ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ ތައިލޭންޑަށްވެސް ބޮޑުވަމުން އަންނާތީ އެޤައުމުގެ ރަސްގެފާނު މަހާ ވަޖިރަލޯގްކޯން ހޮޓަލެއްގައި އެކަހެރި (އައިސޮލޭޓް) ވެއްޖެއެވެ.

ނޫސްތައް ބުނާގޮތުގައި ރަސްގެފާނު އެކަހެރިވުމަށް ދިޔައީ ވިހި ޖާރިޔާއިން ވެސް ގޮވައިގެންނެވެ. އަލްޕައިންގެ ރިސޯޓް އަވަށެއްގައި ހުންނަ ގްރޭންޑް ހޮޓެލް ސޮނެންބިލްގައި މިހާރު ރަސްގެފާނު އައިސޮލޭޓް ވެފައިވާއިރު، މިކަމަށްޓަކައި މުޅި އެ ހޮޓެލް ބުކްކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 67 އަހަރުގެ ރަސްގެފާނު މި ހޮޓެލް އަށް އެކަހެރިވުމަށް ގޮސްފައި ވަނީ 20 ޖާރިޔާއިންގެ އިތުރުން ގިނަ އަދަދެއްގެ ނޯކަރުންވެސް ގޮވައިގެންނެވެ. ނަމަވެސް އެކަހެރިވާން ދިޔައިރު ރަސްގެފާނުގެ ހަތަރު އަނބިން، އަރިހުގައި ގެންދެވިކަމެއް އެނގިފައެއް ނުވެއެވެ.

ގްރޭންޑް ހޮޓެލް ސޮނެންބިލްގައި ތައިލޭންޑުގެ ރަސްގެފާނު މިވަގުތު ހުންނެވިއިރު، މިކަމާއި ގުޅިގެން އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ހޮޓެލް ހުންނަ ސަރަޙައްދުގައި ހިންގާ ބައެއް ވިޔަފާރިތަކާއި އެހެން ހޮޓެލްތައް ވަގުތީގޮތުން ބަންދުކުރުމަށް ވަނީ އަންގާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ތައިލޭންޑަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެޤައުމުގެ ރަސްގެފާނު ރިސޯޓް ހޮޓަލަކަށް އޭނާގެ ޖާރިޔާއިން ގޮވައިގެން ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް ދަނީ އަމާޒުވަމުންނެވެ. ތައިލޭންޑުގެ ރަސްގެފާނަށް ފާޑުކިޔައި ބަދުބަހެއް ރައްދު ކުރުމަކީ 15 އަހަރުގެ ޖަލު ޙުކުމެއްގެ އަދަބެއް ކަނޑައެޅިފައިވާ ކުށެއް ކަމަށް ވީނަމަވެސް، މީސްމީޑިއާގައި ފާޑުކިޔާ އެތައް ހާސް ބަޔަކު ބުނަމުން ދަނީ މި ދަނޑިވަޅުގައިވެސް ރަސްގެފާނު އުޅުއްވަނީ "ޗުއްޓީ ހެދުމުގައި" ކަމަށެވެ.

ހަލުވިކަމާއެކު ތައިލޭންޑުގައި ވެސް ކޮވިޑް-19 ފެތުރެމުންދާއިރު، މިހާތަނަށް އެޤައުމުން ޖުމްލަ 1524 މީހަކު މި ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވެފައިވެއެވެ. އޭގެތެރެއިން 136 މީހަކު ވައިރަސް އަށް ފައްސިވެފައި ވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ. އެޤައުމުން ވައިރަސް ޖެހުނު މީހުންގެ ތެރެއިން މިއަދު ދެ މީހަކު ހިމެނޭހެން ޖުމްލަ 9 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އެޤައުމުން މިހާތަނަށް ޖުމްލަ 229 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި 11 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައެވެ. ތައިލޭންޑުން ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ ޖެނުއަރީ 12 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޒިލޭބި

    ޒިނޭގެ ހާއްޔެއް ތިޔަ ތައިލެންޑަކީ

    175
    7
  2. ސިރިސޭނާ

    ތިގޮތައް އިސްލާމީ ރަސްކަލެއްވެސް އުޅުއްވާ
    އެއީ ބުރުނާއި ގެ ރަސްގެފާނު ސުލްތާން ބުލޫކިޔާ. އޭންގެ ކަންތައް އަދި 100 ގުނަ މަތީގައި އުޅެނީ. އޭނަގެ މައްޗައް ދުނިޔޭގެ ރީތި އެތައް އަންހެނުންނެއް ވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތުގައި ދައުވާކޮށްފައި. އެކަމަކު އިގިރޭސި ވިލާތާއި އެމެރިކާގެ ގާނޫނުގައި އޮންނަނީ އެއްވެސް ގައުމެއްގެ ޝާހީ އާއިލާގެ މެމްބަރަކާއި ދެކޮޅަށް ދައުވާ ނުކުރެވޭގޮތައް. ބުރުނާއި ގައި މިހާރު ވަނީ އިސްލާމީ ޝަރީއާ ގާއިމްކޮށްފައި. އެކަމަކު ބުލޫކިޔާގެ އާއިލާ އޭގެން އިސްތިސްނާވޭ.

    87
    12
    • ޙަރީރާ

      ހަމައެހެންމެ ރާއްޖޭގަ ޝަރީޢާ ގާއިމްކުރަން ގޮވާ ގިނަމީހުންނަށް ފަސްނަމާދު ގާއިމެއް ނުކުރެވޭ، މިއުޒިކް ނޫން އެއްޗެއް އަޑެއް ނޭހޭ

      106
      18
      • އަލީ

        5 ނަމާދު ވަގުތަށް ގާއިމު ނުވެ މިއުޒިކު އަޑު އެހުމަކީ ޝަރީއާ ގާއިމް ކުރަން ނުގޮވޭ ކަމެއްތޯ؟ ޝަރީއާ ގާއިމުކުރަން ގޮވަނީ އެމީހުންވެސް ޝަރީއާގެ ދަށުން ލިބޭ ނެ އަދަބެއް ގަބޫލުކުރާތީ ދޯ؟ ކަލޭހެން ރޯނު އެދުރު ނުވެދާނެ އެމީހުން.

        75
        9
    • ހަންކެޑޭމީހާ

      މިކަހަލަ މުސްލިމުވެރިޔެއްގެ ވާހަކައެއް އައިނަމަ ކޮމެންޓަކުންވެސް އެކަހަލަ ކާފަރެއްގެ ވާހަކަ ދައްކާނުލާތި. ކާފަރެއްގެ ވާހަކަ ގެނައީމަ މިކަހަލަ އޭ އެކަހަލައޭ ކިޔާފަ މުސްލިމު ވެރިޔަކާ ބެހިނުލާ ލޮލަށް ކަލޭމެންގެ ނިދިވެސް ނާންނާނެ. ކާފަރުންނަށް ހަމަތިހާވަރަށް ލޯބި އޮންނަންޖެހޭތަ؟؟

      71
      5
  3. އައްޑޫ ލެއި

    މީ ރިވެތިކޮށް ބެނާފެހޭ ހެއިބަލި ވެގެން ހިނގާ އެއްތަކާމެއިޔެ. މަހަމަ ކޮސްވެގެ އެވަރުނަސް ގެއި ވިހިއިނގިލައް ވިހ އަންހެނުން ބެންޑުވަގެން ހެއިކެނޑޭ ވެގެން

    66
    1
  4. ގަދަބަސް

    ކޮވިޑް19 ނޫން ދިނެޔޭގަވީ ހުރިހާ ނުރައްކާތެރި ބައްޔެއް ވިއްޔާ ޖެހިގެން ނިމޭނީ

    49
    4
  5. ޢައިޝަ

    އިސްލާމީ ވެރިކަމެއްވެސް ނޫން، ޖާރިޔާ އިން ގެންގުޅުމުގެ ޒަމާން ފާއިތުވެ ހިނގައްޖެ. ވީމާ، ތިޔަށް ކިޔާނީ ކަސްބީން.

    182
    5
    • ާއަހުމަދު

      ޖާރިޔާއިން މިހާރުތިބޭތަ

      6
      1
  6. އަހުމަދު

    ތި ކަހަލަ ހަބަރު ލިޔުމުގެ ބޭނުމަކ ކީ ކޮބާ؟

  7. ޖާރިއާ

    މިހާރުވެސް ތަކްފީރީން ސީރިއާގެ ހަނގުރާމައިގެ ސަރަހައްދުގައި ޖާރިއާ އިން ގެންގުޅޭ .