ހިތަދޫ ފުއްޓަރު ފަރާތަށް ދެ ކުދިން ގެއްލުނު ހިތާމަވެރި ހާދިސާއަށް ތިން ދުވަސްވެގެން ދިޔައީއެވެ. އެ ހާދިސާ ހިނގި ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ހުއްޓުމެއް ނެތި، އެ ކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ސަރުކާރުގެ މުވައްސަސާތަކުގެ އިތުރުން ޢާންމު ފަރުދުން ގުޅިގެން ކުރިއަށްގެންދާއިރު، އެ މަސައްކަތް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

އެދުވަހުގެ ހާދިސާ ހިނގައިދިޔަގޮތް "ވަގުތު" އާއި ޙިއްސާކުރަމުން ސަލާމަތްވި ހިތަދޫ ބްލޫގޭ، އަލީ ރާއިފް ބުނީ، ދެން އެފަދަ ދުވަހެއް ފެންނާން އޭނާ ނޭދޭކަމަށެވެ. އެދުވަހު ކަންތައް ވެގެންދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށް ކަމަށް އޭނާ ބުންޏެވެ.

ރާއިފް އާއި އޭނާގެ އެކުވެރިން، ހޮނިހިރު ދުވަހު ހެނދުނު "މައިލޯ ދަނޑަށް" ކުޅެން ދިއުމަށްފަހު، ކުޅުން ނިންމާލީ 10:30 ހާއިރެވެ. ވަރުބަލިވެފައިވުމާއި އެކު، ހިތްހަމަޖައްސާލައި ފިނިކޮށްލުމުގެ ބޭނުމުގައި މޫދަށްދާން ނިންމީ ރާއިފްގެ އިތުރުން އޭނާގެ އެކުވެރިން ކަމުގައިވާ ޗަނބޭލީގޭ، އަލީ ފަހުމީ އާއި ޓޮޕާޒް، މަޔާމީން އަލީއެވެ. ނަމަވެސް އެދުވަހު ކަންތައް ހިނގައިދިޔައީ ހީކުރިގޮތާއި ޚިލާފަށް، ނުފިލާނެފަދަ ހިތި ހަނދާންތަކެއް ހިތުގައި ހަރުލައްވަމުންނެވެ.

އުމުރުން 16 އަހަރުގެ ރާއިފް ކިޔައިދިންގޮތުގައި، ދެ އެކުވެރިންނާއި އެކު އޭނާ މޫދަށް ދިޔައިރު ގާތްގަނޑަކަށް 11:30 ހާއިރު ވެދާނެ ކަމަށެވެ. އަދި ހިތަދޫ "ފުނަ ވައު" އާއި ދިމާލުން ފުއްޓަރު ފަރާތު މޫދަށް ފައިބައިގެން ދިޔަ ވަގުތުގައި މޫދު އޮތީ އެކީގައި ހެން ހިކިފައިކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ތިން އެކުވެރިންވެސް މޫދަށް އެރިގެންގޮސް ތިބީ ފުން ސަރަޙައްދާއި ކައިރީގައި، ފަރު ނިމޭ ހިސާބުގައެވެ. މި ހިސާބަކީ ޢާންމުކޮށްވެސް ރާޅުތައް ނަގާ ސަރަޙައްދެއް ކަމުގައިވާއިރު، ކުއްލިއަކަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ހިލަމެއް އޭރު ނުވެއެވެ.

ރާއިފް ކިޔައިދިންގޮތުގައި، އޭނާއާއި މަޔާމީންގެ އިތުރުން އަލީ އެތަނުގައި ތިބޭތާ ގާތްގަނޑަކަށް 30 މިނެޓެއްހައި އިރުވީފަހުން ހުރިހައިކަމެއް ބަދަލުވެގެންދިޔައީ ކުއްލިއަކަށެވެ. އެގޮތުން ރީތިކަމާއި އެކު މަޑުކޮށް އޮތް މޫދު ގަދަ ކަނޑަކަށް ބަދަލުވެ ބިޔަ ރާޅުތަކެއް ނަގަންފަށައި، އެވަގުތުގެ ހަމަޖެހުމާއި އުފާވެރިކަން ނަގާލީކަމަށް އޭނާ ބުނެއެވެ.

