ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރިފައިވާ ކޮވިޑް-19، ބުޅަލެއް ގައިން ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ.

މީގެ ކުރިން ގިނަ ބަޔަކަށް އެނގިފައިވާ ގޮތުގައި މި ބަލި ގައިން ގަޔަށް ފެތުރެއެވެ. އެހެން ނަމަވެސް އިންސާނާގެ ހަށިގަނޑުން ޖަނަވާރެއްގެ ހަށިގަނޑަށް މި ބަލި ފެތުރޭކަން އެނގިފައެއް ނުވެއެވެ.

ބެލްޖިއަމްގެ ހެލްތް އޮފިޝަލުން ބުނެފައިވަނީ އެ ބުޅަލަށް ކޮވިޑް-19 ޖެހިފައިވަނީ އެ ބުޅާ ގެންގުޅޭ ވެރިފާތުގެ ގައިން ކަމަށެވެ. އަދި އޭގެ ވެރިފަރާތަށް މި ބަލީގެ އަލާމާތްތައް ފެނިފައިވަނީ ބުޅަލަށް ބަލި ޖެހުމުގެ ހަފްތާއެއް ކުރިން ކަމަށެވެ. އެހެން ކަމުން މިހާރު ކޮވިޑް-19 އިންސާނުންގެ ގައިން ޖަނަވާރުންގެ ގަޔަށް އަރާކަމަށް ވަނީ އެނގިފައެވެ.

ބެލްޖިއަމްގެ ސިޓީއެއް ކަމަށްވާ ލީޖްގެ ވެޓިނިރަނީ މެޑިސިން ފެކަލްޓީގެ ވައިރޮލޮޖިސްޓް ސްޓީވެން ވޭން ގުޗް ބުނެފައިވަނީ އެ ބުޅަލަށް ކޮވިޑް-19 ޖެހިފައިވާ ކަން އެނގިފައިވަނީ ބޮޑު ކަމު ދެވިގެން ނޭވާ ލާން އުނދަގޫ ވެގެން ހެދި ޓެސްޓް ތަކުން ކަމަށެވެ.

"ބުޅާގެ އިތުރު އޭގެ ވެރިފަރާތުން މިހާރު ވަނީ އައިސޮލޭޓް ކޮށްފައި. ދައްކަން މިއުޅެނީ އިންސާނުންގެ ގައިން ޖަނަވާރުންގެ ގަޔަށް މި ބަލި އަރާ ވާހަކަ. މިއީ ވަރަށް ނުވާ ކަމެއް." ސްޓީވެން ބުނެފައިވެއެވެ.

މިއީ ބުޅަލަކަށް މި ބަލި ޖެހުނު ފުރަތަމަ ފަހަރުވީ ނަމަވެސް މީގެ 2 ދުވަސް ކުރިން ހޮންކޮންގުގައި 2 ކުއްތާއެއް ވަނީ ކޮވިޑް-19 އަށް ޓެސްޓް ހަދާފައެވެ. އަދި އޭގެ ތެރެއިން އެއް ކުއްތާ ސީދާ ޕޮޒިޓިވް ވެފައިނުވިއަސް ކޮންމެވެސް ވަރަކަށް ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މީގެ މާނައަކީ އެ ކުއްތާގެ ހަށިގަނޑަށް ބަލި ފެތުރިފައި ނުވާ ކަމަށާއި ހަމަ އެކަނި އެ ވައިރަސް ހުރީ އޭގެ ނޭފަތާއި ކެހެރީގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު