އާއްމުކޮށް އެއްބަނޑު މީހުންގެ ގުޅުން ވަރަށް ރަނގަޅެވެ. އެ ގުޅުމަކީ ބަދަހި ގުޅުމެކެެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާނެއެވެ. މިއީވެސް އެފަދަ މިސާލެއް ފަދަ ދެ ކުއްޖެކެވެ. އެކަކު އަނެކަކު ދެކެ ދެ މީހުންވެސް އިންތިހާައަށް ލޯބިވެއެވެ.

އެކަން ސާބިތުވާނެ އެއް ހެއްކަކީ މަތީގައި އިން ފޮޓޯއެވެ. އެ ފޮޓޯއިން ފެންނަމުން ދަނީ ކެންސަރާއި ހަނގުރަާމަ ކުރަމުންދާ ދައްތަ އާއި އަދި އޭނާގެ ކޮއްކޮއެވެ.

އުމުރުން ތިން އަހަރު މެތިވް އޭނާގެ ދައްތަ ގައިގާ ބައްދައިގެން ހުރި މަންޒަރެވެ، އޭނާ އެ ދެމުން ދަނީ ދައްތައަށް ހިތްވަރެވެ. އެ ދައްތައަށްޓަކައި އެންމެ ބޮޑުކަމަށްކަށް އޭނާ ކޮށްފައި ވަނީ ބޯ ބޭލުމެވެ.

ކެންސަރު ޖެހި ކީމޯތެރަޕީ ދޭން ފެށުމުން ބައެއް މީހުންގެ ބޮލުން އިސްތަށި ފައިބައެވެ. ޗާލޮޓްއަށްވެސް ވީއެހެންނެވެ.

މި ދެ ކުދިން އެކުގައި ވަގުތު ހޭދަކުރާ މަންޒަރު ފެންނަ ފޮޓޯއެއް މިހާރު ދަނީ މީސް މީޑިޔާގައި ދައުރުވަމުންނެވެ.

ލޭގެ ކެންސަރަަށް ފަރުވާ ހޯދަމުން އަންނަ ޗާލޮޓް އާއި އޭނާގެ ކޮއްކޮގެ އެ ފޮޓޯ މީސް މީޑިޔާގައި ހިއްސާކޮށްފައި ވަނީ އޭނާ ފަރުވާހޯދަމުން އަންނަ ޗިލްޑްރެންސް ހެލްތްކެއާ ހޮސްޕިޓަލުންނެވެ.

އެ މީހުން އެ ފޮޓޯ ހިއްސާކުރުމަށްފަހު، ލިޔެފައި ވަނީ މި ދެ ކުދިންގެ ގުޅުމުގެ ވާހަކައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަންޓްރީސައިޑް

    ދަ ކަންޓްރީ ސައިޑަރސް އިން ރަނގަޅު ލެސަންސް ތަކެއް ނަގަން ރަނގަޅު އާރޓިކަލް އެކޭ މަމެން ބުނަން ނެތީމު ދޯ. ދަ ކަންޓްރީ ސައިޑް އެއީ ސެންސް ލެސް ކަންކަން ކުރާ އާލާތުން ދޯ.

    • ބާބަ

      ތަ މިފަހަރު ހާދަ ކުރު ކޮމެންޓެކޭ ތިކޮއްލީ...