ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކީޕިންގް އަޕް ވިތް ދަ ކާޑޭޝަން އިން އެންމެ ފަހުން ފެނިގެން ދިޔައީ މަޝްހޫރު މޮޑެލް ކިމް ކާޑޭޝަން އާއި އޭނާގެ ދައްތަ ކޯޓުނީގެ މެދުގައި ޖެހޭ މައްސަލައެއްގެ ސަބަބުން ދެމީހުން ދެމެދުގައި ހަމަނުޖެހުމެއް ހިނގާ މަންޒަރު ފެނިއްޖެއެވެ.

18 ވަނަ ސީޒަންގެ ފުރަތަމަ ސޯގައި ކޯޓުނީ އާއި ކިމް މައްސަލަ ޖެހިގެން ކޯޓުނީ ވަނީ އެ ޝޯވ ވެސް ދޫކޮށްލާފައެވެ. ގިނަ ބަޔަކު ތިބީ މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުންވެފައެވެ. އެގޮތުން ފޫހިފިލުވާލުމަށް މި ޝޯވް ބަލާނެ މީހުން މަދެއް ނުވާނެއެވެ. އެ ހަަމަނުޖެހިމާ ގުޅިގެން ކޯޓުނީ ވަނީ މީސްމީޑިއާ މެދުވެރިކޮށް އެ ޝޯއަކީ ކުނިކަމަށް ސިފަކޮށް ޝޯ އިން ވަކިވެފައެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ ކިމް އާއި ކުލޯއި، ކޯޓުނީގެ މިޒާޖު ހުންނަ ގޮތުން އެކަމާ ފާޑުކިޔާ އެހެން މީހުން ކުރާ ވަރަށް މަސައްކަތް ނުކުރާތީއެވެ. އޭގެ ބަދަލުގައި ކޯޓުނީ ވަނީ އޭނާ އަމިއްލަ މަސައްކަތް ކުރާ ކަމަށާއި އެމީހުން ކުރާ ކަހަލަ ކޫސަނި ކަންތައް ނުކުރާ ކަމަށް ބުނެފައެވެ. މީސްމީޑިއާގައި ކޯޓުނީ އާއި ދެކޮޅަށް ކޮށްފައިވާ ޓުވީޓުތަކަށް ރައްދުދެއްވާ އޭނާ ވަނީި ކީޕިންގް އަޕް ވިތް ދަ ކާޑޭޝަން އިން ވަކިވި ކަމަށް ބުނެފައެވެ.

ކުލޯއީ ވަނީި ކިމް އާއި ކޯޓުނީގެ ހަމަނުޖެހުން ހުއްޓުވުމަށް މަސައްކަތް ކޮށްފައެވެ. ނަަމަވެސް އެއިން އެއްވެސް ފައިދާއެއް ނުވިއެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންއެވެ.

2007 ވަނަ އަހަރު އޮކްޓޯބަރު މެހުން ފެށިގެން ގެނެސްދެމުން އަންނަ މި ޝޯގެ 254 އަށް ވުރެ ގިނަ ބައި ވަނީ މިހާތަނަށް ނެގިފައެވެ. އަދި މިހާރު ކުރިއަށް ދަނީ މި ޝޯގެ 18 ވަނަ ސީޒަންއެވެ. މިއީ ކާޑެޝަން - ޖެނާ އާއިލާގެ ތެރޭގައި ހިންގާ ކަންތައްތައް ކިޔާދޭ ޝޯއެކެވެ.