ކަޅު ސަޔަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ވެސް އެންމެ އާންމުކޮށް ބުއިމަށް ބޭނުންކުރެވޭ އެކައްޗެވެ. ފަސޭހައިން ހަދާލެވޭ ކަޅު ސަޔަކީ އޭގެން އެތައް ކަހަލަ ފައިދާއެއްވެސް މީހާއަށް ކުރުވާ އެއްޗެކެވެ. ޗައިނާ ފަދަ ގައުމުތަކުން އެތައް ހާސް އަހަރެއްވަންދެން ސައިފަތް ބޭނުންކޮށްގެން އެކި ކަހަލަ ބުއިންތައް އުފައްދަމުންދާއިރު އެ ބުއިންތައް އާންމުންގެ މެދުގައި މަގުބޫލުވެ މިހާރު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ދަނީ ބޭނުންކުރެވެމުންނެވެ.

ކަޅު ސަޔަކީ އޭގައި ހިމެނޭ އެންޓި އޮކްސިޑެންޓްގެ ސަބަބުން ބަލިތަކުން ރައްކާތެރިކޮށްދީ މީހާ މުސްކުޅިވާކަމުގެ ނިޝާންތައްވެސް ފޮރުވައިދޭ އެއްޗެކެވެ. ކެންސަރު ފަދަ ބަލިތަކުން ކަޅު ސައި މީހާ ރައްކާތެރިކޮށްދޭއިރު ކަޅު ސަޔަކީ ޕޮލިފެނޮލްސް، ކެޓެޗިންސް، ތޮރުބިގިންސް އަދި ތިފްލަވިންސް ނަމަކަށްކިޔާ އެންޓި އޮކްސިޑެންޓްސްވެސް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ.

ކަޅު ސަޔަކީ ކޮފީއަށްވުރެންވެސް މީހާގެ ނިދި ފިލުވައިލުމަށް ރަނގަޅު އެއްޗެކެވެ. ކަޅު ސައިގައިވެސް ކެފެއިން ހިމެނޭއިރު އެ އަދަދަކީ މީހާގެ ނިދި ފިލުވައިލުމަށް އެންމެ އެދެވޭ އެއް މިންވަރެވެ. އޮސްޓިއޮޕޮރޮސިސް އަދި ޓައިޕް ޓޫ ޑައިބިޓީޒްއިންވެސް ކަޅު ސައި މީހާ ރައްކާތެރިކޮށްދެއެވެ.

ދަތްތަށް ރީތިކޮށްދީ ދަތްތަކުގެ ސިއްހަތުވެސް ކަޅު ސައިގެ ސަބަބުން ރަނގަޅު ކޮށްދެއެވެ. ހަކުރު ނުހިމެނޭ ކަޅު ސައިއަކީ މީހާގެ ދަތްތަކުގައި ހުންނަ ބެކްޓީރިއާތައް ނައްތާލައިދިނުމުގައި ވަރަށް ކުޅަދާނަ އެއްޗެކެވެ. ހިތުގެ ބަލިތަކުން މީހާ ރައްކާތެރިކޮށްދިނުމުގެ އިތުރުން ހަޖަމްކުރުމަށްވެސް ކަޅު ސަޔަކީ ވަރަށް ރަނގަޅު އެއްޗެކެވެ.

މިއީ ދުނިޔޭގެ އެންމެ އާންމު ބުއިންތަކުގެ ތެރެއިން ހިމެނޭ އެއް ބުއިމުން ލިބޭ ފައިދާތަކުގެ ތެރެއިން މަދު ފައިދާއެކެވެ.

ކިޔުންތެރިންގެ ހިޔާލު