މަގްބޫލް ރިއަލިޓީ ޓީވީ ޝޯ "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަން" އިން އާއްމުންގެ މަޤްބޫލުކަން ހޯދާފައިވާ ކްލޯއި ކާޑޭޝިއަން، ކޮވިޑް 19 އާއި ގުޅިގެން ކަރަންޓީންވީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޓްރިސްޓަން ތޮމްޕްސޮން އާއި އެކުގައިކަން އޭނާ ހާމަކޮށްފިއެވެ.

މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކުރީގެ ލޯބިވެރިޔާ ޓްރިސްޓަން އާއި އެކު ކްލޯއި ކަރަންޓީންވީ އެ ދެ މީހުންގެ ދަރިފުޅުން ޓްރޫ އާއި އެކު އެ ދެ މީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާތީ އާއި، ކޮވިޑް 19 އާއި ގުޅިގެން ގޭގައި ބަންދުވެފައި ތިބޭނީ ކިހާދުވަހަަކަށް ކަން ނޭނގޭތީ ދަރިފުޅާއި އޭނާގެ ބައްޕަ އާއި ބައްދަލު ނުވެ ތިބެން މަޖުބޫރުވާން ބޭނުން ނުވާތީއެވެ.

ކެލިފޯނިއާގައި މީހުން ގޭގައި ތިބުމަށް ކަމާއި ބެހޭ ފަރާތްތަކުން އެންގުމާއި ގުޅިގެން ކޭޑޭޝިއަން އާއިލާގެ ގިނަ މީހުން ކަރަންޓީނުވީ އެ މީހުން ދިރިއުޅޭ ވަކިވަކި ތަންތަނުގައެވެ. އެހެންނަމަވެސް ޝޫޓިން ތަކަށް މައި ގެއަށް އެ މީހުން އެއްވެއެވެ.

ކްލޯއި އޭނާގެ ކުރީގެ ލޯބިވެރިޔާ އާއި މީގެ ކުރިން މާބޮޑު ގުޅުމެއް ނުބޭއްވި ނަމަވެސް ފަހަކަށް އައިސް އެ ދެ މީހުން އެކުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއެވެ.

އަދި މިހާރު ދިމާވެގެން އުޅޭ ކޮވިޑް 19އިގެ ބަލިމަޑުކަމުގެ ހާލަތުގައިވެސް އެކަކު އަނެކަކަށް އެހީތެރިވެ، އެކުގައި ތިބުމުގެ މުހިއްމުކަން އިހުސާސްވެގެން ދެ މީހުން އެއްތަނެއްގައި ތިބެން ނިންމީވެސް ދެ މީހުން މަޝްވަރާކޮށްގެން ކަމަށްވެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކްލޯއިގެ އާއިލާއިން ވެސް ބޭނުން ވަނީ ޓްރިސްޓެން އާއި ކްލޯއި އަލުން ގުޅިގެން ދަރިފުޅަށްޓަކާ ރަނގަޅު ދިރިއުޅުމެއް އުޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަން

    ކުރީގެ ލޯބިވެރިއާއާއެކު އޯ؟ ކޮންފަދަ ފާހިޝް ކަމެއްތޯ؟

    12
  2. ޙުސެއިން

    ކުރީގެ ލޯބިވެރިއާއާއެކު ކަރަންޓީނޭ؟ ދައްކާ ވާހަކަ...

    10