މައިންބަފައިންނަށް ހަދިޔާ ދޭނެ ކަމަށް ބުނެ އޮފީހަށް ގެންގޮސް ކުޑަކުދިންނާއި ޖިންސީ ގޮތުން ބެހެމުންދާ އަންހެނެއް ހޯދުމުގެ މަސައްކަތް މުމްބާއި ފުލުހުން ފަށައިފިއެވެ.

އެ މީހާއަކީ ކާކުކަން އަދި ހޯދިފައިނުވާއިރު މިގޮތަށް ގެންދާ ކުދިން ދޭ މައުލޫމާތައް ބަލައި، އޭނާއަކީ 25 އަހަރާއި 35 އަހަރާއި ދެމެދުގެ މީހެއްކަމަށް ވެއެވެ.

އޭނާ މިގޮތަށް ގެންދަނީ ކުޑަކުދިންނެވެ. އޭގެ ތެރޭގައި އާއްމުކޮށް މިގޮތަށް ގެންދާކަމަށްވަނީ 13 އަހަރުގެ ކުދިންނެވެ. އޭނާ މި ކުދިން ގެންދާކަމަށްވަނީ 13 އަހަރުގެ ކުޑަ އަންހެން ކުދިންނަށް ފާރަލައި، އެ ކުދިން އުޅޭ ނޫޅޭ ގޮތް ބަލާ، އެ މީހާއާއެކު އޭނާގެ އޮފީހަށް މައިންބަފައިންނަށް ދޭން ޖެހޭ ހަދިއާ ބަލާ ދިޔުމަށް ބުނެެއެވެ.

މި ކުދިން ގެންގޮސް އޭނާ މި ކުދިންނަށް ޖިންސީ ގޯނާ ކުރެއެވެ. މިކަން ފެންމަތިވެފައި މި ވަނީ މިގޮތަށް ގެންދިޔަ ކުއްޖަކު އެކަން މައިންބަފައިންނަށް އެންގުމުންނެވެ.

މިދިޔަ ދެމަސް ތެރޭގައި މިފަދަ ގިނަ މައްސަލަތަކެއް ފުލުހަށް ހުށަޙެޅުނުއިރު، އެ މީހާ ހޯދާ ފަރާތަލަށް ފައިސާގެ އިނާމެއް ދިނުމަށް މުމްބާރި ފުލުހުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަންތުރަ

    ދަންތުރަދަންތުރަދަންތުރަދަންތުރަދަންތުރަދަންތުރަދަންތުރަ