ހަންގަނޑު ކުރަކި ވުމުން އެކި ކަހަލަ ކުރީމްފަދަ ތަކެތި އުގުޅައެވެ. ނަމަވެސް އެއީ ވަގުތީ ހައްލެކެވެ. ކޮންމެ ދުވަހަކު ގިނައިން ފެންބުއިމަށްފަހު ވެސް ކެއުމަށް ބައެއް ބަދަލުތަށް ގެނެސްގެން މިކަމަށް ފަރުވާކުރެވިދާނެ އެވެ. ތިރީގައި މި ހިމަނާލަނީ ކެއުމުގައި އިތުރުކުރަންވީ ބައެއް ތަކެއްޗެވެ.

މަދު

އޮމޭގާ 3 ފެޓީ އެސިޓް ކިޔާ އަޑު އަހާނެއެވެ. މިއީ ވަރަށް ފައިދާހުރި މާއްދާއަކަށްވާއިރު މި މާއްދާ އެންމެ ގިނައިން އެކުލެވެނީ މަދުގަ އެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ނާސްތާގައި ކޮންމެސް ވައްތަރެއްގެ މަދެއް ހިމަނާލުމަށް އާދަކުރާށެވެ. އެގޮތުން އަލްމަންޑް، ކެޝޫނަޓް، ޕިސްޓާޗިއޯ، ވޯލްނަޓް، ޕީކޭންގެ އިތުރުން ހެޒަލްނަޓްގައި ގިނަ އަދަދަކަށް އޮމެގާ 3 ހިމެނެއެވެ.

އެވަކާޑޯ

އެވަކާޑޯ އަކީ ގިނަ ފައިދާތަކެއް އެކުލެވޭ މީރު މޭވާއެކެވެ. ރާއްޖޭގައި މިހާރު އާންމުކޮށް ފެންނަ މި މޭވާ ގައި ވެސް އޮމޭގާ 3 ފެޓްސް ހިމެނެއެވެ. އޭގެ އިތުރުން ވިޓަމިން އީ އިން ފުރިފައިވާއިރު، އޭގެ ސަބަބުން ހަންގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދީ އުމުރުން ދުވަސްވީ ވަރަކަށް ހަންގަނޑު ހަލާކުވިޔަ ނުދިނުމަށް އެހީވެދެއެވެ.

ކިއުކަންބާ

ކިއުކަންބާ އެކުލެވޭ އެކި ވައްތަރުގެ ލޯޝަން އާއި ކުރީމްތައް ހިމެނެއެވެ. އެތަކެތިން ހަމަށް ފައިދާ ލިބޭ ފަދައިން ކިއުކަންބާއިންވެސް ގިނަ ފައިދާތަކެއް ކުރާނެއެވެ. އޭގެ އިތުރުން ކިއުކަންބާގައި ފެން އެކުލެވުމުގެ ސަބަބުން ހަންގަނޑު ކުރަކިވުމުން ދުރުކޮށްދީ މޮއިސްޗްރައިޒްކޮށް ބަހައްޓައި ދެއެވެ.