އުމުރުން 12 އަހަރުގެ ކުއްޖަކު މަންމަގެ ކްރިޑިޓް ކާޑު ބޭނުންކޮށްގެން އިންޑޮނޭޝިޔާގެ ބާލީއަށް ގޮސް ހަތަރު ދުވަހުގެ ޗުއްޓީ ހޭދަ ކުރުވުނީ ކިހިނެއްކަން ނޭގިގެން އެކަން އެޮސްޓްރޭލިއާ ފުލުހުން ބަލަން ފަށައިފިއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ވަނީ ސިޑްނީގައި ހުންނަ އެ މީހުންގެ ގެއިން ފިލާފައި ވަނީ ސްކޫލަށް ދާކަމަށް ބުނެ ކޮޑުގައި ދަބަހެއް އަޅުވައިގެންެނެވެ.

އެ ކުއްޖާ ވަނީ ބަޖެޓް އެއާލައިންގައި ޕާރތްއަށް ގޮސް އެތަނުން ބާލިއަށް ގޮސްފައެވެ. އާއްމުކޮށް އެއާލައިންތަކުގައި އެކަނި ދަތުރު ކުރެވުމަކީ ދަތިކަމެކެވެ. ނަމަވެސް މި ކުއްޖާ ވަނީ އެކަން ވަރަށް ފަސޭހައިން ހައްލުކޮށްފައެވެ.

މި ކުއްޖާގެ އާއިލާއިން މީގެ ކުރިންވެސް ޗުއްޓީ ހޭދަކޮށްލުމަށް ބާލީއަށް ދިޔައެވެ. މި ކުއްޖާ ބާލީގައި ހަތަރު ދުވަސް ޗުއްޓީ ހޭދަކުރިއެވެ. އަދި އެތަނުން ކޮޓަރިއެއް ނަގައިގެން ޕޫލުގައި އުޅެނިކޮށް މަންމަގެ ރަހުމަތެރިއަކު ވަނީ އެކަން އެ މަންމަގެ ސަމާލުކަމަށް ގެނެސްފައެވެ.

އޭނަގެ އެ ޗުއްޓީއަށް އެކަނި 6100 ޑޮލަރު ހޭދަވިކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮސްޓްރޭލިއަން ފުލުހުން ބުނީ، އެ ކުއްޖާ ގައުމުން ބޭރަށް ގޮސްދާނެކަން އެ މީހުންނަށް އަންގާފައިވާކަމަށެވެ. އެއީ އެ ކުއްޖާ ބާލީއަށް ދިޔުމުގެ ކުރިންނެވެ. މާރޗް އަށް ވަނަ ދުވަހު އެކަން ފުލުހުންނަށް އެނގި ނަމަވެސް އެ ކުއްޖާ ފެނިފައި ވަނީ މާރޗް 17 ވަނަ ދުވަހުއެެވެ.

އެ ކުއްޖާ ހޯދަން އޭނާގެ މައިންބަފައިން ވަނީ ބާލީއަށް ދަތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕިންގު

    ކޮބާދޯ މަސްލަޔަކީ