ރަޝިއާގައި ކޮވިޑް-19 ފެތުރެމުން އަންނާތީ އެގައުމުގެ ރައްޔިތުން ގޭގައި ބައިތިއްބަން އެގައުމުގެ ރައީސް ލަޑިމިއަރ ޕޫޓިން ސިންގާ މަގުމައްޗަށް ދޫ ކޮށްފައިވާ ހަބަރަކީ ދޮގު ހަބަރެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އިންޑިއާގެ ބޮޑު ނޫހެއް ކަމަށްވާ "އިންޑިއާ ޓުޑޭ" އިން ބުނެފައިވަނީ ރަޝިއާ ސަރުކާރުން 500 ސިންގާ މަގުމައްޗަށް ނެރެފައިވާ ކަމަށް ބުނެ ދައުރުވަމުން އަންނަ ފޮޓޯ އަކީ މީގެ ކުރިން 2016 ވަނަ އަހަރުގެ ފޮޓޯ އެއް ކަމަށެވެ.

"އެ ފޮޓޯ އަކީ 2016 ވަނަ އަހަރު ދެކުނު އެފްރިކާގެ ޖޮހެނަސްބާގު ގައި ނަގާފައިވާ ފޮޓޯއެއް. ރަޝިއާ ސަރުކާރުން ސިންގާތަކެއް މަގުމައްޗަށް ދުލެއް ނުކުރޭ" އިންޑިއާ ޓުޑޭގައި ބުނެފައިވެއެވެ.

އެ ނޫހުގައި ބުނެފައިވަނީ "ހިއުމާ ޓީވީ" އިން 800 ސިންގާ އާއި ޓައިގާ ދޫކޮށްފައިވާ ކަމަށް ބުނެ އާންމު ކޮށްފައިވާ ފޮޓޯ އަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ އެއް ކަމަށާއި މިފަދަ ދަނޑިވަޅެއްގައި އެފަދަ ދޮގު ހަބަރެއް ފެތުރުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

މި ފޮޓޯގެ ހަގީގަތް ނޭނގޭއިރު 18،000 އަށް ވުރެ ގިނަ މީހުން މިފޮޓޯ ޝެއާ ކޮށްފައިވާ ކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ މިފަދަ އަމަލުތައް ހުއްޓާލުމަށް އެކި ގައުމުތަކަށް ގޮވާލާފައެވެ.

މުޅި ދުނިޔެ ސިއްސުވާލި ކޮވިޑް-19 މިހާރު ވަނީ ދުނިޔޭގެ 192 ގައުމަކަށް ފެތުރިފައެވެ. މި ބަލި ޖެހުނު މީހުންގެ އަދަދު 3 ލައްކައަށްވުރެ ކުރީގައި އުޅޭއިރު ބަލި ޖެހިގެން މިހާތަނަށް 15،307 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަމާރު

    "ޓައިގާ" އަށް ދިވެހިބަހުން ކިޔަނީ "މިނިކާވަގު" ދޯ! :ޕ

    11
    1
    • ލޮއްލީ

      ނޫނޭ......ހިއުމަން އީޓިން ރޮބަރީ ބަލަާބަލަ....