ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ކުރަން އެންމެ ރަނގަޅު އެއް ކަމަކީ އަނގަޔާއި ނޭފަތް ނިވާކޮށްގެން އުޅުމެވެ. ނުވަތަ ފޭސް މާސްކް އަޅައިގެން އުޅުމެވެ. ނަމަވެސް މިހާރު ބިރު ހީވެފައި އޮތީ ދުނިޔެއިން ފޭސް މާސްކު ހުސްވެދާނެ ކަމަށެވެ.

ސްޕެއިންގެ ކަޑިޒް އަށް ނިސްބަތްވާ އުމުރުން 84 އަހަރުގެ މި އަންހެން މީހާ ދަނީ އެހެންވެ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ފޭސް މާސްކް ފެހުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާގަރީޓާ ގިލް ބަރޯ ކޮންމެ ދުވަހަކުވެސް މާސްކް ފެހުމުގައި މަދުވެގެން 8 ގަޑި އިރު ހޭދަ ކުރެއެވެ. އޭނާ މާސް ފަހަނީ ސިއްހީ ދާއިރާގެ ޚިދުމަތްތެރީންނަށް ޚާއްސަކޮށްގެންނެވެ.

މާގަރީޓާއާ ހަވާލާދީ އޭނާގެ ދަރިފުޅު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ދުނިޔެ ބޮޑު ނުރައްކަލަކާ ކުރިމަތިލައިގެން އުޅޭ އިރު އޭނާއަށް މަޑު އިނދެވެން ނެތް ކަމަށެވެ. އެގޮތުން ފޭސް މާސްކް އުފައްދަން ފެށީ ކަމަށް ބުނެފައިވެއެވެ.

މިހާރު ދުވާލެއްގެ މައްޗަށް 50 ފޭސް މާސްކް ހަދައި އެ މާސްކުތައް އޭނާ ހަދިޔާ ކުރަނީ ހޮސްޕިޓަލްތަކަށެވެ.

ސްޕެއިންގައި ފޭސްމާސްކް ލިބުން ދަތިވުމާ ގުޅިގެން އަމިއްލަ ފަރާތްތަކުންނާއި ގައިދީންވެސް ދަނީ ފޭސްމާސްކު ހަދައި ހޮސްޕިޓަލްތަކަށް ހަދިޔާ ކުރަމުންނެވެ.

ސްޕެއިންގައި މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދަކީ 85،195 އެވެ. އަދި ބަލީގައިި މަރުވި މީހުންގެ އަދަދު ވަނީ 7340 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    މާޝާﷲ

    15