ބޮލީވުޑްެގެ ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރް ތިން ވަނަ ފަހަރަށް ޓެސްޓުތައް ހެދުމުންވެސް އޭނާ ކޮވިޑް-19 އަށް ވީ ފައްސި (ޕޮޒިޓިވް) އެވެ. އެންމެ ފަހުން ހެދި ޓެސްޓުތަކުގެ ނަތީޖާ ލިބުނީ ރޭގެ ވަގުތެއްގައެވެ. އޭނާގެ ޓެސްޓުތައް ފައްސިވުމާއި ގުޅިގެން އޭނާއަށް ސަންޖޭ ގާންދީ ޕޯސްޓް ގްރެޑުއޭޓް އޮފެ މެޑިކަލް ސައިންސްގައި ދަނީ ފަރުވާދެމުންނެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހޭ މީހުންގެ ކަންކަން ބަލަމުންފާ ޕްރޮފެސެރ އާރްކޭ ދިމާން ބުނީ ކަނިކާއަށް އަދިވެސް ފަރުވާދެމުން އަންނަކަމަށާއި، އޭނާގެ އިތުރު ޓެސްޓުތައް ހަދާ ދެ ފަހަރު ނަތީޖާ ނައްސިވުމާއި ޖެހެންދެން ފަރުވާދެމުންދާނެ ކަމަށެވެ.

ނަމަވެސް ކަނިކާއާއެކު ހޮޓެލް ޓާޖްގައި ދެ ދުވަސް ވަންދެން އުޅުނު އޭނާގެ ރަހުމަތްތެރިޔާ އޮޖާސް ޑެސައި ކޮވިޑް-19 އަށް ވަނީ ނައްސިވެފައެވެ. އޭނާ މީގެ ކުރިން އެ ބައްޔަށް ފައްސިވިއެވެ. ނަމަވެސް ފަހުން ހެދި ޓެސްޓުތަކުން އެ ބައްޔަށް ނައްސިވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

އަދި މީގެ އިތުން ކަނިކާ އާއި ކޮންޓެކްޓްވިކަމަށް ބެލެވޭ އެންމެންވެސް ބައްޔަށް ނައްސިވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަނިކާއަށް ކޮވިޑް-19 ޖެހުނީ ދާދި ފަހުން އިނގިރޭސިވިލާތަށް ކުރި ދަތުރުގެ ފަހުންނެވެެ. އޭނާ އިނގިރޭސިވިލާތުން އެނބުރި އިންޑިއާއަށް އައީ މީގެ 15 ދުވަސް ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޭޢަހަރެން?

    ޢަހަރެންވީ އައްސި