ދުނިޔެއަށް މިވަގުތު އޮތް އެންމެ ބޮޑު ނުރައްކަލަކީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ގެއްލުންދެނިވި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އެވެ. މި ވައިރަސް އަކީ ދާދި ފަހުން، އަލަށް ދުނިޔެއިން ފެނުނު ވައިރަސް އަކަށް ވުމުންނާއި، ވައިރަސް އާއި ގުޅޭ މާގިނަ ހޯދުންތައް ކުރިން ހޯދިފައި ނެތުމުން އެކަމުގެ ނުރައްކާ ވަނީ ދެގުނަ ވެގެން ގޮސްފައެވެ.

ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށް، ތަޖުރިބާކާރުންނާއި ސައިންސްވެރިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އަބޫދާބީގެ މާހިރުން ކުރިޔަށްގެންދިޔަ ދިރާސާއަކުން މިވަނީ މި ވައިރަސްގެ ނުރައްކާ ހާމަވާ އިތުރު ކަމެއް އެނގިގެން ގޮސްފައެވެ. އެ ދިރާސާ އިން ދައްކާ ގޮތުގައި، ކޮވިޑް-19 އިން އިންފެކްޓުވެފައި ހުރި ތަނެއްގައި ދެ އަހަރު ދުވަހުގެ މުއްދަތަކަށްވެސް ވައިރަސްގެ އަސަރު ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

އަބޫދާބީގެ ކޭވްލޭންޑް ކްލިނިކްގެ ތަޖުރިބާކާރުން ކުރިޔަށްގެންދިޔަ މި ދިރާސާގެ ތަޖުރިބާކާރުން ބުނެފައިވަނީ، ގަދަ ފިނިހޫނުމިންތަކުގައި ވައިރަސް ނެތިދާ ކަމަށް ބުނެވޭ ވާހަކައިގައި ހަޤީޤަތެއް ނެތްކަން މި ދިރާސާ އިން އެނގިފައިވާ ކަމަށެވެ. އެގޮތުން ފްރިޖްތަކުގެ ގަނޑުކުރާ ބައިގައިވެސް މި ވައިރަސް ދެ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ދިރި އުޅުމުގެ ޤާބިލްކަން ލިބިފައިވާކަން ދިރާސާއިން ހާމަވާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ކޮވިޑް-19 ފެތުރެނީ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށެވެ. އަދި ވައިރަސް ޖެހިފައިވާ މީހެއްގެ ފަރާތުން އިންފެކްޓުވެފައިވާ ތަނެއްގައި ޖެހިގެންވެސް އެހެން މީހަކަށް މި ވައިރަސް ޖެހުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންކަމުން އާންމުކޮށް ބޭނުންކުރާ ފްރިޖް ފަދަ ތަކެއްޗާއި، އޭގެތެރޭގައި ރައްކާކޮށްފައި ހުންނަ އެއްޗެހީގައިވެސް ބަލި ހުރި މީހަކަށް އަތްލެވި އިންފެކްޓުވެފައި ވާނަމަ، އެތައް ދުވަހެއް ފަހުންވެސް އެ ވައިރަސް އެހެން މީހަކަށް ޖެހުމުގެ ފުރުސަތު އޮންނާނެއެވެ.

އަބޫދާބީގެ ތަޖުރިބާކާރުން ކުރިޔަށްގެންދިޔަ ދިރާސާ އިން އެނގޭ ގޮތުގައި، ކޮވިޑް-19 އަށް މަގުފަހިކުރާ ވައިރަސް، މައިނަސް 20 ޑިގްރީ ސެލްޝިއަސް ގައި ވެސް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހުރެދާނެއެވެ.

އެހެންކަމުން އެންމެ ރައްކާތެރި ގޮތަކީ، ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކުން އާންމުކޮށް އެހެން މީހުންވެސް ބޭނުންކުރާ ފްރިޖް ފަދަ އެއްޗެހީގައި އަތްނުލުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނާއްޕެ

    އެހެންވީމަ ވަރަށް ސާފު ތިޔައީ ބައޮލޮޖިކަލް ހަތިޔާރެއްކަން ?

    42
    5
    • ކޮމެންޓު

      ކޮންގޮތަކުން ސާފުވީ

      9
      5
      • ކޮމެންޓްގެކާފަ

        އެއީ އައިސިސް ޖާހިލުންނަށް ކަންތައްސާފުވާ ގޮތަކީ

        5
        1
  2. ކޮމެންޓު

    ކޮންމެ އެއްޗެކޭ ކިޔާފަ ދިރާސާ އޭ ބުނިއަސް ގަބޫލު ކުރާކަށް ނުޖެހޭ. އަދި ތިޔަކަންކަން އިންސާނުންނަކަށް ނޭންގޭ

    14
    4
  3. ނަމަ

    އެހެންވީރު ކަރަންޓީނު ކޮށްފަ ޕޮސިޓިއުވާ މީހުން ތިބި ތަންތަނަން 02 އަހަރު ނުވަނީސް އެހެން މީހުން ލީމަ ކަމުދާނެބާ؟

    20
    1
  4. ކެންދޫ

    ގާސިމޫ ރިސޯޓްތައް ހަފުސް......