ނަޖިސް ފެން ބޭރުވާ ޖަންގްޝަންތައް ތެރޭ ފަތާފައި އުޅުނަސް ބްރެޒިލްގެ ރައްޔިތުންނަށް ކޮވިޑް-19 ގެ ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށާއި، އެކަމުން ބްރެޒިލް އަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެޤައުމުގެ ރައީސް، ޖައިރު ބޮލްސެނާރޯ ބުނެފިއެވެ.

ބްރެޒިލްގެ ޓީވީ ސްޓޭޝަނަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޮލްސެނާރޯ މިގޮތަށް ބުނެފައިވަނީ އެ ސްޓޭޝަނަށް މިދިޔަ ބުރާސްފަތި ދުވަހު ދިން އިންޓަވިއުއެއްގައެވެ.

ބޮލްސެނާރޯ އާއި ހަވާލާދީ އެ ޓީވީ ސްޓޭޝަނުން ބުނެފައިވަނީ، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އެޤައުމަށް ކުރިމަތިވާނެ މާބޮޑު ނުރައްކަލެއް އޮތްކަމަށް އޭނާ ނުދެކޭ ކަމަށެވެ. އަދި އެފަދަ ހާލަތެއް އެޤައުމަށް މެދުވެރި ނުވާނެ ކަމަށާއި، ނަޖިސްފެން ދައުރުވާ ޖަންގްޝަނަކަށް ފުންމާލައި އޭގެތެރޭގައި ފަތާފައި އުޅުނަށް ކޮވިޑް-19 އިން ބްރެޒިލްގެ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

ބޮލްސެނާރޯ ބުނެފައި ވަނީ ކޮވިޑް-19 ދުނިޔެއަށް ކިތަންމެ ހަލުވިކަމާއެކު ފެތުރިގެން ދިޔަނަމަވެސް، މިވަގުތު އެމެރިކާ އޮތް ހާލަތަށް އެޤައުމު ނުދާނެ ކަމަށެވެ. ބޮލްސެނާރޯ މިގޮތަށް ބުނެފައި ވާއިރު ފާއިތުވެދިޔަ ދުވަސްތަކުގައި އެމެރިކާގައި އާދަޔާއި ޚިލާފަށް ވައިރަސް ފެތުރި ގިނަ އަދަދެއްގެ މީހުން ދަނީ މަރުވަމުންނެވެ.

ބޮލްސެނާރޯ ބުނެފައި ވަނީ ބްރެޒިލް މީހުންނަށް ވައިރަސްގެ ނުރައްކާ ނެތީ، އެމީހުންނަށް މިފަދަ ވައިރަސްތަކުން ސަލާމަތްވުމުގެ ޚާއްސަ ޤާބިލުކަމެއް ލިބިފައި ވާތީ ކަމަށެވެ. އެހެންކަމުން އެޤައުމުން ވައިރަސް ޖެހޭ މީހުންގެ ހާލަތު ދަށްވެ ބޮޑު ކަންބޮޑުވުމަކަށް ޤައުމުގެ ކަންކަން ނުދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ބޮލްސެނާރޯގެ މި ވާހަތަކާއި ގުޅިގެން ބްރެޒިލްގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ޤައުމުތަކުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮވިޑް-19 ނުރައްކާ އިންތިހާއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ވެސް ބޮލްސެނާރޯ އެކަމަށް މާބޮޑު އަހަންމިއްޔަތުކަމެއް ނުދީ، "ސީރިއަސް" ނުވާތީ އެކަން އެޤައުމުގެ ރައްޔިތުންނަށް ވަނީ ބޮޑު ހާސް ކަމަކަށް ވެގެން ގޮސްފައެވެ.

މީގެ ކުރިންވެސް ބޮލްސެނާރޯގެ މިފަދަ ވާހަކަތަކަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ގޮސްފައި ވެއެވެ. ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް19 އަކީ އެހާ ސީރިއަސް ވައިރަސް އެއް ނޫން ކަމަށާއި މިއީ އާދައިގެ ރޯގާއެއް ކަމަށް އޭނާ ކުރިން ބުނެފައި ވެއެވެ. އޭނާ ވަނީ ވައިރަސް ފެތުރިޔަނުދިނުމަށް އެހެން ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށްވެސް ފާޑުކިޔާފައެވެ.

