އިންޑިއާގެ ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރް ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

އޭނާއަށް ކޮވިޑް-19 ޖެހުނީ ދާދި ފަހުން އިނގިރޭސިވިލާތަށް ކުރި ދަތުރުގެ ފަހުންނެވެެ. އޭނާ އިނގިރޭސިވިލާތުން އެނބުރި އިންޑިއާއަށް އައީ މީގެ 10 ދުވަސް ކުރިންނެވެ.

އުމުރުން 41 އަހަރުގެ ކަނިކާ ވަނީ އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން މީސް މީޑިއާ މެދުވެރިކޮށް ބުނެފައެވެ.

އޭނާ ބުނީ، މިދިޔަ ހަތަރު ދުވަހެއްގެ ތެރޭގައި އޭނާ އުޅުނީ ވަރަށް ބަލިކޮށް ކަމަށެވެ. އަދި އަމިއްލައަށް ގޮސް ޓެސްޓޫތައް ހެދުމުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، އޭނާއާއި އާއިލާ މިހާރު ތިބީ ކަރަންޓީންކޮށްފައި ކަމަށެވެ.

އަދި މެޑިކަލް ސާވިސްގެ އެހީތެރިކަމާއެކު ކަންކަން ކުރަމުންދާ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އެއާޕޯޓުން އޭނާ އައިއިރު، ކޮންޓެކްވި ކަމަށް ބެލެވޭ މީހުންގެ ކަންކަންވެސް ބަލަމުން އަންނަ ކަމަށް އޭނާ ބުނެފައި ވެއެވެ.

"އަހަރެން އެއާޕޯޓުގައިވެސް ސްކޭން ކުރި މީގެ 10 ދުވަސް ކުރިން އެނބުރި ގެއަށް އައިއިރު، އަހަރެން ބޮޑަށް ބަލިވާން ފެށީ މީގެ 4 ދުވަސް ކުރިން". އޭނާ ބުނެފައި ވެއެވެ.

އޭނާ ވަނީ އެހެން މީހުންވެސް ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިއްޖެ ނަމަ ޓެސްޓުތައް ހެދުމަށް އެދިފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް އޭނާ ބުނެފައި ވެއެވެ.

އިންޑިއާއިން މިހާތަނަށް 206 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޭޢަހަރެން?

    ތިނޫނަސް ކިތަންމެ ބަޔަކު ފައްސިވެ ނައްސިވެ، އައްސިވެ ހިނގައްޖެ...