ކޮވިޑް-19 އަކީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރުވެރިކަމެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 11200 އަށް ވުރެ ގިނަ މީހުން މިބަލީގައި މިހާރު މަރުވެއްޖެއެވެ. ބަލީގެ ނުރައްކާތެރިކަން ވިސްނައި ދިނުމަށް ފަހު، ސިއްހީ އެހީތެރިންދޭ ނަސޭހަތަކީ ގޭގައި މަޑުކުރާށެވެ. އަތް ދޮންނާށެވެ. ސިއްހީ ރަނގަޅު އާދަތަކުގައި ހިފާށެވެ.

ކޮވިޑް-19 ޖެހުނު އެތައް ބަޔަކު ވަނީ އެމީހުންނަށް ބަލި ޖެހުމުން ކުރެވުނު އިހްސާސްތައް މީޑިއާ އާއި ހިއްސާކޮށްފައެވެ. އޭގެ ތެރެއިން އެކަކީ އިނގިރޭސިވިލާތުގެ 39 އަހަރުގެ އަންހެނެއް ކަމަށްވާ ޓަރާ ޖޭން އެވެ. ދެކުދިންގެ މަންމައެއް ކަމަށްވާ ޓަރާ އަކީ ސިއްހަތު ރަނގަޅު މީހެކެވެ. ބަރާބަރަށް ޖިމަށް ގޮސް ކަސްރަތު ކުރަމުން އައި މީހެކެވެ. ނަމަވެސް ކޮވިޑް-19 އާއި އެކު އޭނާ ވެސް ވަރަށް ބޮޑަށް ބަލިވެއްޖެއެވެ.

ހޮސްޕިޓަލްގައި އޮވެ ނަގާފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ހިއްސާކޮށް ޓަރާ ވަނީ އޭނާގެ ހާލަތު ކިޔައިދީފައެވެ. ޓަރާ ބުނާ ގޮތުގައި އޭނާ ނޭވާލާއިރު ހީވަނީ ފުއްޕާމޭގައި "ބިއްލޫރި ގަނޑެއް" އިންނަހެނެވެ.

ގާތް އެކުވެރިން ވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ނަސޭހަތް ދިނުމުގެ ގޮތުން ޓަރާ އާއްމުކުރި ވީޑިއޯ އިން އެނގޭ ގޮތުގައި އޭނާ ކެއްސާވަރުން ވާހަކަ ކުރިއަށް ގެންދަން ވެސް އުނދަގޫ ވެއެވެ.

"ކޮންމެ ނޭވާއެއް ލުމަކީ ހަނގުރާމައެއް ކުރުން ފަދަ ކަމެއް." ޓަރާ ބުންޏެވެ.

ޓަރާ އަށް ފުރަތަމަ ކޮންމެ ދުވަހަކު ހަ ލީޓަރުގެ އޮކްސިޖަން ދެމުން ގެންދިޔައެވެ. ނަމަވެސް މިހާރު އޭނާ އަށް ބޭނުން ވަނީ ދުވާލަކު އެއް ލީޓަރުގެ އޮކްސިޖަންއެވެ. މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮބާ

    ކޮބާ ވީޑިއޯ

    34
    2
    • ބޮންދު

      ވީޑިއޯ ނެތީ ވައްތަރު ހުންނަނީ، މައްސަލަ ހުންނަނީ.. ބިރުގަންނަނީ ހުންނަނީ، އެހެންވީމަ ވީޑިއޯ ނުދައްކަނީ ވައްތަރު ހުންނަނީ

      10
      3
  2. ފާ

    ކޮބާ

    13
    2
  3. ޝީޝާ ބްލޭޑު

    ވީޑިއޯ އިން ފެންނަނީ ސައިކަލެއް

    13
    1
  4. ?

    ކޮބާ ވީޑިއޯ

    7
    3
  5. ވައްޑޭ

    ތިވިދާޅުވި ވީޑިއޯ ކޮބައިތޯ ނުފެނުނު ފެނުނީ ފޮޓޯ

    8
    1
  6. މަލާ

    ތަނަކުން އެއްޗެއް ފެންނަ އިރަށް ވާނެ މީގަ ޖަހަން. ނޯންނާނެ ބެލުމެއް ހަގީގަތެއް ތޯ ވެސް. ތިއޮތީ ނޫސް ވެރިކަން ކުރެވިފަ ކަލޭ މެންނަށް!!!

    11
    2
  7. ސޮސް

    ބިއްލޫރިގަނޑެއް ނޫން ފުޅިތޮށި ގަނޑެއް