ކޮވިޑް-19 ފެތުރުން ކޮންޓްރޯން ކުރުމުގެ ގޮތުން ކޮންޓެކްޓް ލެންސް ލައްވާ މީހުން ލެންސް ލެއްވުން ހުއްޓާލައި، އައިނު އަޅަން ކަމުގެ މާހިރުން ވިދާޅުވެއްޖެއެވެ.

އެމެރިކަން އެކެޑެމީ އޮފް އޮފްތަމޮލޮޖީ އިން ބުނެފައިވަނީ ގައުމުތަކުގައި ފެތުރެމުން އަންނަ ވައިރަސް ހުއްޓުވުމަށް އެންމެ ފަސޭހަ ގޮތަކީ މޫނުގައި އަތް ނުލުން ކަމަށެވެ. އެހެން ކަމުން އެފަރާތުން ވަނީ ލެންސްގެ ބަދަލުގައި އައިނު މިވަގުތު އަޅަން އިލްތިމާސް ކޮށްފައެވެ. ސަބަބަކީ ލެންސް ލައްވަން ކޮންމެ ފަހަރަކު މޫނުގައި ކުޑަކޮށް ނަމަވެސް އަތް ހޭކޭނެތީއެވެ.

ޑރ. ތޯމަސް ސްޓެންމެން ބުނެފައިވަނީ ލެންސް ލައްވާ ކޮންމެ މީހަކު ދުވާލެއްގެ 2-3 ފަހަރު ލެންސް ލައްވާ ކަމަށާއި އެފަދަ ވަގުތު ލޮލުގެ އިތުރުން މޫނުގެ އެކި ތަންތަނުގައި އަތް ލުމުން ވައިރަސް ފެތުރުން އަވަސް ވެގެން ދާނެ ކަމަށެވެ.

"ލޮލުގައި އަތް ހާކާފައި ގައިގެ އެހެން ތަންތަނުގައި އަތް ހާކަނީ. ލޯ ހިރުވަން ފެށީމަ އަވަސް އަވަހަށް ހިރުވާފައި އަތް ސާފު ނުކޮށް މޫނުގައި ފިރުމާލަނީ. އެންމެ ގޯސް ކޮށް ބުނާނަމަ ހަމަ އެއަތުން އަނގަޔަށްވެސް އަތް ބާނާ" ޑރ. ތޯމަސް ބުނެފައިވެއެވެ.

ލެންސް ލައްވާ ބައެއް މީހުންގެ ލޯ ބައެއް ފަހަރު ރަތްވާ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އެހެން ކަމުން އެފަދަ ހާލަތްތަކުގައި ހާސްނުވުމަށާއި ހަމަ ޖެހިލައިގެން ލެންސް ނަގައި އައިނު އަޅަން ފަށަން ޑރ، ވަނީ އިލްތިމާސް ކޮށްފައެވެ.

އޭނާ ބުނެފައިވަނީ މިފަދަ ނުރައްކާތެރި ވައިރަސް ތަކުން ސަލާމަތްވުމަށް ހުރިހާ އެންމެ އެއްބައިވަންތަ ކަން އިސްކުރަން ޖެހޭ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ސާފު ތާހިރު ކަމަށް ވަރަށް ބޮޑަށް އިސްކަމެއް ދޭން ޖެހޭ ކަމަށެވެ.