ޖޭމްސް ބޮންޑް ފިލްމުން ފެނިގެން ދިޔަ ޔޫކްރޭން ތަރި އޮލްގާ ކުރީލެންކޯ ކޮވޮޑް-19 ޖެހިގެން ފަރުވާ ހޯދަމުން އަންނައިރު، އޭނާ އެ ބަލިން ރަނގަޅުވެއްޖެކަމަށް އޭނާ ވަނީ ބުނެފައެވެ.

އޮލްގާ ޖޭމްސް ބޮންޑުގެ 2008ގެ ފިލްމުގައި ފެނިގެން ދިޔައީ ޑެނިއަލް ކްރެއިގް އާއިއެކުގައެވެ.

އޭނާ އިންސްޓަގްރާމް މެދުވެރިކޮށް ކޮވިޑް-19 ބަލިން ރަނގަޅުވެފައިވާކަން ހާމަކޮށްފައިވާއިރު، އޭނާ އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަތާ ދެ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެދާނެއެވެ.

އޭނާ އެންމެ ފަހުން އިންސްޓަގްރާމް ކުރި ފޮޓޯއިން ފެންނަނީ އެ ބަލިން ރަނގަޅުވެ ދަރިފުޅާއެކު ވަގުތު ހޭދަކުރަމުންދާމަންޒަރެވެ.

އޮލްގާއަށް ކޮވިޑް-19 ޖެހުނު ފަހުން ދިމާވި ކަންކަމާއި ގުޅޭގޮތުން މައުލޫމާތުދެމުން އޭނާ ބުނެފައި ވަނީ އޭނާ މިހާރު ހާލު ރަނގަޅު ނަމަވެސް، މީގެ ކުރިން އޭނާ އުޅުނީ ވަރަށް ހާލުގައި ކަމަށެވެ. އެގޮތުން ބޮލުގައި ވަރަށްބޮޑަށް ރިއްސާ ހުން އައި ކަމަށާއި، އެހެންވެ އޮންނަން ޖެހުނީ އެނދުގައި ކަމަށް އޭނާ ބުންޏެވެ. އަދި އަބަދު ވަރުބަލި ވެފައި އޭނާ ހުންނައިރު، ފަހުން އުޅެން ޖެހުނީ އަބަދު ކެއްސާތީ ކަމަށް އޭޏާ ބުނެފައި ވެއެވެ.

އޭނާ މިހާރު ހާލު ރަނގަޅެވެ.

އޭނާއަށް ކޮވިޑް-19 ޖެހުނު ގޮތް އޭނާއަށް ނޭނގެއެވެ. އޭނާ ގޭގައި އޮއްވާ ބަލިވެގެން ހޮސްޕިޓަލަށް ގުޅައިގެން ދިއުމުން ހެދި ޓެސްޓުތަކުން ކޮވިޑް-19 އަށް ފައްސި ވި ކަން އެނގުނީއެވެ.

އޭނާ ފެނިގެން ދިޔަ ބައެއް އެހެން ފިލްމްތަކަށް ބަލާއިރު، ކުއަންޓަމް އޮފް ސޮލޭސް، އޮބްލިވަން، ޖޯނީ އެންގްލިޝް ސްޓްރައިކްސް އެގެއިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު