ބޮލީވުޑުގެ ގިނަ ފަންނާނުންތަކެއް ދަނީ ކައިވެނި ކުރަމުންނެވެ. އެފަރާތްތަކުގެ ކައިވެންޏާއެކު އެފަރާތްތަކުގެ ފޭނުންނަށްވެސް ބައެއް ފަހަރު ދަނީ ހައިރާންކަން ލިބެމުންނެވެ. އަދި، އެމީހުންގެ ކައިވެނީގެ ކަންކަމަށް، އެތައް ފޭނުންނެއް ފާރަލަމުންވެސް އެބަދެއެވެ. އެކަމާ ގުޅިގެން އެތައް ވާހަކަތަކެއްވެސް ދައްކައެވެ.

މިދިޔަ އަހަރު ބޮލީވުޑުގެ މަޝްހޫރު އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ދުނިޔޭގައި މަޝްހޫރު ވިރާޓް ކޯލީ ކައިވެނިކޮށްފައިވާއިރު މިއަހަރުގެ ތެރޭގައި ސޯނަމް ކަޕޫރު އާއި އާނަންދު އަހޫޖާވެސް ކައިވެނި ކުރާނެއެވެ.

މި ކައިވެނިތައް ހުއްޓާ، ދެން އަނެއްކާވެސް އަޑު ފެތުރެމުންދާ ކައިވެންޏަކީ ބޮލީވުޑުގެ ގިނަ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ، އަރަމުން އަންނަ ތަރި، ޝްރައްދާ ކަޕޫރުގެ ކައިވެންޏެވެ.

ޝްރައްދާގެ ފޭސްބުކު ޕޭޖުގައި އާއްމުކޮށްފައިވާ ފޮޓޯއަކާ ގުޅިގެން، އޭނާގެ ކައިވެނީގެ ވާހަކަ އެތައް ބަޔަކު ދަނީ ދައްކަމުންނެވެ. ފޮޓޯއިން ފެންނަ ހެދުމެއްގެ ސަބަބުން މި ވާހަކަތައް ދައްކަމުންދާއިރު، އެއީ އޭނާގެ ކައިވެންޏަށް ފަހާފައިވާ ހެދުމެއް ކަމެއް ނުވަތަ އެހެން މީހެއްގެ ކައިވެންޏަށް ފަހާފައިވާ ހެދުމެއްކަން ސާފުނުވާކަމަށް މީޑިޔާ އިންވެސް ބުނެއެވެ.

މިކަމާ ގުޅިގެން ޝްރައްދާގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. އަދި، ކުރަން އުޚޭކަމެއް ނުވަތަ ނޫންކަމުގެ އިޝާރާތެއްވެސް ކޮށްފައިނުވެއެވެ. ހަމައެހެންމެ، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހެއްގެ އަޑެއްވެސް އިވިފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝްރައްދާ ފިރިމީހާ

    އޭ ބުނަން މަ\ރުޅި ނާރުވާ ހުރޭ... އޭނަ ނޫޅޭ މަ ދޫކޮއްލާފަ އެހެން މީހަކާ އިންނާކަށް އިންގިއްޖޭ.. އެއީ އޭނަ މަންމަ ޔަާ ބައްޕަ ގެ އެނވާސަރީ ފާހަގަ ކުރަން ފެހި ހެދުމެއް...