އިންޑިއާ ސަރުކާރުން އެ ގައުމުގައި 21 ދުވަހަށް ފުރަބަންދު (ލޮކްޑައުން) އިއުލާންކުރުމާއި ގުޅިގެން، އިންޑިއާގެ ފަންނާނުން ވެސް ތިބެން ޖެހިފައި ވަނީ ގޭގައި ބަންދުވެފައެވެ.

އާއްމުކޮށް ރީތި ވުމަށް އެތައް ބައެއްގެ އެހީތެރިކަން ހޯދާ ފަންނާނުންނާއި މަޤްބޫލް މީހުންނަށް މި ވަނީ ލޮކްޑައުންގެ ސަބަބުން އަމިއްލަ ކަންކަން އަމިއްލައަށް ކުރަން މަޖުބޫރުވެފައެވެ.

ބޮލީވުޑްގެ މަގްބޫލް ބަތަލާ އަނުޝްކާ ޝަރްމާ އާއި އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ވިރާތްކޮލީ އަކީ ވެސް ކައިވެނިކޮށްގެން އުޅޭ މަގްބޫލް މީހުންގެ ތެރެއިން މި ލޮކްޑައުންގައި އެންމެ އާދަޔާ ޚިލާފުކޮށް އުޅޭ ދެ މީހުންނެވެ.

އެގޮތުން އެ ދެމީހުން އެކުގައި ގޭގައި ތިބެގެން ކުރެވޭނެ އާ ކަންކަން ހޯދާ، އެކުގައި ވަގުތު ހޭދަކުރަން ލިބުނު ވަގުތު ރަނގަޅު ގޮތުގައި ބޭނުން ކުރަން މަސައްކަތް ކުރާކަން އެ ދެ މީހުން ފާހަގަކުރެއެވެ.

މި ފަހަރު އަނުޝްކާ މިވަނީ އެނާގެ ފިރިމީހާ ވިރާޓުގެ ބޯކޮށާ ދޭން އޭނާ އުޅޭ ގޮތް އިންސްޓަރގްރާމް ވީޑިއޯއެއް މެދުވެރިކޮށް ހިއްސާކޮށްފައެވެ.

View this post on Instagram

Meanwhile, in quarantine.. ??‍♂??‍♀

A post shared by AnushkaSharma1588 (@anushkasharma) on

އަނުޝްކާ ޝަރްމާ ވަނީ އަމިއްލަ އަށް މިކަހަލަ ކަންކަން ކޮށްލުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއްކަމަށް ވެސް ބުނެފައެވެ. އަދި މި ދަނޑިވަޅުގައި ގޭތެރޭގައި ތިބެ އެންމެންގެ ސަލާމަތަށްޓަކާއި އަޅާފައިވާ ފިޔަވަޅުތަަކަށް ބޯލެނބުމަށް ވެސް އަނުޝްކާ އާއި ވިރާޓު ވަނީ އެދިފައެވެ.

އަނުޝްކާ ވިރާތްގެ ބޯކޮށާދޭން އުޅޭ ގޮތް ފެންނަ ވީޑިއޯ އަކީ ހެއްވާ މަޖާ ވީޑިއޯ އަކަށްވުމާއި އެކު އެ ދެމީހުންގެ ފޭނުންގެ ސަމާލުކަން އެ ވީޑިއޯއަށް ވަނީ ލިބިފައެވެ. އެ ވީޑިއޯ އިން އަނުޝާކާ އޭނާގެ ފިރިމީހާގެ އިސްތަށިގަނޑު މުޅިން އާ ގޮތަކަށް ބެހެއްޓުމަށް މަސައްކަތް ކުރާ ކަމަށް ބުނާ މަންޒަރު ފެނެއެވެ.

"މި ފެންނަނީ ކަރަންޓީން ކުރީމަ ވާގޮތް. ބަދިގޭގައި ބޭނުން ކުރާ ކަތުރުން މި ބޯކޮށަން ޖެހެނީވެސް." ވިރާތް ބުނެއެވެ.

އަނުޝްކާ އާއި ވިރާޓްގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިން ދަނީ މި ވަގުތު ކަރަންޓީންގައި ތިބި އިރު އާކަންކަން ދަސްކުރަމުންނެވެ. ބައެއް މީހުން ކައްކަން ދަސްކުރާ އިރު، ބައެއް މީހުން ދަނި ގޭތެރޭގެ މަސައްކަތްތައް ކުރަން ދަސްކުރަމުންނެވެ.