ކެލިފޯނިއާއަށް ނިސްބަތްވާ މީސް މީީޑިއާގައި ތަފާތު މަޖާ ވީޑިއޯތައް ނެގުމުގައި އުޅެމުންދިޔަ ޒުވާނަކު ފާހަނަ ތަށީގައި ދޫލާ މަންޒަރު ފެންނަ ވީޑިއޯއެއްް ލިތާ މާ ގިނަ ދުވަހެއް ނުވަނީސް އޭނާއަށް ކޮވިޑް-19 ޖެހިފައިވާކަން ހާމަކޮށްފިއެވެ.

ޓިކްޓޮކްގައި ގިނަބަޔަކު ދަންނަ ލާރޒް ވަނީ މިދިޔަ އާދީއްތަ ދުވަހު އޭނާ ހޮސްޕިޓަލްގެ އެނދުމަތީގައި ނަގާފައިވާ ވީޑިއޯއެއް ހިއްސާ ކޮށްފައެވެ.

އެ ވީޑިއޯ ހިއްސާ ކުރި އުމުރުން 21 އަހަރުގެ އެ ޒުވާނާ ޓްވިޓާ މެދުވެރިކޮށް ބުނެފައިވާކަމަށް ޑެއިލީ މެއިލްގައި ބުނެފައިވަނީ، އޭނާ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ ކަމަށެވެ. ފަހުން އޭނާ ވަނީ އެ ޓްވީޓް ޑިލިޓްކޮށްފައެވެ.

ލާރޒްއަށް ކޮވިޑް-19 ޖެހުނީ އެ ތަށީގައި ދޫލައިގެންކަން އަދި ކަށަވަރުވެފައިނުވާއިރު، ފާހަނަތަށީގައި ދޫ ލާ ވީޑިއޯތަކަކީ އެ މީހުން ޗެލެންޖެއް ގޮތަށް ކުރިއަށްގެންދާ ކަމެއް ކަމަށް ވެއެވެ. އެ ޗެލެންްޖުގައި ޓިކްޓޮކްގައި އުޅޭ އެހެން އަންހެނަކުވެސް ބައިވެރިވެ ވީޑިއޯ ލާފައި ވެއެވެ.

ކޮރޯނާ ވައިރަސް ޗެލެންޖްގެ ނަމުގައި ކުރިއަށްގެންދާ އެ ޗެލެންޖަކީ މި ވައިރަސްއަށް ޖޯކު ޖެހުމުގެ ގޮތުން ކުރިއަށްގެންދާ ޗެލެންޖެކެވެ.

އެ ވީޑީއޯ ދައުރުވާން ފެށުމާއެކު އޭނާ ދެކެ ރުޅި އައިސްގެން އެތައް ބަޔަކު ދިޔައީ މީސް މީޑިއާގައި އެއްޗެހިކިޔަމުންނެވެ. ބައެއް މީހުން ވަނީ އޭނާ ޖަލަށް ލުމަށްވެސް ގޮވާލާފައެވެ.

ގިނަބަޔަކު ދަނީ އެ ޗެލެންޖްގައި ބައިވެރިނުވުމަށް ނަސޭހަތްތެރިވަމުންނެވެ. އަދި ކޮވިޑް-19 އަކީ ޖޯކެއް ނޫން ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑުކަމަނާ

    މިގައުމުގެ އިސްކަނބަލުން ރަސްމީއައްޒަތުގަ ކޮނޑިކޮޅުގަ ތިއްބަވައިގެން މިނުރައްކާތެރި ބަލިމަޑުކަމަށް ޖޯކުޖައްސަވާ މަންޒަރު ފެންނަ ވީޑިއޯވެސް ދައުރުވޭ. ޓިކުޓޮކަށް ވީވަރު ނުވެއްޖެއްޔާ ކިތަންމެހާވެސް ރަގަޅު.

    19