މިހާރު މުޅި ދުނިޔެއަށް ބިރުވެރިކަން ވެރިވެފައިވާ ކޮވިޑް-19 އާ ގުޅިގެން ބަތަލާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގވެސް ތިބީ ގޭގައި "ކަރަންޓީން"ވެގެންނެވެ. ކޮވިޑް-19 އާ ގުޅިގެން މަސައްކަތުން ދުރުވެ، ދެ މީހުންވެސް އަމިއްލައަށް ގޭގައި ތިބިއިރު، ބޮލީވުޑް އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތެއް ކުރިއަށްނުދެއެވެ.

އެހެންވެ ރަންވީރު އާއި ދިޕިކާވެސް ތިބީ ގޭގައެވެ. އެ މީހުން ވަނީ ގޭގައި ތިބެގެން ނަގާފައިވާ ފޮޓޯތަކެއް މީސް މީޑިއާއަށް ލަފާއެވެ. އެގޮތުން ހިއްސާ ކުރި ފޮޓޯއިން ފެންނަނީ ދެ މީހުންވެސް ޗޮކްލެޓް ކެއުމުގައި ވަގުތު ހޭދަ ކުރާ ތަނެވެެ.

ދިޕިކާ އިންސްޓަގްރާމް ކުރި އެ ބޫމަރޭންގްއިން ފެންނަ ގޮތުގައި ދިޕިކާ އަތުގައި އޮތީ ޑާކް ޗޮކްލެޓެކެވެ. އަދި ރަންވީރުގެ ހިފައިގެން އިނީ ހެޒަލްނަޓް ހުރި ޗޮކްލެޓެކެވެ.

ދެމީހުންވެސް ދައްކައިދެނީ މި ދުވަސްކޮޅު ބޭރަށް ދިއުމަކީ ބުއްދިވެރި ނޫން ކަމެވެ. އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގޭގައި މަޑު ކުރުމަކީ ކޮންމެ މީހަކަށް ކުރެވިދާނެ ކަމެއް ކަމަށެވެ.

ދިޕިކާ އާއި ރަންވީރުގެ ބޮލީވުޑްގެ މަސައްކަތްތަކަށް ބަލާއިރު، ދެ ތަރިން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސްޕޯޓްސް ޑްރާމާ 83 އިންނެވެ. އެ ފިލްމްގެ މަސައްކަތްތައް ވަނީ ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ދިވެހީން ނަށް ކޮންކަމެއްތަ. ވަހުޝީ މީހުންގެ ދިރިއުޅުން އަޅުގަނޑުމެން ކަހަލަ އިސްލާމީ މުޖުތަމަށް ބޭނުމެއް ނޫން

    147
    4
    • ޔސރ

      ބަރާބަރު ކޮމެންޓެއް.
      އެ މީހުންނަކީ މުޖުތަމަޢު ތަކަށް އެއްވެސް ރަނގަޅު ފައިދާއެއް ކޮށްދޭ ބައެއް ނޫން. ތިބުނީ ގޮތަށް ވަހުޝީ އެއްޗެހި ކުޅެ ވިއްކައިގެން ލާރި ހޯދައިގެން އެހެން މީހުންގެ ދުނިޔެއާ އާޚިރަތުގަ ގެއްލެނި ކުރުވަނީ.
      ކަމެއް ޖެހޭ އިރަށް މި ތިބެނީ ޢިލްމުގެ އަހުރުވެރިންނާ ޑޮކްޓަރުންނާ....

      46
      2
  2. ފާތުމަތު

    މިވެސް ދެން ހަބަރެއް ތަ؟
    އެމީހުން ކޮންމެ އެއްޗެއް ކެޔަސް ކީއްތަ؟

    40
    2
  3. ގަމު ކުޑަކުއްޖާ

    މިވެސް ޚަބަރެއް؟

    4
    3
  4. ބޮޑު ހަސަންބެ

    ސަމާލުކަން ހޯދަންވެގެން ހަމަ.

    3
    1