އިންޑިޔާގެ ދީނީ ލީޑަރެއް ކަމަށްވާ އަސަރަމް ބަޕު، 16 އަހަރުގެ ކުޑަ އަންހެންކުއްޖަކު ރޭޕްކުރިކަމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މި ހުކުމް ކޮށްފައިވަނީ ސަލާމަތީކަންކަން ވަރުގަދަކޮށްފައި އޮތް އިންޑިޔާގެ ޖޮދްޕޫރްގެ ކޯޓެއްގައެވެ. 2013 ވަނަ އަހަރު އަސަރަމް އެންމެ ފުރަތަމަ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވުނުއިރު އޭނާގެ ސަޕޯޓަރުންނާއި ފުލުހުންނާއި ދެމެދުގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފައެވެ.

މިފަހަރުގެ ހުކުމް އިއްވުނުއިރުވެސް ކޯޓުގެ ސަލާމަތީކަންކަން ވަރުގަދަކޮށްފައި އޮތްއިރު އަސަރަމްގެ ސްޕޯކްސްޕާރސަންއެއް ވަނީ އަސަރަމްއާއި އޭނާގެ ސަޕޯޓަރުން ކޯޓުތަކަށް އިހްތިރާމްކުރާކަމަށާއި އެހެންވުމާއިއެކު ހުކުމް އިއްވުނަސް އެއްވެސްކަހަލަ މުޒާހަރާއެއް ކުރުމަށް އަސަރަމްގެ ސަޕޯޓަރުން ރާވާފައިވާ ނުވާކަމަށް ބުނެފައެވެ. 7

7 އަހަރުގެ އަސަރަމް އަކީ އޭނާ ބުނާގޮތުގައި އިންޑިޔާގެ ރޫހާނީ ރިވޮލިއުޝަނިސްޓެކެވެ. އޭނާގެ ސަޕޯޓަރުން އޭނާއަށް އާންމުކޮށް ކިޔައި އުޅެނީ 'ބާޕުޖީ' ނުވަތަ ބައްޕައެވެ.

އެންމެ ފުރަތަމަ އަސަރަމް މަޝްހޫރުވެގެންދިޔައީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ. އެޔަށްފަހު އޭނާވަނީ ދީނީ ވަރުގަދަ ރަސްކަމެއް އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި 400އަށްވުރެ ގިނަ އަޝްރަމްތަކާއި ދީނީ ސްކޫލްތައްވެސް ހިމެނެއެވެ. އަދި އިންޑިޔާގެ އިތުރުން އޭނާގެ ދީނީ ޕްރޮގްރާމްތައް ބޭރު ގައުމުތަކަށްވެސް ވަނީ ފެތުރިފައެވެ.

އަސަރަމް، 16 އަހަރުގެ އެ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ ނުބައި ރޫހުތަކުން ސަލާމަތްކޮށްދިނުމަށް ކަމަށް ބުނެ 2013 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު އިންޑިޔާގެ ޖޮދްޕޫރް ސަރަހައްދުގައެވެ. އެ ކުއްޖާ އަސަރަމް ކައިރިއަށް ގެނައީވެސް ކުއްޖާ މަންމައާއި ބައްޕައެވެ.

އޭނާގެ ގާނޫނީ ޓީމުން ވަނީ ކޯޓުގައި އަސަރަމްގެ ބަލި ހާލު ހުރިގޮތުން އޭނާއަށް މީހާކު ރޭޕް ނުކުރެވޭނޭކަމަށްވެސް ބުނެފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ އޭނާގެ ސިއްހީ ހާލު އޭރު ހުރީ ރަނގަޅަށްކަމަށް ކޯޓަށް ސާބިތުކޮށްދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޯހޭބަލި

    ވަލު ޖަނަވާރުން އުޅޭ ގައުމެއް ތީ

  2. އިސްލާހު ޖާޑި

    "އަސަރަމް އެއަންހެންކުއްޖާ ރޭޕްކޮށްފަވަނީ ނުބައިރޫހުތަކުން ސަލާމަތްކޮށްދިނުމަށޯ"..އަޅެ ފަހެ މީހަކު ރުޅިނައިއްޔާދެރަ.....މިހުރީ މިމީހުން އާންމުންގެމީހުން މޮޔަހައްދަން ކިޔާއެއްޗެހި.އަދި މިކުއްޖާގެ މައިންބަފައިންވެސް މިމީހުން ދައްކާވާހަކަ ގަބޫލުކުރީމަ އެންމެ ދެރައީ.މިކަހަލަ މީހުންގެ މައްސަލަތައް އާންމުންނަށް ފަޅާއަރައި ކޯޓައް ހާޒިރުކުރާ ހިސާބުން އެއްވެސް ކަމެއްނުކުރެވޭ ނުކުޅެދުންތެރިއަކަށް އޮޓަމެޓިކުން ބަދަލުވޭ..ފޭކުވިޔަސް ބޮޑުވަރު.

  3. މުހައްމަދު

    އެއީ ކޮން ދީނެއްތޯ ސާފު ކޮށްލައި ދީބަލަ

  4. ގޮޅާބޯ

    ބުޑިސްޓެއް!

  5. އެއްމެން

    ތިޔަ މީހާ އިންނާނީ ކިތަންމެ ކުދީންނެއް ތިގޮތަށް ރޭޕް ކޮށްފަ އަދި ނުވީތާކަށް އެކުދީން ގެ މައިންބަފައިން ތިބޭނީވެސް އެކަމާ އުފަލުނ.

  6. ކަޅުސޮރު

    ސުރުހީ ކިޔާލާފަ ހިތަށްއެރި އެއްޗަކީ، އެ 16 އަހަރުގެ އަނެހެން ކުއްޖާއަކީ ހާދަހާވާ ނުބައި ނުލަފާ ކުއްޖަކީތާއެވެ. އެކުއްޖާ އެ މުސްކުޅި ކަލޭގެ ރޭޕް ކުރުމުން އަދި އަދަބުވެސް މި ލިބުނީ މިކަމުގަ އަނިޔާ ލިބުނު ފަރާތަށެވެ. ހާދަހާވާ އިންސާފެއްވެސް ނެތް ގައުމަކީ އެވެ. އެހެން ހީ ނުވާންވީ ސަބަބެއް ނެތެވެ. ދިވެހި ބަހުގެ ގަވާއިދުގައި ޖުމްލައިގެ ބައިތައް ތަރުތީބުކުރާއިރު ކަންކުރާ ފަރާތް އަންނާނީ ކަންރައްދުވާ ފަރާތުގެ ކުރިއަށެވެ. އެހެންކަމުން ކަންކުރީ އަންހެން ކުއްޖާއެވެ. ކަން ރައްދުވީ މުސްކުޅިޔާއަށެވެ. އެހެން ނަމަވެސް ކަން ހިނގާފައި އޮތީ ސުރުހީގައި އޮތް ގޮތަށް ނޫންކަން، ހަބަރު ކިޔާލުމުން އެނގިއްޖެއެވެ.

  7. ޓަކި މޫނާ

    ތިކަންކުރީ މުސްލިމެއް ނަމަ ފޯރިޔެއް ހުރީސް