"ވަރަށް ބައިވަރު ރާޅުތައް ނެގި. ފުރަތަމަ ރާޅުންވެސް އެނގުނު ކަނޑު ގަދަވެއްޖެކަން. ދެން ނެގި ރާޅުތަކުގައި އެކި މީހުން އެކި ތަންތަނަށް ބެހިގެންދިޔައީ،" ރާއިފް ބުންޏެވެ.

އެ ބިރުވެރި ވަގުތު ހިނގައިދިޔަގޮތް ސިފަކޮށްދެމުން ރާއިފް ބުނީ، ރާޅުތަކާއިއެކު އޭނާ އަޑިއަށްދިޔަ ކަމަށާއި ނަމަވެސް މައްޗަށް އެރި ވަގުތުގައި އެކުވެރިން ތިބިތޯ ބަލައިލެވުނު ކަމަށެވެ. ނަމަވެސް އޭރު މަޔާމީން ފެންނާން ނެތުމުން އޭނާކޮބައިތޯ ބަލައި އެހީތެރިވުމަށް އެނބުރި ދިޔަކަމަށް އޭނާ ބުންޏެވެ. ރާއިފް ބުނިގޮތުގައި މަޔާމީން ހޯދަން އެނބުރި ދިޔައީ އޭނާއާއި ތަންކޮޅެއް ދުރުގައި އެވަގުތު އޮތް އަލީއާއިވެސް އެކުގައެވެ.

ރާއިފް ބުނިގޮތުގައި، އެއްގަމަށް ދާން މިސްރާބު ޖެހި ވަގުތުވެސް، އޮއިބާރުވުމުން ކުރިއަށްދާން އުނދަގޫވި ކަމަށެވެ. ނަމަވެސް އޭރު އޭނާއާއި އެކު ސަލާމަތްވާން މަސައްކަތްކުރަމުންދިޔަ އަލީ ދިޔައީ ހިއްވަރު ދެމުން ކަމަށް ރާއިފް ބުންޏެވެ. އަލީގެ އެންމެ ފަހު ބަސްތަކަކީ އެއީ ކަމަށާއި، އެއްގަމާއި ހަމައަށް ދެވޭނެ ކަމަށް އޭނާ އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ތަކުރާރުކޮށް ބުނެ ހިއްވަރުދެމުންދިޔަ ކަމަށް ރާއިފް ބުންޏެވެ.

"ފުރަތަމަ ރާޅު ނެގުމުންވެސް އަވަހަށް ދާން ހިނގާށޭ ކިޔާފައި އަޅުގަނޑުމެން ތިން މީހުންވެސް އެއްގަމަށް މިސްބާރު ޖެހިން. އެކަމަކު އޮއިބާރުވެ ކުއްލިއަކަށް ކަނޑު ގަދަވެފައިވުމުން ކުރިއަށް ދެވޭގޮތެއްނުވެ ހައްތަހާ ދިޔައީ ބޭރުވަމުން. އެވަގުތު މަޔާމީން އާއި އަލީ އަޅުގަނޑުގެ ފަހަތުގައި ތިބި. އަލީ ބުނި ކުރިއަށްދާށޭ ދެވޭނެއޭ! ދެވޭނެއޭ!،" ރާއިފް ކިޔައިދިނެވެ.

ރާއިފް ބުނިގޮތުގައި އަލީ އެވަގުތު އޮތީ ވަރަށް ފަހަތުގައި ކަމަށާއި، އެހެނަސް އޭނާގެ އެ ބަސްތަކާއި އެކު އެންމެނަށްވެސް އިތުރު ހިއްވަރެއް ލިބިގެންދިޔަ ކަމަށެވެ. ނަމަވެސް އާދަޔާއި ޚިލާފަށް ކަނޑު ގަދަވުމުން ރާޅުތަކުގެ ތެރެއިން ކުރިއަށް ނުދެވި ގަލުގައި ތެޅެމުން އެތައް އަނިޔާއެއް ލިބި "މަރުވާހެން ހީވި" ކަމަށް ރާއިފް ބުންޏެވެ.

