މިހާރު ދުނިޔޭގެ ހަަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން މި ދަތި ވަގުތުގައި ފިލްމީ ފަންނާނުންނަށް ލާރި ލިބޭނެ ގޮތްތައް ބަންދުވެއްޖެ ކަމަށް ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ނިއުމާ ބުނެފިއެވެ.

ނިއުމާ މިހެން ބުނެފައިވަނީ އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައެވެ.

"މި ދަތި ވަގުތުގަ އެންމެ ބޮޑަށް ގެއްލުންވާނެ އެއްބަޔަކީ ފިލްމީ ފަންނާނުން، އެތައް ބައެއްގެ މަސައްކަތް ހުއްޓި ފިލްމް އެޅުވުން ޑިލޭވެ ލާރި ލިބޭނެ ހުރިހާ ގޮތެއް މިވަގުތައް މިވަނީ ބަންދުވެފަ". ނިއުމާގެ ޕޭސްބުކް ޕޯސްޓުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މިއަދު ނިއުމާ ވަނީ ގޭގައި އޮންނަން ޖެހުމުން މީހެއްދެކެ ލޯބިވެވިއްޖެ ކަމަށް ބުނެވެސް ފޭސްބުކުގައި ޕޯސްޓެއް ކޮށްފައެވެ.

ނިއުމާ މިފަދައިން ޕޯސްޓުކޮށްފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައިވެސް އެޗްޕީއޭ އިން މިހާރު ވަނީ ގެއިން ނުނިކުމެ، ގޭގައި މަޑުކުރުމަށް އަންގާފައެވެ. އަދި އެއްވެ އުޅުން މާނާކޮށް، ސްކޫލުތަކާއި، ކޮލެޖްތައް އަދި ސަރުކާރު އޮފީސްތައްވެސް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ފަލަކް

    ކަނބުލޮ އައް ހެޔޮ ވިސްނުން ދެއްވާށި.
    އިސްލާމް ދީނުގަ އަންހެނާއަށް ދެއްވާފައިވާ ހަޒާނާ ތަކުގަ ހިފުން ހުރި. އެއީ އިއްފަތްތެރިކަމާ، ލަދުވެތި ކަމާ، މާތް ރިވެތި ސިފަތައް. މިނޫން އެއްވެސް ކަމަކުން ނޫނިއްޔާ ދާއަމީ ސަލާމަތްތެރިކަމެއްވެސް އަދި ހިތްހަމަ ޖެހުމެއް ވެސް ނުވޭ.. ލާރި ހޯދުމަށް ކުރެވޭ މަސައްކަތުގެ އަޅުކަމުގެ ފައިދާ ހެޔޮ ގޮތުގަ ކުރަށްވާ.. ކާމިޔާބީއާއި ހިންހަމަ ޖެހުން ލިބޭނޭ،

    155
    2
    • ކުނބު

      ދީނުގަ އޮތްގޮތަށް އިނދެގެން ގޭގަ ދަރިންއެކީ އުޅެނިކޮށް ވަރިކޮށްފަ ފިރިމީހާ ބެޗީމަ ކިހިނެއް ދެން ހަނދަނީ

      6
      71
      • ފޭން

        ބަލަ ދީނުގައި އަންގަވާފައިވާ ގޮތަށް އުޅޭ މީހުންނަށް ﷲ ދެރަގޮތެއް މެދުވެރި ނުކުރައް ވާނެ.. ކޮންމެ ވެސް މަގެއް ދައްކަވާނެ

        73
        1
    • ކަލޯގަޔާ

      އާމީން!

