ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެއްމާ ވަޓްސަން އޭނާގެ އާއިލާގެ ސަލާމަތާއި ރައްކާތެރިކަަމަށްޓަކައި ގޭގައި އަމިއްލައަށް ކަރަންޓީނުވެއްޖެއެވެ.

އެއްމާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ މާމަ، މަންމަ އަދި އެންމެ ގާތް އެކުވެރިޔާއަށްޓަކައި އަމިއްލަ އަށް ކަރަންޓީނުވާން ނިންމީ ކަމަށެވެ.

އެއްމާގެ މާމައަކީ އުމުރުން 70 އަހަރުގެ މީހެކެވެ. އަދި މަންމައަކީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށްވާ އިރު، އޭނަގެ އެންމެ ގާތް އެކުވެރިޔާއަކީ ސިއްހީ ހިދުމަތުގައި މަސައްކަތް ކުރާ މީހެކެވެ.

ހެރީ ޕޮޓާއިން ވިދާލި އެއްމާ ވަނީ އޭނާގެ އިންސްތަގްރާމް ޕޯސްޓްގައި މައިކަލް އޮބާމާ އޭނާ އާއި ހިއްސާކުރި މައުލޫމާތުތަކަށް ޝުކުރު އަދާކޮށްފައެވެ. އޭގެ އިތުރުން އެއްމާ ވަނީ އޭނާގެ ސަޕޯޓަރުން އަށް ވެސް ސަލާމަތީ ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

https://www.instagram.com/p/B-FlUSFJ0dg/?utm_source=ig_web_copy_link

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އެހެންކަމުން ގިނަ ގައުމުތަކެއް ވަނީ ލޮކްޑައުންކޮށް އާންމުން އެއްވެ އުޅޭ ތަންތަން ސުކޫލު، ޔުނިވާސިޓީ، ކޮލެޖް، މޯލް، އޮފީސް އަދި ސިނަމާތައް ބަންދުކޮށްފައެވެ. އަދި ޒަރޫރީ ބޭނުމެއްނެތި ބޭރަށް ނިކުމެ ނޫޅުމަށްވެސް ވަނީ އަންގާފައެެވެ. މިހާރު އެންމެ ހަލުވި ކަމާއިއެކު މި ބަލި ފެތުރެމުންދަނީ އިޓަލީ އާއި އެމެރިކާގައެވެ.

ކޮވިޑް-19 ގެ ސަބަބުން ހޮލީވުޑަށް ވަނީ ބޮޑު ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން މިއަހަރު ނެރުމަށް ހަމަޖެހިފައިވާ އެތައް ފިލްމެއް މެދުކަނޑާލައި، ޓީވީ ޝޯތައް ވަނީ މަޑުޖައްސާލާފައެވެ. އެގޮތުން ފާސްޓް އެންޑް ފިއުރިއަސް، ނޯ ޓައިމް ޓު ޑައި، މުލަން، އަ ކުއަޓް ޕްލޭސް 2 ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެއްމާ

    މމމމމމމމމމއެއްމާ މަ ގުރެއިންމާ ކޮންފިއުސް ހިއާ!؟

  2. ހޮގްވާޓްސް މިސްޓަރީ

    ސްޓޭ ހޯމް އެއްމާ ، ބީ ކެއަރފުލް ޔުއަސެލްފް
    އޯލްވޭސް ކިީޕް ސޯޝަލްް ޑިސްޓަންސިން.

    3
    1
  3. ގުއި

    އެއްމާއޭ!