އިންޑިއާގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ އެ ގައުމުގެ މަޝްހޫރު އެކްޓަރު އަރުޖުން ބިޖުލާނީ ސަރުކާރަށް އެހީގެ ގޮތުގައި 10 ލައްކަ ރުޕީސް ހަދިޔާކޮށްފިއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިންޑިއާ އިއްޔެ އެކަނި ވެސް 194 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، އިންޑިއާ އިން ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 8987 އަށް އަރައިފައެވެ. އެ ގައުމުން މިބަލީގައި މަރުވީ 25 މީހެކެވެ.

އިންޑިއާގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ އެ ގައުމުގެ ސަރުކާރުން ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން 21 ދުވަހުގެ މުއްދަތަށް އެ ގައުމު ވަނީ ފުރަބަންދުކޮށްފައެވެ.

އަރުޖުންގެ އިތުރުންވެސް ބޮލީވުޑް، ޓޮލީވުޑް އަދި ޓީވީ ތަރިންވެސް ވަނީ ސަރުކާރަށް އެހީތެރިކަން ފޯރޮކޮށްދީފައެވެ.

އަރުޖުން ކުރި ޓުވީޓެއްގައި ބުނީ 10 ލައްކަ ރުޕީސްގެ ތެރެއިން ފަސް ލައްކަ ރުޕީސް ހަދިޔާ ކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަންޑު ފޮއްޓަށް ކަމަށެވެ. އަދި ބާކީ ރުޕީސްތައް އޭނާ ހަދިޔާ ކުރީ އިންޑިއާގެ ޗީފް މިނިސްޓަރުގެ ފަންޑު ފޮއްޓަށެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކެއްގެ އިގުތިސާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އިންޑިއާ އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގައިސް

    ކޮބާތަ ރާއްޖޭގަ ތިބި " އަރުޝަމް" ކަހަލަ ގަދަ ފަދަ ފިލްމު ސްޓާރުންނޭ ކިޔަިއގެން އުޅޭ މީހުންތައް. ޗޮކުން ދޯ ދަނީ

    14
  2. ސައިންޓިސްޓް

    10 ލައްކައަށް ކިޔާ އުޅެނީ 1 މިލިއަން ކުދިންނޭ!

    11