"އެވަގުތު ހީވީ މި މަރުވަނީއޭ. އެކަމަކު ހިއްވަރު އެލުވައެއް ނުލަން. މަޔާމީން ފެންނާން ނެތުމުން އަނބުރާ އޭނާ ހޯދަން ދިޔައިއން،" ރާއިފް ބުންޏެވެ.

އޮއިބާރު އެވަގުތުގައި ނެގި އިތުރު ރާޅުތަކެއްގައި ފަރުމައްޗަށް ރާޅުކަތާއިއެކު ޖަހާލުމުން އަޑިއަށްގޮސް ގާތަކުގައި ޖެހި ވާނުވާ ނޭނގޭ ހިސާބަށް ރާއިފް ގޮސްވައިވަނިކޮށް، "މީހެއްގެ" އަތުގައި ހިފުނުކަމަށް އޭނާ ބުންޏެވެ. އެއީ ހިތަދޫ ބޭރުމަތި އަވަށު ބުލޫ ރޯޒް، ހަސަން ދީދީއެވެ.

ހަސަން ދީދީ ބުނެފައިވަނީ، އޭނާއަށް ރާއިފްގެ އިތުރުންވެސް އެ ސަރަޙައްދުން ބެހިގެންދިޔަ ދެކުދިންގެ ތެރެއިން އިތުރު ކުއްޖަކު ކައިރިން ފެނުނުކަމަށެވެ. ނަމަވެސް އެހީގެ އަތެއް ދިއްކޮށްލި އެވަގުތު ކަނޑުގެ ރާޅުތައް ބޮޑުވެ އޮއި ބާރުވުމުން ކުއްޖާގެ އަތުގައި ނުހިފި، އިތުރަށް ދުރަށް ދިޔައީކަމަށް އޭނާ ބުނެއެވެ. އެވަގުތު ހަސަން ދީދީގެ އެހީތެރިކަން ލިބި އޭނާ އާއި އެކުގައި ހުރި ރާއިފް، ވަރުބަލިވުމާއި އެކު ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އޭނާގެ ސިއްޙީ ހާލަތު ދަށްވެފައިވާތީ އިތުރަށް މަޑުކުރާން ނެތި ހަސަން ދީދީ އޭނާ އެއްގަމަށް ގެންދިޔައީއެވެ.

ނަމަވެސް ދެން ތިބި ދެކުދިންނަށް އެހީތެރިވާ އެނބުރި ދިޔައިރު އެކުދިންގެ ހިލަމެއްވާންނެތްކަމަށް އޭނާ ބުނެއެވެ. ހަސަން ދީދީ ބުނެފައިވަނީ އޭނާއަށް ރާއިފްވެސް ސަލާމަތް ކުރެވުނީ ކިރިޔާ ކަމަށެވެ.

މި ބިރުވެރި ހާދިސާއަށް ދެދުވަސް ވެގެންދާއިރު، މަޔާމީން އާއި އަލީ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ބޭނުންކުރެވެން ހުރި ހުރިހައި ވަސީލަތެއް ބޭނުންކޮށްގެން، ހުއްޓުމެއް ނެތި ސިފައިން މި މަސައްކަތުގައި ޙަރަކާތްތެރިވަމުންދާއިރު، ސަރުކާރުގެ މުވައްސަސާތަކާއި އައްޑޫގެ ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ދަނީ އެކަމުގައި ބައިވެރިވަމުންނެވެ.

ދެކުދިން ގެއްލުނުތާ ގިނަ އިރުތަކެއް ވެގެންދިޔަނަމަވެސް، އެފަރާތްތަކުން އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ. މި މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުންނާއި ހެޔޮއެދޭ ހުރިހައި ފަރާތަކުންވެސް ތިބީ މަޔާމީނާއި އަލީ ފެންނާނެ ކަމުގެ އުންމީދުގައެވެ. އެފަރާތްތަކުގެ ދުޢާއަކީ "ވަރަށް އަވަހަށް" އެ ދެކުދިން ފެނުމެވެ.

