ބޮލީވުޑްގެ ކާމިޔާބު އަދި އިންޑިއާ ޑްރާމާތަކުގެ ތަރިން ވަނީ އިއްޔެ އިންޑިއާ ސަރުކާރުން 21 ދުވަހުގެ މުއްދަތަށް ފުރަބަންދު ކުރުމަށް ތާއީދުކޮށް އާންމުން ގޭގައި މަޑުކުރުމަށް ގޮވާލައިފައެވެ.

ޓީވީ ތަރި ސިދާތު ޝުކުލާ، ހީނާ ޚާން، ނަކުލް މެހެތާގެ އިތުރުން ގިނަ ތަރިން ވަނީ އިންޑިއާ ސަރުކާރުގެ ނިންމުމަށް ތާއިދުކޮށް މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައި މަޑުކުރުމަށް އެދިފައެވެ.

އިންޑިއާގައި މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު 10 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

އެގޮތުން އިއްޔެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ދަނޑިވަޅުގައި އާންމުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އިންޑިއާ ސަރުކާރުން އަންނަނީ މީހުން މި ބައްޔަށް އަހުލުވެރިކުރުމުގެ ގޮތުން ގިނަ މައުލޫމަތުތަކެއް ފޯރުކޮށްދެމުންނެވެ.

ކޮވިޑް-19: އިންޑިއާގެ ރައްޔިތުން ބެލްކަނީތަކަށް ނުކުމެ، ސިއްހީ ހިދުމަތްތެރިންނަށް ސާބަސް ދީފި

އެ ގައުމު ފުރަބަންދު ކުރި ނަމަވެސް ޒަރޫރީ އެއްޗެހި އިންޑިއާ ސަރުކާރުން ބަރާބަރަށް ފޯރިކޮށްދޭނެ ކަމަށްވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެ ގައުމުގައި "ޖަންތާ ކާފިއު" އިއުލާނު ކުރުމާ ގުޅިގެން ރައްޔިތުން ބެލްކަނިތަކަށް ނިކުމެ ސިއްހީ ހިދުމަތްތެރިންނަށް ވަނީ ސާބަސްދީފައެވެ. މިކަމުގައި ބޮލީވުޑްގެ ބައެއް ފިލްމީ ތަރިން ވެސް ބައިވެރިވެފައިވެއެވެ.

ހިނާ ޚާން، ނަކުލް މެހެތާ، ސިދާތު ޝުކުލާ، ޝުރްބީ ޖޯތީ، އިގްބާލް ޚާން، ކާރްތިކް އާރްޔަން، އަނުޝްކާ ޝަރުމާ ވަނީ މިކަން ސީރިއަސްކޮށް ނަގާ ސަރުކާރުގެ ނިންމުންތަަކަށް އެއްބާރުލުންދީ ފަރުދީ ޒިންމާއަދާކުރުމަށާއި އަމިއްލަ މީހާއާއި އެހެންމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގޭގައި ތިބުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަބުރު😷

    އޭ ކޮރޯނާ! ދޭ ދޭ ދޭ އޭ ކޮރޯނާ ކަލެއާހެދި ސިކުނޑި މޮޔަވެއްޖޭ ހަލާކުވެއްޖޭ ކީއްކުރަންހޭ ކަލޭ އުފެދުނީ!؟؟ މީހުން މަރަމުން ތި ދުވަނީ ކަލޭ ތި އައިތާކަށް ދާންއުޅޭށޭ !!! ދޭ ކޮރޯނާ ދޭ ވޫހާންގެ މާރުކޭޓަށް ވަދެ ފިލާ ދޭ!! ބަލަ ކަލޭގެ ކަންފަތް ކޮބާހޭ!!!! ކަންފަތަށް އަޑުއިވޭހޭ!؟ ދާންއުޅޭށޭ!! ވަރުގަދަވެއްޖެ ކަމެކޭތީ! 📢🎤🎷🎺🥁🥁ދޭ ދޭ ދޭ

    3
    12
    • ބަބުރަށް

      އަޅެ ހާދަ މަޖަލޭ

    • އޭނަ

      މިކަހަލަ ކޮމެންޓް ވާނެޖަހަން.