  2. އިދުރީސަ

    މޮޔަ ވެބަލަ ފިލްމު ނުކުޅެވިގެންތަ މިއުޅެނި

    139
    4
    • އިދުރީސް

      ފިލްމު ނުކުޅެވިގެން މި އުޅެނީ ކަލޭދެން މޮޔަވޭ

      37
      73
      • ާނާނު

        މަހިތަށް އަރަނީ މިއީ މާގިނަ ފިލްމް ތަ ކެއް ކުޅޭ ގައުމެއް ބާވައޭ ފިލްމް ނު ކުޅެވިގެން މި ތެޅި ބާލަނީ

        84
        2
  3. ޝީޒާ

    ނިއުމާ އެހެން ބުނީ ގޯސް ނިޔަތެއް އޮވެގެނެއް ނޫންހެން ބޮޑައް ހީވަނީ. އާމްދަނީ ހޯދުމައް ކުރާ މަސައްކައްތައް މަޑުޖެހިފަ އޮއް ވާހަކަ. ތިގޮތައް ވިސްނާނަމަ ރިޒޯޓްތައް ބަންދުވެ އެކަމުން ލިބިލިބި ހުރި މަންފާތައް ނުލިބި ގެސްޓުންނައް ނާދެވޭތީ އެވާހަކަވެސް ދެއްކުމުގެ ބޭނުމެއް ނެތެއްނޫން. ރަލާއި އޫރުމަސް އަދި ދެން އޮށް ކަމެއްވެސް

    15
    45
  4. Anonymous

    "އިޞްލާޙް ވާންއެދޭނަމަ ފުރުޞަތު ނަގާ ނުލާ"

    92
    1
  5. މަންޖެ

    ކަލޭ އަދިވެސް އިސްލާހުވާންނުވަނީތަށް ދުނިޔެއައް މިދިމާވެގެން މިއުޅޭ ނުރައްކާތެރި ވައިރެސްއާއިމެދު ދެރަވެ ހިތާމަވެސް ނުކުރަނީތޯ އަދިވެސް ފިލްމު ނުކުޅެވިގެން ތިއުޅެނީ ނަމާދުކޮއް ގްރުއާންކިޔަވަބަލަ އަދި ދުއާކުރޭ

    73
  6. ސޫޒަ

    މިހާރު ހުރިހާ ތަރިންވެސް އަދި އެންމެހާ މީސްތަކުން ވެސް ރަހްމަތައް އެދި ދަންނަވަންވީ ﷲ އަށް ، މިބަލި މަޑުކަމުން މިންޖުކުރެއްވުމަށް އެދި.

    70
  7. އެމަންޖެ

    ތިޔައީ ކިހިނެއްވާނެ ކަމެއް.

    11
  8. ފިލްމީ މަންހަޖް

    ދިވެހި ފިލްމުސްޓަރުންތަށް ކީއްވާނީ ދިވެހި ސަރުކާރަށް އެހީވާނަމަ ބަލަ އިންޑިއާ ފިލްމުސްޓާރުންތަށް އެބަ އެހީވޭ ނުލާހިކު ގިނައިން<<

    39
    1
  9. ޖާރިޔާ

    ނިއުމާ ރަނގަޅަށް އަޑުއަހަތި މިސަރުކާރު ގެންނަން ފޫގެޅައިގެން ތެޅުނުމީހުން ހޯދާ އޭރަކުވެސް މިހާރަކުވެސް ރާއްޖެއަކީ ފިލްމީތަރިންނަށް އަޅާލާ ސަރުކަރެއްއޮތްތަނެއްނޫން ފޮނިވާހަކަ ނުދައްކާ

    24
  10. ސުޒިލް އަހުމަދު

    ކޮބައިތޯ؟ ގެއިން ލިބޭ ކުލި؟؟؟

    26
    1
    • ފާތުމަ

      ގެ އެއް ހުރޭތަ އޭނަގެ

  11. ސޭޓު

    ފިލްމު ކުޅެބަލަ ގޭގަ!ކިހާ ދެރަކަމެޢް

    26
    1
  12. ދަވާލި19

    ދެން އެހެންވީމާ ވައްކަން ކުރަން ނިކުންނަންވީނުން ކަމަނާ

    17
    4
  13. ހަމަ

    ތިކަމާ ނެތިން އެއްވެސް އެއްޗެކޭ ބުނާކަށް

    1
    1
  14. ޙުސެން

    ހާދަ ފޫހިވާ އަންހެނެ ކޭ މީ

  15. Anonymous

    އަލްހަމްދުލިﷲ. އަދިވެސް ފާހިޝް އަމަލްތައް ކުރެވޭތޯ މި ތެޅެނީ