ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބައެއް ގައުމުތަށް ވަނީ ފުރަބަންދު (ލޮކްޑައުން) ކޮށްފައެވެ. އަދި ބައެއް މީހުން ތިބީ އެމީހުންގެ ސަލާމަތައް އެކަހެރި ވެގެންނެވެ. އެހެން ކަމުން މިހާރު ގޭގައި ތިބޭ އިރު ކުރާނެ ކަމެއް ނެތިގެން ގިނަ ބަޔަކު އަންނަނީ ފޫހި ފިލުވަން ގިނަ ކަންތައްތަކެއް ކުރަމުންނެވެ.

އޭގެ ތެރޭގައި ޓްވިޓާ މެދުވެރިކޮށް ލަވަ ބާޒީ ކުޅުމާއި ވައިބާ މެދުވެރިކޮށް އެކި ކަހަލަ ކުއިޒް ކުޅުން ހިމެނެއެވެ. އެހެން ނަމަވެސް މިހާރު ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. އެއީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާކަމެކެވެ. މިއީ އެމެރިކާގެ ނިއުޔޯކުގައި ހިނގި ކަމެކެވެ.

"ޓިކްޓޮކް" މެދުވެރިކޮށް ޖެރެމީ ކޮހެން ހަދާފައިވާ ވީޑިއޯއިން، ޑްރޯން މެދުވެރިކޮށް ވަނީ އަންހެން ކުއްޖަކަށް އޭނާގެ ފޯނު ނަންބަރު ދީފައެވެ.

"ފުރަބަންދު ގައި ތިބޭ އިރު ކުރާނެ ކަމެއް ވަރަށް ސިކުނޑިއަކަށް ނާންނާނެ. އެއްދުވަހު ބެލްކަނީ އަށް ނިކުށްގަޑީ މި ކުއްޖާ ފެނުނީ ޖެހިގެން ހުރީގޭ ބެލްކަނީގައި ޑަންސް ކުރަން ހުއްޓާ. ދެން ދެމީހުން ހަތަރު ކަޅި ހަމަވިއުރު ރީތި ގޮތަކަށް އެ ކުއްޖާ ހީލީ. އެހާ ހިސާބުން ހިތައް އެރީ ނަންބަރު ދީގެން އެކަން ކުރާނީއޭ. އެހެން ކަމުން ޑްރޯން ގައި ނަންބަރު ޖަހައިގެން އެ ކުއްޖާ އަށް ދިނީ" ޖެރެމީ ބުނެފައިވެއެވެ.

ޖެރެމީ ބުނެފައިވަނީ އެ ކުއްޖާ ނަންބަރު ނެގިނަމަވެސް ގިނަ އިރުތަކެއް ވަންދެން މެސެޖެއް ނާންނަ ކަމަށެވެ. އެހެންނަމަވެސް އޭގެ ގަޑިއިރެއް ފަހުން ފޯނު ބެލި އިރު މެސެޖެއް ކޮށްފައި އިން ކަމަށެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ދެމީހުން މެސެޖު ކުރަމުން އަންނަ ކަމަށް ޖެރެމީ ބުނެފައިވެއެވެ.

ޖެރެމީ އެ ވީޑިއޯ ޝެއާ ކުރުމުން 80،000 އަށްވުރެ ގިނަ މީހުން ވަނީ ޓްވިޓާގައި އެ ވީޑީއޯ ރީޓްވީޓު ކޮށްފައެވެ. އަދި 3 ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވީޑީއޯއަށް ލައިކް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮވިޑް

  އިންސާނުންގެ ފާފަތައް ގިނަވެ ﷲ ޝަރީއަތް ބޯމަތީން ނަގާ ހޫރަލާ އަމިއްލަ އަތުން އެކަލާނގެ ޝަރީއަތް ބަދަލުކޮށް މުންކަރަތްތައް ގިނަވެ ﷲ ގެ ކޯފާ އާންމު ވުމުން އެކަލާނގެ އަށް ތައުބާ ވެ ގިނަގިނައިން ޒިކުރުކޮށް މި ކަމުން މިންޖުކޮށްވެއްވަތޯ އެކަލާނގެ ހަޞްރަތުގައި ދެންނެވުމުގެ ބަދަލުގައި ލަވަބަޒީކުރުމާއި ހިލޭ އަންހެނުން މެސެޖު ފޮނުވައި ފާހިޝްކަންތައްތަކަށ ްް ދައުވަތު ދިނުމާއި އެފަދަ ވާހަކަތަކާއި ހަބަރު ގެނެސް ދިނުންމުން މި ކޯފާ އިން ސަލާމަތް ވޭތޯ.

  30
  5
 2. ކޮވިޑް19

  15
  5
 3. ދަތުރު ކުރު

  އިންސާނުންގެ ހިތް ތަކުގާވޭ "އެމްޓިނަސް" އެެއް. ހަޤީޤަތަކީ އިންސާނުންގެ ހިތްތަކަށް ހަމަޖެހުން ލިބިގެން ދަނީ الله سبحانه وتعالى މަތިން ހަނދުމަކުރުމުން ކަމެވެ.
  އާޚިރަތް އިސްކޮށްފި މީހަކަށް ދުނިޔޭގެ އުފާތަށް ވެސް الله سبحانه وتعالى ދެއްވާނެތެވެ.

  23
  5