އިންޑިއާގެ ހެލްތް މިނިސްޓަރ ކާލީނަރަން ސަރަފް ދަތުރުކޮށްފައި ދަމުން ކާރުން ފައިބާވަޑައިގެން މަގުމައްޗަށް ކުޑަކަމުދާން ހުއްޓައި ބަޔަކު ފޮޓޯ ނަގައި، އެ ފޮޓޯ ޢާންމުކޮށްލައިފިއެވެ.
މއަދު ރާޖަސްތާނުގައި ހިނގި މި ހާދިސާ އާއި ގުޅިގެން ވެރިކަންކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާއިރު، އެޤައުމުގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ އެކަމަށް މަޢާފަށް އެދުމަށް ސަރަފް އަށް ގޮވާލާފައެވެ.
"ސަރުކާރުން މަގުތައް ސާފުތާހިރު ކުރުމަށް ކަމަށް ބުނެ ކެމްޕޭނުތައް ކުރަމުންދާއިރު، ހެލްތް މިނިސްޓަރ ރާޖަސްތާނުގެ ޢާންމު މަގަކަށް ކުޑަކަމުދިޔަ ދިއުން ކުއްވެރިކުރަން. ސަރުކާރުން މިކަމާއި ލަދުގަންނަން ޖެހޭނެ. އަދި މިނިސްޓަރު އޭނާގެ ޢަމަލަށް މަޢާފަށް އެދެން ޖެހޭނެ،" އިންޑިއާގެ ކޮންގްރެސް ޕާޓީގެ ލީޑަރު ބުންޏެވެ.
އެ ޕާޓީން ބުނެފައިވަނީ، ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން ސަރަފް އެ ދެއްކެވީ ނުރަނގަޅު އަދި ލަދުވެތި މަންޒަރެއް ކަމަށެވެ. އަދި ޒިންމާދާރުކަން ކުޑަ އެ ޢަމަލުގެ ސަބަބުން މުޖުތަމަޢަށް ދޫވެގެންދާ މެސެޖުން، އިތުރަށް މުޖުތަމަޢު ހަލާކުވެގެންދާނެ ކަމަށް އެޕާޓީން ބުނެފައިވެއެވެ.
މިއީ އިންޑިއާގައި މިނިސްޓަރަކު ޢާންމު ތަނަކަށް ކުޑަކަމުދާން ހުއްޓައި ފޮޓޯ ނަގައި ޢާންމުކޮށްލި ދެވަނަ ފަހަރެވެ. މީގެ ކުރިން އެފަދަ ޢަމަލެއް ހިންގާފައިވަނީ، އެޤައުމުގެ އެގްރިކަލްޗަރ މިނިސްޓަރ ރާދާ މޯހަން ސިންހް އެވެ.
މިދިޔަ އަހަރު، ޢާންމު ތަނެއްގައި ހުރި ފާރެއްގެ ކައިރީ ހުންނަވައިގެން، ސަލާމަތީ ބާރުތަކުން ޙަރަކާތްތެރިވަމުން ދިޔަ ސަރަޙައްދެއްގައި ރާދާ މޯހަން ކުޑަކަމުދާން ހުއްޓައި ނަގައި ޢާންމު ކުރި އެ ފޮޓޯ އާއި ގުޅިގެންވެސް ގިނަ ބައެއްގެ ފާޑުކިއުން އެޤައުމުގެ ސަރުކާރަށް އަމާޒުވިއެވެ.
ޢަހަރެމެންގެ ކުރީގެ ވިޔާނުދާ ރައީސްވެސް ތިކަންކުރި
ދެހާޖަތުން ނުތާހިރު ބަޔެއްގެ ވާހަކަ ދެއްކުމަކީ މި ދިވެހި ރާއްޖެ އަށް އަރަން މިމީހުން ދައްކަފާނެ ހުއްޖަތްކަން ނުވާނެބާ؟
އަދިވެސް ތިމާމެންވަރު ބަޔަކު ނެތިގެން އެހެން ޤައުމުތަކާ ބެހެން ތެޅޭ
ގެރިވެސް މަގުމައްޗަށް އެކަންކުރަނީ، ގެރިފޮލޯކުރާބަޔަކު ތިކަންކުރުމަކުން މައްސަލަޔެއްނެތް!
ޙާހާހާ މިމީހުންގެ ހާލަތު..އަދި އެވެސް ހެލްތު މިނިސްޓަރ..