ހިރުގަނޑު ފާރުވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިއީ ވަރަށް ވޭންބޮޑު ކަމެކެވެ. މިބައްޔައް ކިޔަނީ އެޕްތައުސް ސްޓޮމަޓިޓްސްއެވެ.

ގިނަ ފަހަރަށް މިގޮތަށް ދިމާވަނީ ތިމާގެ ނުތާހިރުކަމުގެ ސަބަބުންނެވެ. ބަލަންޖެހޭ ވަރަށް އަނގައިގެ ސާފުތާހިރުކަމަށް ބެލިފައިނުވުމުގެ ސަބަބުންނެވެ. ނަމަވެސް ބައެއް ފަހަރު ހިރުގަނޑު ހެފެމުގެ ސަބަބުންވެސް މިކަން ދިމާވެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ ބައެއް ވިޓަމިން ނުލިބުމުގެ ސަބަބުންވެސް މިކަން ދިމާވެއެވެ.

ހިރުގަނޑު ފާރުވުމުން ދެން ކުރާނީ ކީތް؟

ހިރުގަނޑު ފާރުވުމުން އެކަން ހައްލު ކުރުމަށް ވަރަށް ގިނަ ކަންތައްތައް ކުރެވިދާނެއެވެ. މީގެ ތެރޭގައި އަޔަން، ވިޓަމިން ބީ12، އަދި ވިޓަމިން ސީ އެކުލެވޭ ކާނާ ބޭނުން ކުރެވިދާނެއެވެ. ނަމަވެސް އަވަހަށް މިކަން ހައްލުކުރަން ބޭނުންނަމަ ތިރީގައި ލިސްޓް ކުރެވިފައިވާ ކަންތަކުން ކުރެ ކަމެއް ކޮށްލާށެވެ.

ކާށިފެން: ކާށިފެން ދުވާލަކު 3 ނުވަތަ 4 ފަރު ބޯށެވެ.
ލޮނުފެން: ތައްޓަކަށް 1/2 ސައިސަމުސާ އަޅާފައި ގިރާލާށެވެ. އަދި އެއިން އަނގަ ދޮންނާށެވެ.
ގަނދަކޯޅި ފަތް: ދެތިންފަތް ގަނދަކޯޅި ހުސްކޮށް ކާލާށެވެ. އަދި މިކަން ދުވާލު 3 ފަހަރު ތަކުރާރުކޮށްލާށެވެ.
މާމުއި އަދި ރީދޫ: މާމުއި ސަމުސާއަކަށް 1/4 ސައިސަމުސާ ރީދޫ އަޅާ، ރަނގަޅަށް ގަށައިލުމަށްފަހު އެބޯށެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލީ މާލެ

    ތިހެންވީމާ ދަތް އުގުޅަން ގެންގުޅޭ ބޭސް ބަދަލު ކޮށްލީމަ އަބަދުވެސް ރަގަޅުވޭ!

  2. މާމަ

    ފޮޓޯއަށް ބަލާފަ ހިރުގަނޑު އެއީ ކޮންތަނެއްކަން އޮޅިއްޖެ

    • މަރީ

      ހައްހައް. ލޮލް

  3. Anonymous

    ސުރުހީއާ ފޮޓޯ އަކާ ގުޅުމެއްނެތް

    3
    1
  4. ޚަބު

    ހިރުގަނޑު ނުހެފޭނެ ..ފޮޓޯއިން ފެންނަނީ
    ތުންފަތް ލިޔުނީ ހިރުގަނޑުގެ ވާހަކަ...

  5. ޟހމ

    ???ހހހހ

  6. ނުރަބޯ

    މިގޮތަށް ދިމާވީމާ ކޮންމެރެއަކުވެސް ނިދާގަޑީގައި އަނގަ ރަގަޅަށް ސާފު ކޮށްފަ ބޮންޖެލާ ކްރީމް އުނގުޅައިގެން ނިދާނީއެވެ. މުޅިން ފަސޭހަވަންދެން ތަކުރާރު ކުރަންވާނެ. ދުފާއެއްޗެތި (ސުޕާރީފަދަ) ކެއުމާ ދުރުވާންޖެހޭނެ. އިންޝާﷲ ވަރަށް އަވަހަށް ފަސޭހަވާނެ.

  7. ކާސިމު.

    ގޭހުގެ ސަބަބުންވެސް މިކަން ދިމާވޭ. ޔޯގަޓް ބޭނުން ކުރުމުން ވަރަށް ރަނގަޅުވޭ.