އެއީ ހުނަރުވެރިއެކެވެ. އެވާހަކަ މީގެ އެތައް އަހަރެއް ކުރިންވެސް ދައްކައިފިއެވެ. އެ ހުނަރުވެރިޔާ ގަދަޔަށް ވިދާނެކަމަށް އެެއިރު އެތައް ދިވެހިންނެއް ބުނަމުންދިޔައެވެ.
ދައްކަން މިއުޅެނީ ބޮޑު މެދުކެނޑުމަކަށްފަހު އަލުން ފެށި ސްކޫލް ކުދިންގެ ލަވަމުބާރާތުން އެއް ވަނަަ ހޯދައި ދިވެހިންގެ ހިތްތަކުން ޖާގަ ހޯދައި އޭގެ ފަހުން ބޭއްވި މުބާރަތްތަކުން ވެސް ވަނަތައް ހޯދި އާމިނަތު ސައިނާ މުހައްމަދު ރަޝީދު މިފަހަރުގެ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއްގެ ފުރަތަމަ ރައުންޑުން ގޯލްޑަން މައިކް ލިބުނު ވާހަކައެވެ.
ސައިނަާއަށް އެ ޓްްރޮފީ ދިނީ ވަރަށް ތަޅުވާލާފައެވެ. ސައިނާ ކައިރީ ބުނީ ބޭރުގައި މަޑު ކުރާށެވެ. ވާން އުޅެނީ ކީއްކަން އޭނާއަށް ނޭނގުނެވެ. ހަތަރު ޖަޖުންގެ ވެސް ވާހަކަދެއްކުމަށްފަހު ނިންމީ ސައިނާއަށް ގޯލްޑެން މައިކް ދިނުމަށެވެ. އޭނާއަށް އެކަންވީ ބޮޑު ސަޕްރައިޒްއަކަށެވެ.
މި ފަހަރު އައިޑޮލްއަށް އަލަށް ތައާރަފްކުރި ހާއްސަ އެއް ބައެވެ. ކުރިން ގެނެސްދިން މޯޑިވިއަން އައިޑޮލްގެ އެއްވެސް ޝޯވއެއްގައި މި އުކުޅު ބޭނުންކޮށްފައެއް ނުވެއެވެ.
ސައިނާއަށް ލިބުނު އެ ގޯލްޑަން މައިކާއެކު އޭނާ ފުރަތަަމަ ތިއޭޓަރ ރައުންޑްގައި ގެނެސްދޭ ގްރޫޕް ލަވަ ކިޔާކަށް ނުޖެހޭނެއެވެ. އޭނާ ހަމައެކަނި ކިޔަން ޖެހޭނީ ސޯލޯ ލަވައެވެ.
މީގެ އިތުރުންވެސް އިތުރު ހުނަރުވެރިންގެ ލަވަތެއް ރޭގެ ޝޯވގެ ތެރެއިން ފެނިގެން ދިޔައެވެ.
މާލެ އޮޑިޝަންގެ ފުރަތަމަ ޝޯވ ރޭ ޓީވީއެމް އިން ދެއްކި، މިރޭވެސް ދައްކާނީ މާލެ އޮޑިޝަންއެވެ. ރޭ އެތައް ހުނަރުވެރިންނެއް ފެނިގެންދިޔައެވެ. ލަވަކިޔޭނެ ފެންވަރުގެ މީހުން ތިބިކަން ޔަގީންވެއްޖެއެވެ.
މިފަހަރުގެ އައިޑޮލް ސީޒަނުން ބޮޑެތި ތަފާތުތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
Saina try your best you can do it girl we are with you 🙂
މަގޭ ވޯޓެއް އެކަކަށް ވެސް ނުލިބޭނެ
ދީނީ ކަމެއްތޯ
މަގޭ ވޯޓު ޔާމީނަށް، އެވެސް އޭނަ އަޒުލުކުރަން.
މަރުތެޔޮ ތީ މިހާރު އެހާ މުހިއްމު އެއްޗެއްނޫން ކަލޭ ވޯޓު ނުދިނަސް އިރާދަކުރެއްވިއްޔާ ޔާމީން ހޮވޭނެ .....
އިސްލާމްދީނުގައި ޙަރާމް ކަންތައްތައް ރާއްޖޭގައި ކުރާލެއްގިނަމީ ވިސްނާލަން ޖެހޭނެ ކަމެއް ލަވަ ކިޔުމާއި ލަވަ އަޑު އެހުން ހުސް ހަރާމް
ސައްތައިން ސައްތަ މުސްލިމް ޤައުމެއް ތަ މީ
*ރަނގަޅަށް ވިސްނާލި މީހަކަށް އެނގޭނެ
ހަހަހަހާ. މުސްލިމް ގައުމެކޯލަ
ސައިނާ ތީގަ ބައިވެރި ވެގެން ނުވާނެ، އެހެން ކުދިން އަށް ވެސް ފުރުސަތު ދޭންވާނެ، ސައިނާ އަކީ ޖެހި ޖެހިގެން ތިން ފަހަރު ސްކޫލް މުބާރާތުން 1 ވަނަ ހޯދާފަވާ ކުއްޖެ، ތިކަން ތިގޮތައް ކުރަންޔާ ލައިސާ ވެސް އަނެއްކާ ބައިވެރި ކުރުވާ
ލިލީ.. ކަޑަ ނުވޭ. މިފަހަރުގެ މޯލްޑިވިއަންއައިޑޮލް އަކީ ހަމަ ސައިނާ