ބޮޑުބެރަކީ ދިވެހިންގެ މެދުގައި އެއްމެ މަގުބޫލް ސަގާފީ ކުޅިވަރޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ބޮޑުބެރުގެ ނަމާއި އެ އެއަޑު އިވުމުން ލޭ ކެކިގެންނުދާ ދިވެއްސަކު ނެތޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. އެހެން ކަމުން އެ ފޯރިގަދަ މަޖާކުޅިވަރަށް ނިމުމެއް އައުމަކީ އެއްވެސް ފަރުދަކު އެދޭނޭ ކަމެއް ނޫނެވެ.
ރާއްޖޭގައި ފަނޑުވަމުން ނިވެމުން ދިޔަ ބޮޑުބެރުގެ ސަގާފަތައް އިންގިލާބެއް ގެނެސްދިނީ ބޮޑުބެރުގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލްކުރާ މަޝްހޫރު ބޮޑުބެރު ގްރޫޕް ހަރުބީ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަން އެ ގްރޫޕުން ދަނީ ވަރަށް ރަނގަޅަށް ސާބިތުކޮށްދެމުންނެވެ. ބޮޑުބެރު ރަސްގެފާނުގެ ގޮތުގައި ހަރުބީގެ ނަން ބުނުން އެއީ އެހެން ގްރޫޕްތަކަށް ވެވޭ ބޭއިންސާފަކަށްވެސް ނުވާނެއެވެ.
ހަރުބީ އަކީ ބޮޑުބެރުގެ ރަސްގެފާނުގެ ގޮތުގައި ބަލައިގަންނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ޓީވީއެއްއިން ބޭއްވި ބޮޑުބެރު މުބާރާތްތަކުން ހަރުބީ ހޯދި ކާމިޔާބީތަކާއި ރަންވަނަތަކުގެ އިތުރުން ހިތާނީ ސީޒަންތަކާއި ކުލަގަދަ ޚަފްލާތަށް ފަޅުފިލުވާލަދޭ ބައިވެރިއަކަށް ހަރުބީ ވުމާއި ބޮޑުބެރުގެ ސަގާފަތް ދިރުވާ އާލާކުރަން އެ ގްރޫޕުން ކުރާ މަސައްކަތްތަކުގެ ސަބަބުންނެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދައްކުވައިދޭ އާދަޔާ ޚިލާފް ހަރަކާތްތަކުގެ ސަބަބުންނެވެ. ހަރުބީގެ ޖާދުލުގައި ޖެހި، އެ ގްރޫޕުގެ ޝޯވްއަކަށް އިންތިޒާރު ނުކުރާ މީހަކު މަދުވާނެއޭ ބުނެވޭ ވަރަށް އެ ގްރޫޕުންވަނީ ދިވެހިންގެ އިހުތިރާމާއި ލޯބި ހޯދާފައެވެ.
ރާއްޖޭގެ ރައްޔިތުންގެ މެދުގައި ހޯދި މަގުބޫލް ކަމަށްފަހު، މިހާރު ހަރުބީގެ ފަރާތުން ފެންނަން ފަށާފަައި ވަނީ މުޅިން ތަފާތު މަންޒަރުތަކެކެވެ. އެ ގްރޫޕުން ޖަހަމުންދާ ބޮޑުބެރުގެ ރާގުތަކާއި ކިޔަމުންދާ ދިވެހި ސަގާފީ ލަވަތަކުގެ އިތުރުން ނެށުންތެރި ގެންގުޅޭ ފަރި ހަރަކާތްތަކުގެ ޖާދުލުގައި ބޭރު ގައުމުތަކުގެ މީހުން ޖައްސުވާ މަންޒަރެވެ. މިސްރުގައި ކުރިއަށްދާ "އިންޓަނޭޝަނަލް ފެސްޓިވަލް ފޯރ ޑްރަމްސް އެންޑް ޓްރެޑިޝަނަލް އާރޓްސް" ގައި ބައިވެރިވެ މިސްރު ރައްޔިތުންނާއި އެ ފެސްޓިވަލުގައި ތަމްސީލް ކުރަމުންދާ އެހެން ގައުމުތަކުގެ ހިތްތައް ހަރުބީން ފަތަހަ ކުރަމުންދާ މަންޒަރެވެ. ސަގާފީ ގޮތުން ދިވެހިންގެ ހިތްތައް މިލްކްކުރި ފަދައިން ބޭރު ގައުމުތަކުގެ މީހުންވެސް ހަރުބީގެ ޖާދުލުގައި ޖައްސުވާ މަންޒަރެވެ.
އަހަރަކު އެއްފަހަރު މިސްރުގެ އިސްމައިލިއާގައި ބާއްވާ ސަގާފީ ކުޅިވަރާއި މިއުޒިކް ދައްކުވައިދޭ ފެސްޓިވަލުގައި ދުނިޔޭގެ އެކި ގައުމުތަކުގެ 20 ގުރޫޕަކުން ވަނީ ބައިވެރިވެފައެވެ. މި ފެސްޓިވަލުގައި ރާއްޖޭގެ އިތުރުން އަލްޖީރިއާ، ޖޯޑަން، ރަޝިއާ، ފަލަސްތީން، އިންޑޮނޭޝިއާ، ފަދަ ގައުމު ތަކުގެ ސަގާފީ ގުރޫޕުތަކުގެ އިތުރުން މިސްރުގެ އެކި ކަންކޮޅުތަކުން ގުރޫޕްތައް ވަނީ ބައިވެރިވެފައެވެ. އެހެން ނަމަވެސް މިހުރިހާ ގައުމުތަކެއްގެ ވެސް އަދި ފެސްޓިވަލް ބާއްވާ މިސްރު ރައްޔިތުންގެވެސް އެއްމެ ބޮޑު މަގުބޫލް ކަމަކާއި ތަރުހީބެއް ލިބެމުންދަނީ ގައުމީ ދިދައާއި އެކު ދިވެހި ސަގާފަތް ދިރުވަން މަސައްކަތް ކުރާ ރާއްޖޭގެ ބޮޑުބެރުގެ ރަސްގެފާނު ހަރުބީ އަށެވެ.
"ވަގުތަށް" މަޢުލޫމާތު ހިއްސާ ކުރަމުން ހަރުބީ ބޮޑުބެރު ގްރޫޕްގައި ހަރަކާތްތެރިވާ އިސް ފަރާތަކުން ބުނީ މިސްރުގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދުވަހެއްގައި ވެސް ކުރިއަށްގެންދާ ފެސްޓިވަލުގައި ހަރުބީ އަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ. އޭނާ ބުނީ، ފެސްޓިވަލުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން ވަރުބަލި ކަމެއް ނެތި އެއް ފެންވަރެއްގައި ރީތި ލަވަތަކެއް ހަރުބީން ގެނެސްދިނުމުން މިސްރުގެ ރައްޔިތުންނާއި އެހެން ގައުމުތަކުން ޒިޔާރަތް ކުރި ފަރާތްތަކުން ތިބެނީ ހައިރާންވެފައި ކަމަށެވެ.
ފެސްޓިވަލުގަ ލިބުނު ސަޕޯޓާގުޅޭ ގޮތުން ހަރުބީން ބުނީ "ފެސްޓިވަލަށް ގޮސް އުޅޭ ޕާކިސްތާން ގްރޫޕްގެ ފޭވަރިޓަކީ ހަރުބީ ކަމަށާއި ފެސްޓިވަލް އިންތިޒާމްކުރި ފަރާތައް ހަރުބީގެ ސަގާފީ ސޯލޯކޮޅުތައް ކަމުގޮސްގެން އެހެން މީހުންގެ އައިޓްމްތަކުގެ ތެރެއަށްވެސް އެ ސޯލޯކޮޅު ހިމަނާފައިވާ ކަމަށެވެ.
