އުމުރުން ދުވަސްވީ ސިހުރު ހަދާ މީހަކާއި އޭނާގެ ދައްތަ މަރާލި މައްސަލައެއް އިންޑިއާގެ ފުލުހުން ބަލަން ފަށައިފިއެވެ.

މިިދިޔަ ހޯމަ ދުވަހު ބެންގަލް އަށުގައި މި ދެ މީހުން މަރާލާފައި ވަނީ އެ މީހުންގެ އާއިލާގެ މީހެކެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުން މަރާލާފައި ވަނީ އެ ދެ މީހުންނާއި އެއްބަނޑު މީހެއްގެ ދަރިއެކެވެ.

އުމުރުން 60 އަހަރުގެ މީހާއަކީ ސިހުރު ކަންތައް ކުރާ މީހެކެވެ. އެ މީހާ ބައެއް ބަލިތަކަށް ފަރުވާ ކުރާކަމަށްވެސް ވެއެވެ. އޭނާ ބުނާގޮތުގައި، އެ މީހާ އާއި އޭނާގެ 65 އަހަރުގެ ދައްތަައަކީ އޭނާގެ އަނބިމީހާ މާބޮޑަށް ބަލިވުމުގެ އަސްލެވެ. މި މީހުން އޭނާގެ އަނބިމީހާއަށް ސިހުރު ހަދަނީއެވެ.

މިކަން ފުލުހުންނާއި ހަމައަށް ދިޔުމުން އެ އަވަށަށް ފުލުހުން އެރިޔަ ނުދޭންވެގެންވެސް އެ އަވަށުގެ ބައެއް މީހުން މަސައްކަތް ކުރިއެވެ. އަދި ފުލުހުންނާއި ހަމައަށް އެ މައްސަލަ ދިޔުމުން ވަގުތުން އެ ދެ މީހުން ހަށިގަނޑު ވަނީ އަންދާލައި ކޯރެއްގެ ތެރެއަށް އެއްލާލާފައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި މައްސަަލާގައި އެ މީހާގެ އިތުރުން، އިތުރު މީހަކު ހައްޔަރުކުުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު