އާއްމުކޮށް އެންމެ ގާތް ރަހުމަތްތެރިން ގޮތުގައި، އުޅޭނީ ކުލާސް ކުދިންނެވެ. އެ ކުދިންނަށް އިތުބާރު ކުރެވޭލެއްވެސް ބޮޑެވެ. އެހެން ނަމަވެސް މިޒަމާނުގައި އެ މީހުންނަށްވެސް އިތުބާރު ކުރަން މި ވަނީ އުނދަގޫވެފައެވެ. އެކަން މި ހާދިސާއަށް ބަލާލުމުންވެސް އިނގެއެވެ.

މިއީ އިންޑިއާގައި ހިނގި ހާދިސާއެކެވެ. އަނެއްކާވެސް މި ވަނީ 16 އަހަރުގެ ކުއްޖަކު ރޭޕްކޮށްފައެވެ. މިފަހަރު އެ ކުއްޖާ ރޭޕްކޮށްފައި ވަނީ އޭނާގެ ކްލާސް ކުއްޖަކާއި އޭނާގެ ރަހުމަތްތެރިންނެވެ.

މިދިޔަ ހަފްތާ ތެރޭގައި މި ހާދިސާ ހިނގިއިރު، ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ކުއްޖާ ރޭޕްކޮށްފައި ވަނީ ސްކޫލް އިން ހިނގާފައި ގެއަށް ދަނިކޮށް އޭނާގެ ކްލާސް ކުއްޖަކު ދިން ދައުވަތަކަށް ކާރަށް އަރައިގެން ދިޔުމުންނެވެ.

އެ އަންހެން ކުއްޖާ ރޭޕް ކުރުމުގެ ކުރީގައި މަސްތުވާތަކެތި އަޅާފައި ހުރި ބުއިމެއް ދިނެވެ. އަދި ރޭޕްކޮށްފައި ވަނީ ކާރު ތެރޭގައި ތިން މީހަކުވެގެންނެވެ. އޭނާ ރޭޕްކޮށް ނިންމުމަށްފަހު އެއްލާލި މަގުމައްޗަށެވެ.

އޭނާ މަގުމަތީ އޮއްވާ ފެނުނީ ފުލުހުންނަށެވެ. އެއީ އެ ކުއްޖާ ގެއަށް ނައިސްގެން އޭނާގެ ބައްޕަ ފުލުހުންނަށް ގުޅާ ވީގޮތް ބަލާދިނުމަށް އެދުމުންނެވެ.

އިންޑިއާގައި ރޭޕް ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިކަންތައް ހުއްޓުވުމަށް މާބޮޑު ފިޔަވަޅެއް އެޅިފައިވާތަނެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަބްދުއްލާ

  އެކަން ހުއްޓުވަން ފުލުންނަށް އެޅޭނެ ފިޔަވަޅެއް ނޯންނާނެ. ބެލެނި ވެރިންނާ މައިންބަފައިން ހޭލުންތެރިވީ ވަރަކުންމެނުވީ މިކަން ހުއްޓުވުމުގ ފިޔަވަޅެއް ނޭޅޭނެ.

 2. ހެހެ

  ދުނިޔޭގައި ލެއްވިހައި ވަލުޖަނަވާރާ ސުއިއްޕަކަށް އަޅުކަން ކުރާބއެއްގެ ހުންނާނީ ތިކަހަލަ ވަލުޖަންގަލީ އަޚުލާގު.

  • ޜަނގަލހު ވަަހަކަެހ

   ޜަނގަލހު ވަަހަކަެހ

 3. މުއްލާ

  މިހެންވެ ދީނުގައި އޮންނަނީ ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވުން މަނާކޮށްފައި

 4. ޟާިހީ ޚާންދާން

  Ehntha and the 20rf is not just a lot

 5. Anonymous

  ރޭޕިސްތާން

 6. މި

  ހިތާމަހުރި ކަމެއް. ހަޑި ފިލްމާ ޑުރާމާ ލަވަޔާ މިޔުޒިކު ތަކުން ހިއްތަކުގަ ދަބަރުޖަހާ ވިސްނުން ކޮށިވޭ. ދެން ޝައިތާނީ މަގަށް ލެނބުނީމާ ތިކަންވެސް އާއްމު ވަމުން ތިހިރަދަނީ. ޔާﷲ

 7. ނުރަބޯ

  ފުލުހުންނާ ޖައްސާނެކަމެއްނެތް ދެން ތިޔައޮތީ ރައްޔިތުންނާ ޖެހިފައި.