ކޮވިޑް-19 އާ ގުޅިގެން އެ ގައުމުގައި "ޖަންތާ ކާފިއު" އިއުލާނު ކުރުމާ ގުޅިގެން ރައްޔިތުން ބެލްކަނިތަކަށް ނިކުމެ ސިއްހީ ހިދުމަތްތެރިންއަށް ސާބަސް ދީފިއެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން އާންމުންގެެ ސަލާމަތާއި ރައްކާތެރި ކަމަށް ގިނަ ގައުމުތަކެއް ލޮކްޑައުންކޮށްފައި ވަނިކޮށް އިންޑިއާގެ ރައްޔިތުން ވަނީ ގޭގެ ބެލްކަނީގައި ތިބެ އަތް ޖަހައި، ބެރު ޖަހައި އިންޑިއާ އެ އަޑުން ގުގުމާލައިފައެވެ.

މި ހަރަކާތުގައި ބޮލީވުޑްގެ ތަރިންނާއި ޓީވީ ތަރިން އަދި އާންމުން ވަނީ ބައިވެރިވެފައެވެ. އެއް ބަޔަކު އަތް ޖަހަމުންދާއިރު އަނެއްބަޔަކު ސަންގުފުމެއެވެ.

https://www.instagram.com/p/B-CWD7KFh8M/?utm_source=ig_web_copy_link

އިންޑިއާގެ ބޮލީވުޑް އަދި ޓީވީ ތަރިން ބުނާގޮތުގައި އެމީހުން ބެލްކަނީތަކަށް ނިކުމެ އަތް ޖަހައި ބެރު ޖެހީ އަމިއްލަ ފުރާނަ އަތް މައްޗަށް ލައިގެން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރަމުންދާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

އެގޮތުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން އަދި ސަލާމަތީ ބާރުތަކުން ކުރަމުންދާ ބުރަ މަސައްކަތް އެމީހުން ފާހަގަކުރެއެވެ.

މި ކާފިއުގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ރަންވީރު ސިންގު، ދިޕިކާ ޕަޑުކޯން، އަމީތާބު ބައްޗަން އަދި އާއިލާ ގެ އިތުރުން ޓީވީ ތަރިން ސުރްބީ ޖޯތީ، އެރިކާ ފާނެންޑިސް، ރަޝްމީ ދޭސާގެ އިތުރުންވެސް ގިނަ ބަޔަކު ވަނީ ބައިވެރިވެ މީސްމީޑިއާގައި ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށްފައެވެ.

https://www.instagram.com/p/B-CRnUYJ8a_/?utm_source=ig_web_copy_link

އިންޑިއާގެ އިތުރުން ސްޕެއިންގެ މެޑްރިޑް އާއި ބާސެލޯނާ، ވެލެންސިއާ އަދި ޕެމްޕްލޯނާ ފަދަ ތަންތަނުގެ އާއްމުން ބެލްކަނީއަށް ނުކުމެ ސިއްހީ މަސައްކަތްތެރިންނަށް ހިތްވަރު ދޭ މަންޒަރު ފެންނަ ވީޑިއޯތައް، ފުލުފުލުގައި ވަނީ އާންމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ކޮޕީ ކެޓްސް

    16
    1
  2. އަހުމަދު

    އެހެން މީހަކަށް ނުފެންނަ ގޮތަށް ހުރެ އަތް ޖެހި ޔަސް ކޮންކަމެއް ވާނީ މީހުންނަށް އެހީވޭ ކަލޭމެން މިލިއަން އެއްކޮށްފައި ހުރި ފައިސާ ޚަރަދު ކުރޭ...

    18
    1
    • އަތަށް ގޮވީ

      އިންޑިއާގެ ބައެއް ސްޓޭޓް ތަކުގައި އެންމެން މަގުމައްޗަށް ނިކުމެ ލަވަކިޔާ ނަށާ ބެރުޖަހާ ހެދި.
      މިއީ އެމީހުން ޖަންތާ ކާފިއު އަށާއި ސިއްހީ ޚިދުމަތް ތެރިންނަށް ސަޕޯޓް ކުރި ގޮތް.. ހީ ހީ ހަލާކު.

  3. އަތަށް ގޮވީ

    އިންޑިއާގެ ބައެއް ސްޓޭޓް ތަކުގައި އެންމެން މަގުމައްޗަށް ނިކުމެ ލަވަކިޔާ ނަށާ ބެރުޖަހާ ހެދި.
    މިއީ އެމީހުން ޖަންތާ ކާފިއު އަށާއި ސިއްހީ ޚިދުމަތް ތެރިންނަށް ސަޕޯޓް ކުރި ގޮތް.. ހީ ހީ ހަލާކު.