ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް އަނުޝްކާ ޝަރުމާ، ދާދި ފަހުން ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "އޮކްޓޫބާރ"ގެ ލީޑް ރޯލުން ފެނިގެންދިޔަ މަޝްހޫރް ކުޅަދާނަ އެކްޓަރު ވަރުން ދަވަންއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައިފިއެވެ.

އިއްޔެ އުމުރުން 31 އަހަރު ފުރިގެން ދިޔަ ވަރުންއަށް އަނުޝްކާ އުފަންދުވަހު ތަހުނިޔާ ކިޔަމުން ޓުވިޓާގައި އާންމުކުރި ލިޔުން ކޮޅުގައި ބުނެފައިވަނީ އުފާވެރި އުފަންދުވަހަކަށް އެދޭ ކަމަށާއި ވަރުން އާއިއެކު މަސައްކަތް ކުރަން ލިބުމަކީ އުފާވާ ކަމެއް ކަމުގައެވެ.

އަނުޝްކާވަނީ އޭނާއާއި ވަރުންގެ ކުރިއަށް އޮތް ފިލްމު "ސުއި ދާގާ"ގެ ފޮޓޯއެއްވެސް މި ޕޯސްޓާއިއެކު އާންމުކޮށްފައެވެ.

Varun Dhawan and Anushka Sharma in a still from Sui Dhaaga.

 

މަނީޝާ ޝާރުމާ ޕްރޮޑިއުސްކޮށް ޝަރަތު ކަޓަރިޔާ ޑައިރެކްޓްކުރާ މި ފިލްމުގައި ވަރުން އާއި އަނުޝްކާ ފެނިގެންދާނީ ދެމަފިރިންގެ ގޮތުގައި ކަމަށާއި މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރު ސެޕްޓެމްބަރ 28 ގައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އަނުޝްކާގެ އިތުރުން ބޮލީވުޑްގެ ކުޅަދާނަ ތަރިންގެ ތެރެއިން ކެޓްރީނާ ކައިފްއާއި އަބީޝެކް ބައްޗަންއާއި ރިތތިކް ރޯޝަނާއި އަނިލް ކަޕޫރް އަދި ޑައިރެކްޓަރު ސޫޖިޓް ސިރްކާ ވެސް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ވަރުންއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައިފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ވަރުން މިހާރު މަސައްކަތް ކުރަމުންދަނީ ބޮލީވުޑް ފިލްމު "ކަލަންކް"ގެ ޝޫޓިންގައި ކަމަށާއި މި ފިލްމުގައި ވަރުން އާއިއެކު ފެނިގެންދާނީ އާލިއާ ބަޓްކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީދެން ހަބަރެއްތަ