ހޮނިހިރު ދުވަހު ހިނގި މި ނުރައްކާތެރި ހާދިސާގައި، މޭމަތިން ބައެއް ތަންތަން މަށައިގެން ގޮސްފައި ހުރުން ފިޔަވައި ރާއިފްއަށް މާބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް، އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

އެ ބިރުވެރި ރާޅުތަކުގެ ތެރެއިން ސަލާމަތްވާނެ ގޮތެއް މެދުވެރިވުމުން އެކަމަށް ޝުކުރުވެރިވާ ޙާލުގައި ރާއިފް ބުނެފައިވަނީ، ލޯބިވާ އެކުވެރިން ފެނުމުން މެނުވީ ހިތަށް ފިނިކަމެއް ނުލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. 3ނިރު

  މީކޮންކަމެއް އިރުއިރު ކޮޅަކާ

  • ާހިތުން ވަރައް ގައްޑާ

   ކޮން މަމެން އެއް ތަމެން އެއް ކިޔާކައް ތަ؟ ނުފެނޭ ތަ އެކުދިން މޫދައް ފޭބި އިރު މޫދު އޮތީ މުޅިން ހިކިފަ އޭ ލިއެފަ އޮތް ތަން. ފޭބި އިރު ކަނޑު ގަދަކޮއް އޮތް ނަމަ އެކުދިން ވެސް ނުދާނެ ދޯ ފަރާ ހަމަ އަކައް. އެއްޗެއް މުޅިން ކިއަން ނޭގުނަސް ވާނެ މަމެން ނޭ ކިޔާފަ ފެލެން

 2. މިސިންގް

  ތަމެން ފުރަތަމަ މޫދަށް ދިޔައީ އެއީ ކިއެއްކުރަންތޭ. އެއީ ތަމެން ރޫލް ބްރޭކް ކުރާތީވެ ކުރިކަމެކޭ މަމެން ބުނަން ނެތީމު ދޯ. ދަ ކަންޓްރީ ސައިޑަރސް ވަން ސެންސް މިސިންގް ދޯ...

  • ފާތިމާ

   ކޮން ކަންޓްރީ ސައިޑެކޭ ކިޔާކަށް. ރަހުމުގެ ކަނަފުޅެއްވެސް ނެތް ދޯ. އަމިއްލަ ދަރިއެއް ނޫނީ އާއިލާ މީހެއް ނޫންވީމަތަ؟ އިންސާނިއްޔަތަކީ ކޯއްޗެއްކަމެއްވެސް ނޭންގޭ ދޯ ކަލެއަށް؟
   މާތްﷲ ގެ އިރާދަފުޅުން އަދި އެކުދިން ފެންނާނެ. އާމީން!

  • ކަންޓްރީ ސައިޑާ

   ކަލޭވެސް ވާގޮތަކީ ތަންފުކެއް މޮޅީ.. މާބޮޑައް އިނގެން ވެސް އިނގެނީ.. މީހުންގެ ސަމާލުކަން ހޯދަން އޭތި މީތި ލިޔެގެން ފްލޯންޓް ކުރަން ހަދައިގެން ކިޔޭ ނުކިޔޭވެސް ނޭނގެނީ.. ހިސާބައް ވުރެން މީހާ އަންސޮފިސްޓިކޭޓް ވީމަ ކަލެޔައް ހީވެދާނެ ކަލޭ މާ މޮޅު މީހެއް ހެން.. އިގްނޮރަނޓް މުލު ހިލައެއް ވީމަ އެހެން އެވަނީ.. ކަލޭ އަހަރުމެންނަކަށް އެހާ މަޖަލެއް ނޫން.. ހަމަ ބުނެލީ..

  • މަބޫ

   ކަލޭ ކޮން އައުގުރާނަ އެއް ތި ގޮވަނީ.... ތި އެއް އިނގުނީހީ ކަލޭ އެތާ އޮތްނަމަ ފަރަންޖީ ވާންޗޯ

  • ކުޑަކުއްޖާ

   ކަލޭ ކޮންވާހަކައެއްދައްކާކައް ކަލޭ ކަނޑުވާއިރު އެނގޭނެ ވާނެވަރު.ކަލޭ ދޭފާހަނާ ދޮންނަން???????????????

