ވަށައިގެން ފެންނަން ހުރި ހަތަރު ފާރަށް ބަލަމުން، ކޮޓަރިތެރޭގައި ހުރި އެނދުމަތީގައި ހަޔާތާމެދު ވިސްނައިލަން އޮވެވުނެވެ. "ލޯތްބާއި ކުލުނު އޭގެ އިންތިހާއަށް، ވޭނާއި ހިތްދަތިކަން ހިތުގެ ފުންމިނަށް ފޯރާފައިވާ ދިރިއުޅުމާމެދު ގައެވެ."
އިރުގެ އަލިކަމެއް ފެންނަނީއެއް ނޫނެވެ. ކޮޓަރީގައި ނެތް އަލިކަމެއް ހަޔާތުގައި ވަކި ވާނޭ ހެއްޔެވެ! ޝައްކެއްނެތެވެ. ދިރިއުޅުމަކީ އިމްތިޙާނުން ފުރިގެންވާ އަޖައިބެކެވެ. ދިރިއުޅުމުގެ އާދަތައް ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ. ދުވަހުގެ ތާވަލަށް ސިހުންވެ ބަދަލެއް އަތުވެއްޖެ އެވެ. އަވަދިނެތިވި ދިރިއުޅުމުން މިންޖު ވެއްޖެއެވެ. ހަމަހިމޭންކަން އޭގެ އިންތިހާއަށްލިބި، ހިމޭން މާހައުލެއްގައި އެކަނިވެރިކަން ވަށާލައިފިއެވެ. ވިސްނުމާއި ޚިޔާލު ތަފާތު ރައްޓެހިންނާއި ބައްދަލުވެވޭކަށް ހާލަތު ތަނެއްނުދެއެވެ. ހާލަތައްއައި މި ބޮޑު ބަދަލުގެ ސަބަބުން، ބައެއް ފަހަރު ބުއްދި ގޯސްވަނީ ހެން ވެސް ހީވެއެވެ.
ޚިޔާލުތައް އެވަނީ އެނބުރެމުންދާ ފަންކާގެ ފިޔަތައްފަދައިން އެނބުރެން ފަށާފައެވެ. ބުރަކަށްފަހު ބުރެކެވެ. ހިޔާލުތަކަށް ލަގަން ދޫވެގެން ހިގައްޖެއެވެ. މާޒީގެ ޔައުމިއްޔާގެ ގަނޑުތައް ނިއުޅެމުން ދެއެވެ. ހަޔާތުގެ އެކިއެކި ދައުރުތައް އަލުން ހުޅުވެމުންދާ ކަހަލައެވެ.
އުފަލާއި މޮޅިއާއި ދަތިކަމާއި ތަނަވަސްކަމުގެ ތަޖުރިބާ ހުވަފެނެއްގެ ސިފައިގައި ފެންނަމުން ދަނީ އެވެ. މިއީ ސިކުނޑީގެ ބޭގަރާރު ކަމެވެ. އުފަލާއި އަރާމާއި އެކުވި ޒަމާން މާޒީވެ ހިނގައްޖެއެވެ. ގަނޑު ލޭކޮޅަކުން އުފެދިފައިވާ ހިތެއް މޭގެތެރޭގައި ވިންދު ޖަހައެވެ. ސާފު ބިއްލޫރި ފަދައިން ހިތް ސާފެވެ. އިންސާނާއަށް އޮތީ ބައްދަލުކުރި ވަގުތާއި، ނިޔާކުރި ހާލަތަށް ތަބާވުންނޫން ދެންކޮންގޮތެއްތޯއެވެ.
ފުރިހަމަ
އަބޫ މިހާރު ވާހަކަވެސް ލިޔަން ފެށީތަ..... ސަޅި 🙂
ވަރަށްވެސް ފުރިހަމަ. ހިތުގެ އެންމެ ފުންމިނަށް އަސަރުކޮށްފި .
???
ރަނގަޅު ވާހަކައެއް. މަ ލައިފް ވެސް ތިހެން ކުރުކޮށް ބުނާނަމަ ކުރިޔަށްވުރެ ރަނގަޅު އެކަމް މިހާރު މާ ފޫހި. ޑޯނޯ ވައި!
އަބުއްޓޭ ތިޔަށް ފިލުމެއްވެސް ހަދަންފެނޭ!
މީގައި މިވަނީ ކޮރޯނާ ޖެހިގެން އެކަހެރިކޮށްފައިވާ ވާހަކަދޯ؟