމުދާން އުދަގޫ ވުމާއި ހަޖަމް ނުވުން ފަދަ އެތަކެއް މައްސަލައެއް ޖެހެއެވެ.

ނިދަން އޮންނައިރު ވީހާވެސް އަރާމު ގޮތަކަށް އޮވެވޭތޯ ބަލާށެވެ. ނިދަން އޮށޯންނަ ފަރާތްނޫން އަނެއް ފަރާތުން ބުރަކަށީގައި ބާލީހެއް ނުވަތަ ބާލީސްތަކެއް ޖައްސާލެވިދާނެއެވެ. އޭރުން އެއް ފަރާތަކަށް އޮވެ ނިދަން ފަސޭހަ ވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެރެޓް

    ވަގުތުވެސް އެބަޖެހޭ ލަދުހަޔާތް ހުންނަން އޮރިޔާންް ފޮޓޯ ޖަހާގެން އާޓިކަލް ލިޔަނީ ތި ؟

  2. މ

    جزاك اللهُ خيرًا

  3. ހަސަނު

    އަސްލުވެސް އަޅުގަނޑު ހިތްހަމަ ނުޖެހޭ ވަރައް މިކަހަލަ ފޮޓޯ ޖަހާތީ. ބަޔަކު މީހުން ހިލޭ އަންހެނުންގެ އޮރިޔާން ފެންނަ ފޮޓޯ ބެލިޔަސް އަޅުގަނޑު އެހެން ނޫޅެން. މި އާޓިކަލްގެ މުހިންމު ކަމުން ކިޔާލަން މި ވަނީވެސް. ޥަރައް ދެރަ ބޭ އަދަބީ ފޯޓޯ ޖަހާތީ. ޥަގުތު ކުދިން މިކަމާ ވިސްނާތި އިނގޭ.