ނުރައްކާތެރި ކޮވިޑް-19 ގެ ޝިކާރައަކަށްވެ އެތައް ބަޔަކު މަރުވަމުންދާ ދަނޑިވަޅުގައި ބްރެޒިލްގެ ރައީސް މިފަދަ ވާހަކަތައް ދައްކަމުން ދާއިރު، އެޤައުމުން މި ވައިރަސް ފެންނަ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. މިހާތަނަށް 3904 މީހަކަށް އެޤައުމުން މި ވައިރަސް ޖެހިފައި ވެއެވެ. އޭގެތެރެއިން ޖުމްލަ 111 މީހަކު މިހާތަނަށް މަރުވެފައި ވާއިރު، ބަލިން ރަނގަޅުވެފައި ވަނީ 6 މީހެކެވެ. އެޤައުމުގައި މި ބަލި ޖެހުގެން 296 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ކަމަށް އިދާރާތަކުން ބުނެއެވެ.

ބޮލްސެނާރޯ ތުހުމަތުކުރާ ގޮތުގައި މި ދަނޑިވަޅުގައި އެއްވެސް ނުރައްކަލެއް ނެތީސް ޤައުމުތަކުގެ ވެރިން ރައްޔިތުންނަށް ބިރުދައްކަނީ އެވެ. ނަމަވެސް ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާ ފަދަ މި ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަމިި

    ކެނެ ރީގޭ މޯދީ ވެސް މީ ހަމަ މިކަހަލަ މީހެއް

    65
    1
  2. ބުއްޅަބޭ

    ތިކަހަލަ އިތުރު 2 ރައީސަކު އަދި އުޅޭނެ . އެއީ ޑޮނަލްޑް ޓްރަމްޕް އާއި ދިވެހިރާއްޖޭގައި އުޅުއްވާ ރޫހާނީ ލީޑަރު .

    69
    2
  3. ސީސީ

    މީނަގެ ބޯ ޓެސްޓު ކުރަންޖެހޭ. އަދި ބުއްޅަބޭވެސް ޓެސްޓުކުރަންޖެހޭ.

    60
    2
    • އެނޯ

      ތިޔައީ ބޮލުރޮދި ކޮށިފަހުރި ބޮލްސެނާރޯ އެއް

      13
  4. ޢަޒްރާ ޢަލީ

    މީނަގެ ބާރު ވ ގަދަވާނެނކަމައް ވަނީ ޗަކަ ބޮއިގެނވެސް މީނާ ސަލާމަތްވާނެ މަރު އައިސް ޖެހުނީމަ މީނަ މަރު ދހުރައްލާ ބުނާނެ އަވަހައް ދާށޭ އަދި ފަހުންނޭ ތިމަންނާ މަރުވާނީ

  5. އެނޯ

    މިބާވަތުގެ ޚަބަރުތައް ޝާއިޢުނުކުރުމަކީ މައްސަލައެއް ނޫންކަންނޭނގެ!

  6. ސީނު

    މީނަޔާ ބުއްޅަބެޔާ ކަރަންޓީނުކުރަން ޖެހޭ އެބަ

    11
  7. ސާހިދު

    މީ ހަމަ އެ ކެނެރީގެ ބުއްޅަބޭ މީ ރައްޔަތުންގެ ހެވަކަން އުޅޭ މީހުނެއްނޫން މީ އަމިއްލަ ފައިދާއަށް އުޅޭ ބައިގަޑެއް ބަލަން ތިބޭތި މި ކެނެރީގެ ބުއްޅަބޭ ވަރަން ގުޅާލާނެ މި ސޮރާ އެއީ އެއްފިކުރުގެ 2 މީހުނަންވާތި ކޮބާ މިހާރު ބުއްލަބޭ ބަލިނުވަނީސް ރަޖާލީ ގޮތަށް ނަގަންނޭގިފަބާ ނާ މިހާރު ފަލަ ސުރުހީއަކުން ބުއްޅަބޭ ނުފެނޭވިއްޔާ

    13
  8. އަތަށް

    އިނގެރޭސި އަދި އިޓަލީގެ ބޮޑުވަޒީރުވެސް ތިޔަހެން ގަދަބަސް ބުނެފަ ހުއްޓާ އަތަށް ގޮވީ

    17
  9. ޟުުސް

     މިހާރު ބުއްލަބޭ ބަލިނުވަނީސް ރަޖާލީ ގޮތަށް ނަގަންނޭގިފަބާ ނާ މިހާރު ފަލަ ސުރުހީއަކުން ބުއްޅަބޭ ނުފެނޭވިއްޔާ

  10. ޟުުއު

    ކޮބާ މިހާރު ބުއްލަބޭ މިހާރު ފަލަ ސުރުހީއަކުން ބުއްޅަބޭ ނުފެނޭވިއްޔާ