   • ނިދާލާ

    އޫލަލާ ކުޑަ ކުއްޖާ އިޒް ލުކިންގް ޑޭންޖުރެސް ދިސް ގާރލް އިން ރެޑް ޑްރެސް ސްޓޭންޑިންގް ބައި ދަ ވޯލް ގިވިންގް އެން އެންގްރީ ބާރޑް ލުކް އިޒް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ. ޝީ އިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހާއް ހާއް ހާއް ހާއް ހޭއް ހޭއް ހޭއް ޑޭންޖުރެސް. ތަމެން އަތުގައި ތިޔާ އޮތީ ކޮން ފޮޓޯ ގަނޑެެއްތޭ އޫލަލާ ތިޔާ ވެސް މަރުވެފައިވާ މައްޔިތެއްގެ ފޮޓޯ އެއް ނޫންތޭ. ޝީ އިޒް އަ ހަންޑިއަން ހަންޑިއަން ހަންޑިއަން އޯއް އޯއް ހަންޑިއަންސް އާރ ނޮކިންގް އެޓް ދަ ޑޯރ އޮފް މައި ހޯމް ޖަސްޓް ރަޖާ ލައިގެން އަވަހަށް ނިދާލާ ނިދާލާ ނިދާލާ ނިދާލާ..

  • ާއައްޑޫ ކުއްޖެއް

   މާލޭ މީހުންނަކަށް ނޭނގޭނެ އުފަލަކީ ކޮބާކަން
   މޫދުން އެ ލިބޭހިތްހަމަ ޖެހުމާ އަރާމުއަހަރުމެން ހައިރާނެއް ނުވޭ ?ކަންޓްރީ ސައިޑާސް ގެ ހުރިހާ ސެންސް ހަަމަ އެކަމްތީނަގެ އެއް ސެންސް މަދު ކަންނޭނގެ..

 3. ވެންއިޓް

  ތަމެން ތިނެތި ދިޔައީ ސްކޫލް އިން އިންތިޒާމް ކުރި ފުޓް ބޯޅަ ޕްރެކްޓިސް މެޗެއް ކުޅެން ނޫންތޭ ދަ ގަމާރުން ތަކާ. ދެން ތަމެން ފުޓް ބޯޅަ މެޗް ނިންމާ ބެލެނިވެރި އަކު ނެތި ކިއެއްކުރަންތޭ ތަމެން ވައިޓް އެލާރޓް ނެރެފައި އޮތްވާ ފުއްޓަރު ފަރާތު ރާޅު ތަކުގެ ތެރެއަށް މޫދަށް ދިޔައީ. ތިޔާގައި ގޯހީ ތަމެންނޭ މަމެން ގަބޫލެއް ނުކުރާނަމޭ ތަމެން ދައްކާ ވާހަކަ އެއް. ވެން އިޓް ކަމްްސްޓު ދަ ރާއްޖެތެރެ އޯލްވޭޒް މޭކިންގް ސެންސްލެސް ކަން ކަން ދޯ ވެން އިޓް ކަމްސް ޓު ޔޫ ޔޫ ބްރޭކް ދަ ރޫލްސް ޔޫ ބްރޭކް ދަ ވެލިއުސް ވޮންޓް ޔޫ ނޯ އިޓް ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ވޮންޓް ޔޫ ޓޭކް އަ ޖަމްޕް އޮން ދަ ރަގް އެންޑް ޑާންސް ޑާްްންސް ޑާންސް ޑާންްސް ޑާންސް ވެން އިޓް ކަމްސް ޓު ޔޫ ވެން އިޓް ކަމްސް ޓު ޔޫ ވެން އިޓް ކަމްސް ޓު ޔޫ ދެއަރ އިޒް ނޯ ސެންްސް މޭކިންގް އެކްޓް ދޯ..

