ކޮވިޑް-19 އާ ގުޅިގެން މުޅި ބޮލީވުޑްވެސް އޮތީ ހުއްޓުމަކަށް އައިސްފައެވެ. ނަމަވެސް އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން ވަކި ވަކި ތަރިންނަށް އަމާޒުވަމުންދެއެވެ. އެގޮތުން މި އަހަރު ތެރޭގައި ކައިވެނި ކުރާނެ ކަމަށް އަޑު ފެތުރެން ފަށާފައިވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރް ބްރޭކްއަޕްވިކަމަށް ބުނެ ހަބަރުތަކެއް ދަނީ ފެތުރެމުންނެވެ.

އެ ހަބަރުތަކާއި ގުޅޭގޮތުން އާލިއާ އާއި ރަންބީރު ވަކި އެއްޗެއް ބުނެފައެއް ނުވެެއެވެ.

ނަމަވެސް އާލިއާ ވަނީ ފޮޓޯއެއް މެދުވެރިކޮށް އޭނާއާއި ރަންބީރު ބްރޭކްއަޕް ނޫންކަން ކަށަވަރުކޮށްދީފައެވެ. އާލިއާ ހިއްސާކުރި ފޮޓޯއިން ފެންނަނީ ބެލްކަނީގައި ހުރެގެން އިރުއޮއްސޭ މަންޒަރަށް ބަލަހައްޓައިގެން ހުންނަ މަންޒަރެވެ.

https://www.instagram.com/p/B99X60mlLED/?utm_source=ig_embed

ގިނަބަޔަކަށް އޭގައި ލިޔެފައިވާ ކެޕްޝަންވެސް ލޮލުގައި އަޅައިގަތެވެ. އެ ފޮޓޯގެ ކެމްޝަންގައި ލިޔެފައި ވަނީ، ގޭގައި ތިބުމަށް ނަސޭހަތްތެރިވެފައެވެ. އޭގައި ދެން ލިޔެފައި ވަނީ ފޮޓޯ ނަގައިދީފައި ވަނީ އޭނާގެ ފޭވަރޭޓް ފޮޓޯގްރާފާ ރަންބީރު ކަޕޫރް ކަމަށެވެ.

އާލިއާގެ އެ ފޮޓޯއަށް އާލިއާގެ ދައްތަވެސް ކޮމެންޓް ކުރިއެވެ. އޭގައި ޝަހީން ބަޓް ބުނެފައި ވަނީ، ރަންބީރު ހަޑި ފޮޓޯތައް ނަގަނީ އެހެން މީހުންގެ ކަމަށެވެ.

އަދި ރަންބީރުގެ މަންމަ ނީތު ކަޕޫރް ވެސް ވަނީ އެ ފޮޓޯއަށް ހާޓް އެމޯޖީއެއް ކޮމެންޓްކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަމީ

    ތި ރަންބީރު ތީ ޕްލޭޔާ އެކޭ ބުންޔަސް ހެޔުވެދާނެ

    7
    1
  2. ބިގަރު

    ކަލޭ މެން ދުނިޔޭގަ މިއޮތް ހާލަތުގައި ވެސް ލިޔަން ފެންނަ ހަބަރަކީ މިއީތަ؟

    9
    2
  3. އޮއް ޕްލީޒް

    ނޮޓް އިންޓަރެސްޓެޑް............

    9
    4
    • ހޫ

      އިންޓްރެސްޓް ނުހުންނަ ހަބަރަށް ތި ފިތަނީއޯ؟

      7
      5