އޭނާ ބުނީ ފެސްޓިވަލް ރޭވިފައިވާ ގޮތުން ކޮންމެ ރެއަކުވެސް މިސްރުގެ އެކި ހިސާބުތަކަށް ގޮސް ޝޯވް ދީފައިވާ ކަމަށާއި، އެގޮތަށް ޝޯވް ދޭއިރު، ބޮޑުބެރުގެ އިތުރުން މިސްރުގެ އެކި ސިޓީތަކުގައި ސަގާފީ ގޮތުން ތަފާތު އައިޓަމްތައް ހުށަހަޅައިދީފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސަގާފީ މިއުޒިކާއި ނެށުންތައް ދައްކާލުމުގެ އިތުރުން ދިވެހި ދިދައާއެކު ރާއްޖެ ޕްރޮމޯޓްކުރަމުން އަންނަ ކަމަށެވެ.
މިއީ ރާއްޖެއިން ބޭރުގައި ހަރުބީ ތަމްސީލް ކުރާ 17 ވަނަ ފަހަރަށްވީއިރު، މީގެ ކުރިން ހަރުބީ ވަނީ ލަންޑަން، އިޓަލީ، ޖަރުމަން، ރަޝިއާ، ޑޫބާއީ، އެޖިބްޓް، މެލޭޝިއާ، ޗައިނާ، އިންޑިއާ އަދި ލަންކާފަދަ ގައުމުތަކުގައި ދިވެހި ސަގާފަތް ދިރުވާ އެގައުމުތަކުގެ ރައްޔިތުންގެ މަގުބޫލްކަން ހޯދާފައެވެ.
ހަރުބީ ބޮޑުބެރު ގުރޫޕް މިމަހުގެ 29 ވަނަ ދުވަހު އެނބުރި ރާއްޖެ އަންނާނީ މިސްރު ރައްޔިތުންގެ ފަރާތުން ލިބުނު ލޯތްބާއި އިހްތިރާމްގެ އިތުރުން ދިވެހިންގެ ނަމާއި ދިވެހިންގެ ސަގާފަތް ދިރުވަން ކުރާ މަސައްކަތުގައި ދިވެހި ގައުމީ ދިދަ ވިހުރާލެވި ކާމިޔާބު ދަތުރެއް ކުރެވުނީތީ ފަޚްރުވެރިވާ ހާލުގައެވެ. ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ހަރުބީން ކުރާ މަސައްކަތަށް ވަގުތު ޓީމްގެ ނަމުގައި ޝުކުރު ދަންނަވަމެވެ.
ފަތަހަ ގެ މާނަ އޮޅިއްޖެ....
ހަނގުރާމަޔަކުން ނަސްރު ހޯދާ ދިވެހިރާއްޖޭގެ ދަށައް މިސްރު ގެނައީކަމަށް އަޅުގަޑު ހީކުރީ
ބޮޑު ބެރު މަނާނޫންތަ އިސްލާމް ދީނުގަ؟؟؟ އެހެންވީމަ ހުރިހާ ދިވެހިންގެ ލޭ ނުކެކޭނެދޯ..
ތި ދޮގެއް. މަންދީރާގެ ބާނީ ރައްޒާގު މީތި ކޮޅައް ޖެހީ ގަވައިދުތަކާ އެއްޗެހި ހަދާ ޓީވީއެއްއިން ބޭއްވި ބޮޑުބެރު މުބާރާތައް އެންމެ އެހީތެރިވީ އޭނަ މި ދޮގެއްތޯ ބަލަން ގުޅާ
ރައްޒާގޭ. އާނ ތެދެއް ކޮނޑުމަތީ ގޮޅިއެއް ބެއިންދީވެސް ގަވާއިދުން.
ހަޖަމް ޕްލީޒް
ކޯޗެއް ހަޖަމް ކުރަންވީ. ކަމޯން ނުރަ. ކައޭ ހަޖަމްކުރޭ
މަށޭ އެބަކިޔާތަ؟
ކަލެއެކޭ ނުކިޔާ. މަޑުން އިނދޭ
ސަހީމު ތިޔަބޮޑުބެރު ގުރޫޕައް ވައްދާ