 4. ވެންއިޓް

  މަރުވާހެން ހީވި! އެކަމަކު، ބެހިގެންދިޔަ އެކުވެރިންނަށް އެހީވާން މަސައްކަތްކުރިން ކަމަށް ތަމެން ބުނާނަމަ އެމެން ސަލާމަތް ނުވީ އެއީ ކިއެއްވެތޭ އެއީ މައްސަލަ އެއް ނޫންތޭ. ތަމެން ބެލީ ތަމެން އަމިއްލަ އަށް ސަލާމަތް ވެވޭތޯ އެކަން ތަމެން ކޮށްފިދޯ. ދެން މިހާރު އަނެއް ދެ ކުދިން ނުފެންނަ ނަމަ ތަމެން ކޮންމެ ދޮގެއް ހެދި ނަމަވެސް ތިޔާ ދަ ރާއްޖެތެރޭ މީހުން ގަބޫލުކުރާނެ ތަމެން ދައްކާ ވާހަކަ މަމެން އެފަދަ ވާހަކަ ތައް ގަބޫލު ނުކުރާނަމޭ. މަމެން ދަ ރާއްޖެތެރެެއަންސް ދައްކާ ވާހަކަ ތަކުން ގަބޫލުކުރާނީ އެމެން ދައްކާ ވާހަކައިގެ އެންމެ %5 އޭ އެހެން ބައިތައް މަމެން ގަބޫލެއް ނުކުރާނަމޭ. ވެން އިޓް ކަމްސް ޓު ދަ ރާއްޖެތެރެއަންސް މަމެންނަށް ފެންނަނީ ރޯ ބުހުތާނު ދޮގު ހަދާ މީހުންނޭ ގިނައިން ތަމެންނަށް ފެނޭތޭ މިތަން ފެނޭތޭ ފެނޭތޭ ފެނޭތޭ ވެން އިޓް ކަމްސް ޓު ޔޫ ޔޫ ގައިޒް އާރ ޓްރޫ ލަޔާރސް ދޯ.

  • މަބަލްދީބް

   ކަލެއަށް މިފަދަ ކަމެއް ދިމާވެތޯ ބޭއިޙްތިޔާރުގައި ނަމަވެސް ދުޢާ ކުރެވިއްޖެ.

   • ދަބަދާ

    ބަދާ ބަދާ ބަދާ ބަދާ ދަ ބަދާ...

  • ނައު

   ވަގުތު ކުދިން މިކަހަލަ ބޭކާރު ކޮމެންޓް ޕަބްލިސް ނުކޮށްބަލަ. ކޮން ތަމެން މަމެން އެކޭތަ މި ވީދެނީ

 5. ރީމް

  ތަމެން މަމެން ކިޔައިގެން ވާހަކަ މިދައްކަނީ ބޯހަމަޖެހޭ އެއްޗެއްތަ؟؟؟މާފޮނިވެގެން ކޮމެންޓްކުރަނީ ބަލަ ކަލޭވެސްތީ ރާއްޖެތެރޭ މީހެއްކަން ޔަގީން...ކަލޭތީ ކޮންމެތާކު މީހަކަށް ވިޔަސް ވަރިހަމަ އަހަރުމެންނަން...ކަލާގެ ފެންވަރާއި އޙުލާގު އެނގޭނެ ކޮންމެ ދުވަހަކު ލިޔަމުން ތިގެންދާ ނާތަހުޒީބު ކޮމެންޓްތަކުން.

  • ޙަސން

   މަމެންނޭ ކިޔާފަ ތިލިޔަނީ ކޮންމެވެސް ސިޔާސީ ބަޔަކު ކާންދިނީމަ ކައިގެން އުޅޭ އެއްޗެއް

 6. ކޮއްކޮ

  އިރާދަ ކުރެއްވިއްޔާ މި ދެކުދިން ހެޔޮހާލުގައި ހުއްޓާ އަދި ފެންނާނެ! އާއިލާ އަށް ކެތްތެރިކަން މިންވަރު ކުރައްވާށި!! އާމީން ?

  • މި

   އާމީން ޔާﷲ

 7. ނުހަަަ

  އަދި 2 ކުދިން ފެންނާނެ

 8. ނުހާ

  އަދި 2 ކުދިން ފެންނާނެ...............................................